Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު

7 ޖުލައި 2026 | އަންގާރަ 06:36

އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ބައެއް މަޝްރޫއުތައް ލަސްވަމުންދާކަން ގަބޫލުކުރައްވައި، އެ މަސައްކަތްތައް އަވަސްކުރަން ޖެހޭ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ 160 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށްދާއިރު، މަސައްކަތުގެ ފެންވަރު ކަށަވަރުކުރުމަށް ވަގުތު ހޭދަވާތީ ބައެއް ޑިލޭތައް އުޅޭ ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖުލައި 2026 | އަންގާރަ 06:36
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި | ރައްޔިތުންގެ މަޖިލިސް

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްތަކުގައި ސްޕީޑް ބާރުކުރަން ޖެހޭ ޕްރޮޖެކްޓްތައް އެބަހުރިކަމަށާއި އެކަން ގަބޫލުކުރާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ ޝަފީއު ހާޒިރުކޮށްފައިވާއިރު ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ ށ. ފޭދޫ އަދި ބިލެތްފަހި ސްކޫލްގެ ޕްރޮޖެކްޓް ފަށައި ނިންމޭނީ ކޮން ތާރީހަކުކަމާއި ގޮއިދޫ ސްކޫލްގެ 8 ކްލާސްރޫމްގެ މަސައްކަތް ނިމޭނީ ކޮން ތާރީހަކުތޯ ސުވާލު ކުރައްވާފަ އެވެ.

އެސުވާލުގެ ޖަވާބުގައި ޝަފީއު ވިދާޅުވީ، ގޮއިދޫ ޕްރޮޖެކްޓް ކުޑަކޮށް ލަސްވެއްޖެ ކަމަށާއި ފޭދޫ ޕްރޮޖެކްޓުގައި ވެސް ޑިލޭއެއް އުޅޭކަމަށެވެ. ޝަފީއު ވިދާޅުވީ ކަމެއް ރަނގަޅުކުރަން ބޭނުންވަންޏާ އެރަނގަޅު ކުރަން ބޭނުންވާ ކަމެއްގެ ވާހަކަ ނުދައްކާ ހުރުމަކީ އެންމެ ހެޔޮގޮތެއް ނޫން ކަމުގަ އެވެ.

އެޑިއުކޭޝަންގެ ދާއިރާގައި ގާތް ގަނޑަކަށް 160ށް ޕްރޮޖެކްޓް ހިގަމުންދާއިރު މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ސައިޓުތައް ސުޕަވައިޒުކޮށް ކޮންސްޓްރަކްޝަން ކުންފުނިތަކުން ކުރާ ހުރިހާ ކަމެއް ކުރެވެމުން ދަނީ ކޮލިޓީކޮށްތޯ ބަލައި ކަށަވަރުކުރަމުން ކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި މިނިސްޓްރީ ލެވަލްގައި ވެސް ހަލުއި ކުރަންޖެހޭ ކަންކަން އެބަހުރިކަން ގަބޫލުކުރާކަމަށް ވިދާޅުވެފައި އެވެ.

ރައީސް އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދަކީ މަސައްކަތް ކުރެވެމުންދާއިރު، ރައްޔިތުންގެ ފައިސާއިން މަސައްކަތް ކުރެވޭ އިރުގައި އެކުރެވޭ މަސައްކަތަކީ އެކަށީގެންވާ ކޮލިޓީގައި ފެންވަރު ރަނގަޅުކޮށް ކުރެވޭ މަސައްކަތް ކަމުގައި ކަށަވަރު ކުރަންވާނެ. އެފަދަ ކަންކަމަށް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ވަގުތު ހޭދަކުރަންޖެހުމާއެކު ހަމަ ޑިލޭސްތަކެއް މިއުޅެނީ، އަޅުގަނޑު ގަބޫލުކުރަން ހަމަ އިނގޭތޯ އަޅުގަނޑުމެން އެބަޖެހޭ ތަންކޮޅެއް ސްޕީޑް ބާރުކުރަން މިނިސްޓްރީގެ ސައިޑުން ވެސް 
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު 

ޝަފީއު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ދެއްވާފައިވާ އިރުޝާދަކީ ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން މަސައްކަތް ކުރާއިރު އެމަސައްކަތް އެކަށީގެންވާ ފެންވަރުގައި ކުރެވޭ މަސައްކަތެއް ކަމުގައި ކަށަވަރުކުރަން ވާނެކަމަށެވެ. އަދި ޕްރޮޖެކްޓްތައް ލަސްވަމުންދަނީ މިފަދަ ކަންކަމުގައި ވަގުތު ހޭދަކުރަން ޖެހުމުން ކަމަށާއި މިނިސްޓްރީގެ ފަރާތުން ސްޕީޑް ބާރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. 

އިސްމާއިލް ޝަފީއުއެޑިއުކޭޝަން މިނިސްޓްރީއަމީން ފައިސަލްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

07 ޖުލައި 2026

ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ

07 ޖުލައި 2026
ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ
06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް

06 ޖުލައި 2026
ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް
06 ޖުލައި 2026

އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!

06 ޖުލައި 2026
އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!
05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
29 ޖޫން 2026

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

29 ޖޫން 2026
މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު
29 ޖޫން 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

29 ޖޫން 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
29 ޖޫން 2026

އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު

29 ޖޫން 2026
އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު
29 ޖޫން 2026

ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު

29 ޖޫން 2026
ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް