Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ފެތެމުންދާ އެއްޗަކަށް ކިތަންމެ މޮޅު މީހަކު އެރުވިޔަސް ޖެހޭނީ ހަމަ ދިޔަ ހިއްކަން، ސަފީރުން އެކުރަނީ އެ މަސައްކަތް: ޒިޔާދު

7 ޖުލައި 2026 | އަންގާރަ 09:39

ސަފީރުން އައްޔަނުކުރުމަށް މަޖިލީހުން ކުރާ މަސައްކަތުން ގައުމަށް އެދެވޭ ނަތީޖާއެއް ނުފެންނާތީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ފާޑުވިދާޅުވެއްޖެ. ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު ބޭރުގެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިނުވަނީ ސަރުކާރަށް އޮންނަންޖެހޭ އިތުބާރު ނެތުމުންކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން ސަފީރުންގެ މަސައްކަތަކީ ހަމައެކަނި ސަރުކާރުގެ މޫނުމަތި ރީތިކުރުން ކަމަށް ވިދާޅުވެ ޒިޔާދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖުލައި 2026 | އަންގާރަ 09:39
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | މަޖިލިސް

މި ސަރުކާރުން އެކި ގައުމުތަކަށް ސަފީރުން އައްޔަނު ކުރާތާ 2 އަހަރާ ބައި ވެއްޖެ ކަމަށާ އެހެން ނަމަވެސް އެއްވެސް ސަފީރެއްގެ ފަރާތުން މި ގައުމަށް ވީ އެންމެ ފައިދާ އެއްވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖެއަށް ސަފީރު އައްޔަނު ކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ޚަރިޖީ ގުޅުންތަކުގެ ކޮމިޓީ އިން ހުށަހެޅި ރިޕޯޓަކަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ 20 ވަނަ  ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނައިން ކުރެވޭ މަސައްކަތަކީ ސަފީރުން ކަނޑައެޅުމާ ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުން ކަމަށެވެ.

އެކަން ކުރާތާ 2 އަހަރާ ބައި ވެއްޖެ ކަމަށާ އުފެދޭ ސުވާލަކީ ނުވެސް ދަންނަ ގައުމުތަކުގެ ތަންތަނަށް ވެސް ސަފީރުން ކަނޑައަޅައިގެން ލިބެނީ ކޯޗެއްތޯ އުފެދޭ ސުވާލު ކަމަށެވެ.

ކޮމިޓީގެ މަސައްކަތް ވެސް ރަނގަޅު. ހަމަ ގާބިލު ބޭބޭފުޅުން ލަނީ. އެހެން ނަމަވެސް މިއަދާ ހަމައަށް އައި އިރު މީގެ ސަފީރެއްގެ ފަރާތުން، ނޮންރެޒިޑެންޓް ސަފީރެއްގެ ފަރާތުން މި ރާއްޖެ އަށް ލިބުނީ ކޯޗެއްތޯ ރައްޔިތުން އެބަ ކުރޭ. މި ބޭބޭފުޅުންނަށް ވެސް ދައުލަތުން ބޮޑު ސިންގާ މުސާރައެއް އެބަ ދޭ. މި ބޭފުޅުންގެ އާއިލާތައް އެބަ ބަލައި. އާންމުކޮށް، ސަރުކާރުން އެހެލާ ވަޒީރުންނާ އަދި އެހެން ގައުމުތަކުން އެހެލާ ބޭފުޅުން ވެސް ގިނަ ފަހަރު މި ލަނީ އެމްބަސީތަކަށް މީގެން ނުކުންނަ ނަތީޖާ އަކީ ކޮބައިތޯ. ދައުލަތަށް ލިބެނީ ކޯޗެއްތޯ. އެ ސުވާލު ރައްޔިތުން ކުރާތީ އަޅުގަނޑު ހިތަށް އެރީ ހަމަ އެކަން ފާހަގަ ކޮށްލާނީ އޭ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ މިއަދު މި ފެންނަ މަންޒަރަކީ ހަމަ ފެންނަން ޖެހޭ މަންޒަރު ކަމަށެވެ. އެގޮތުން ފެތެމުންދާ އެއްޗަކަށް ކިތަންމެ މޮޅު މީހަކު އެރުވިޔަސް ޖެހޭނީ ހަމަ ދިޔަ ހިއްކަން ކަމަށް މެންބަރު ވިދާޅުވި އެވެ. ސަފީރުން ވެސް ކުރަން ޖެހިވަޑައިގަންނަވަނީ އެކަން ކަމަށް ޒިޔާދު ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ މި ސަރުކާރުން ކުރާހާ ވެސް ކަމަކީ ސަރުކާރުގެ މޫނުމަތި ރީތިކުރުމާ ސަރުކާރުގެ މޮޅު ވާހަކަ ދެއްކުން ކަމަށެވެ. އެއްޗެއް ހޯދުމެއްގެ ނިޔަތެެއް ވެސް ނެތް ކަމަށާ 2 އަހަރު ބައި ވެފައިވާއިރު ބޭރު ގައުމަކުން މިގައުމަށް ބޭސްކޮޅެއް ވެސް ނުލިބޭ ކަމަށް މެންބަރު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ މިހުރިހާ ކަމެއް މި ދިމާވަނީ ސަފީރުން ނެތިގެން ނޫން ކަމަށާ އެހެން އެކަން ވަނީ ގައުމުތަކާއެކު ގުޅުން ނެތުމުން ކަމަށެވެ. ގައުމުތަކަށް ސަފީރުން ކަނޑައެޅުމަކީ ގުޅުން ބަދަހިވާ ކަމެއް ނޫންކަން ފާހަގަ ކުރައްވާ ޒިޔާދު ވިދާވީ އެކަމަށްޓަކައި ސަރުކާރަށް އޮންނަ އިތުބާރެއް ވެސް އޮންނަން ޖެހޭ ކަމަށެވެ. 

ރައްޔިތުންގެ މަޖިލިސްސަފީރުންޚާރިޖީ ގުޅުންޙުސެއިން ޒިޔާދު (ފިއްޓޭ)

އިތުރަށް ކިޔާލަން

07 ޖުލައި 2026

ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި

07 ޖުލައި 2026
ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި
07 ޖުލައި 2026

ކޫލް ސްކޫލް ޕްރޮޖެކްޓް: ނިންމަން ދިން ތާރީޚު ފަހަނަ އަޅައި 10 މަސް ދިޔައިރު ނިމުނީ 61 އިންސައްތަ މަސައްކަތް!

07 ޖުލައި 2026
ކޫލް ސްކޫލް ޕްރޮޖެކްޓް: ނިންމަން ދިން ތާރީޚު ފަހަނަ އަޅައި 10 މަސް ދިޔައިރު ނިމުނީ 61 އިންސައްތަ މަސައްކަތް!
07 ޖުލައި 2026

ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު

07 ޖުލައި 2026
ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު
07 ޖުލައި 2026

ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ

07 ޖުލައި 2026
ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ
06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް

06 ޖުލައި 2026
ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް
06 ޖުލައި 2026

އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!

06 ޖުލައި 2026
އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!
05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
29 ޖޫން 2026

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

29 ޖޫން 2026
މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް