Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، އޭނާގެ ރިޔާސަތުގައި އެމެރިކާ އޮތީ މީގެ ކުރިން ދުވަހަކު ވެސް ފަޚުރުވެރި ނުވާ މިންވަރަށް، ފަޚުރުވެރި ހާލަތެއްގައި ކަމަށް. ވޮޝިންޓަންގެ ނޭޝަނަލް މޯލް އަށް އެއްވެފައި ތިބި އެތައް ހާސް ބަޔަކާ މުޚާތަބު ކުރައްވައި ޓްރަމްޕް ވިދާޅުވީ، ވޭތުވެ ދިޔަ ދެ ގަރުނާ ބައިގެ ތެރޭގައި އެމެރިކާގެ ޖުމްހޫރިއްޔާ ދެމި އޮތީ އިންސާނީ ތާރީޚުގެ އެންމެ އުސް މިނުގައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 07:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އިންސާނީ ތާރީޚުގައި ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ އެމެރިކާ ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ މިނިވަން ކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ހޮނިހިރު ދުވަހު އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގައި ބޭއްވި މި ހަރަކާތުގައި ޓްރަމްޕް ވަނީ އެމެރިކާގެ އެތެރޭގެ ސިޔާސީ ވާދަވެރިންނަށް ވަރުގަދަ ހަމަލާ ތަކެއް އަމާޒު ކުރައްވައި، އެއީ ކޮމިއުނިސްޓުންގެ ގޮތުގައި ސިފަ ކުރައްވާފައި އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެތައް ގަޑިއިރެއް ފަހުން ފެށި މި ޖަލްސާގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ރިޔާސަތުގައި އެމެރިކާ އޮތީ މީގެ ކުރިން ދުވަހަކު ވެސް ފަޚުރުވެރި ނުވާ މިންވަރަށް، ފަޚުރުވެރި ހާލަތެއްގައި ކަމަށެވެ. ވޮޝިންޓަންގެ ނޭޝަނަލް މޯލް އަށް އެއްވެފައި ތިބި އެތައް ހާސް ބަޔަކާ މުޚާތަބު ކުރައްވައި ޓްރަމްޕް ވިދާޅުވީ، ވޭތުވެ ދިޔަ ދެ ގަރުނާ ބައިގެ ތެރޭގައި އެމެރިކާގެ ޖުމްހޫރިއްޔާ ދެމި އޮތީ އިންސާނީ ތާރީޚުގެ އެންމެ އުސް މިނުގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ދެ ވަނަ ބޮޑު ހަނގުރާމަ އާއި، ކޮރެއާ އަދި ވިއެޓްނާމް ހަނގުރާމައިގެ ބައިވެރިންނަށް ޓްރަމްޕް ވަނީ ތައުރީފު ކުރައްވާފައި އެވެ. ނަމަވެސް، ކޮރެއާ އަދި ވިއެޓްނާމް ހަނގުރާމަ އަކީ ކޮމިއުނިސްޓުންނާ ދެކޮޅަށް ކުރި ހަނގުރާމަ ތަކެއްގެ ގޮތުގައި ފާހަގަ ކުރައްވައި، އެމެރިކާގެ އެތެރޭގައި އެ ފިކުރު ފެތުރެމުންދާ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވި އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ހަނގުރާމަވެރިން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ކޮމިއުނިޒަމްއާ ދެކޮޅަށް ހަނގުރާމަ ކުރީ، އެ ނުރައްކާ އެމެރިކާގެ އެތެރެއިން ފެންމަތި ވިޔަ ނުދިނުމަށް ކަމަށާއި، އެކަން ވިޔަ ނުދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ވާއަތު ފިޔައިގެ ސިޔާސަތު ތަކަކީ ކެންސަރެއްގެ ގޮތުގައި ސިފަ ކުރައްވައި، އެކަން ބުރިކޮށްލަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ. ހަމަ އެހެންމެ، އީރާން އާއި ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ އިން ހޯދި ކާމިޔާބީ ތަކަށް އަލިއަޅުއްވާލައްވައި، އެމެރިކާ އިން އީރާންގެ އަސްކަރިއްޔާ ފުނޑުފުނޑު ކޮށްލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ގާތް ގަނޑަކަށް 45 މިނެޓަށް ދެމިގެން ދިޔަ މި ތަގުރީރަށް ފަހު، ދުނިޔޭގެ ރެކޯޑް މިންވަރަކަށް ބަޑި ބޭހުގެ ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައި އެވެ.

މި ހަރަކާތްތައް ކުރިއަށް ދިޔަ ވަގުތު އެމެރިކާގެ އިރުމަތީގެ ސަރަހައްދު ތަކަށް ވަނީ ގަދަ ހޫނެއް ކުރިމަތިވެފައި އެވެ. ވޮޝިންޓަންގެ ފިނި ހޫނު މިން ރެކޯޑު މިންވަރަކަށް މައްޗަށް ގޮސް، 39.4 ޑިގްރީ ސެލްސިއަސް އަށް އެރިއިރު، މޫސުމީ ނުރައްކަލުގެ އިންޒާރު 160 މިލިއަން މީހުންނަށް ވަނީ ނެރެފައި އެވެ. އަދި ބޯކޮށް ވާރޭ ވެހި، ގުގުރުމުގެ ސަބަބުން ނޭޝަނަލް މޯލް އަށް އެއްވެފައި ތިބި މީހުން ވަގުތީ ގޮތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ވެސް އެންގި އެވެ. ނަމަވެސް، ޓްރަމްޕް ވަނީ މޫސުން ގޯސް ވިޔަސް ތަގުރީރު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައި އެވެ.

މި އުފާ ފާޅު ކުރުން ތަކުގެ ތެރެއިން ވެސް އެމެރިކާގެ ސިޔާސީ ބައިބައިވުންތައް ވަނީ ފެނިގެން ގޮސްފައި އެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާޑިމޮކްރެޓިކް ޕާޓީ - އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

05 ޖުލައި 2026

ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި

ޕުޓިންގެ ޚާއްސަ މުސީރު ޔޫރީ އުޝަކޯވް އާދީއްތަ ދުވަހު ހާމަ ކުރެއްވި ގޮތުގައި، މި ފޯނު ކޯލަކީ އަންނަ ހަފުތާގައި ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯ ސަމިޓުގެ ކުރިން ކުުރެވުނު ވަރަށް ބިނާ ކުރަނިވި މަޝްވަރާ ތަަކެއް ކަމަށް. ރަޝިޔާ އިން ބޭނުން ވަނީ އެ ޤައުމުގެ އަސާސީ އުސޫލު ތަކަށް ރިއާޔަތްކޮށް، ސިޔާސީ އަދި ޑިޕްލޮމެޓިކް ޙައްލެއް ހޯދުމަށް ކަމަށް އުޝަކޯވް ވިދާޅުވި.

05 ޖުލައި 2026
ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި
05 ޖުލައި 2026

ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް

މިއީ، 2025 ވަަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ދެ ވަނަ ދައުރުގެ ހުވާ ކުރެއްވި ފަހުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ހަތް ވަނަ ފަހަރު. ޓްރަމްޕްގެ ދެ ވަނަ ދައުރުގައި އެންމެ ގިނައިން އެމެެރިކާ އަށް ވަޑައިގެންނެވި ލީޑަރަކީ ވެސް ނަތަންޔާހޫ.

05 ޖުލައި 2026
ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް
03 ޖުލައި 2026

އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް

އީރާނުގެ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން ރާވަމުންދާ ކަމުގެ ކަންބޮޑުވުން އެމެރިކާއިން ފާޅުކޮށް، އެކަމުގެ ސިއްރު އިންޒާރު މެދުވެރިން މެދުވެރިކޮށް ތެހެރާނަށް ވަނީ ދީފައި. ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއެޅިދާނެތީ އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅި ނަމަވެސް، އިސްރާއީލުން ބޭނުންވަނީ އީރާނުގެ ލީޑަޝިޕް ބަލިކޮށްލައި އެގައުމުގެ ނުފޫޒު ކުޑަކުރުމަށް. މި ނުރައްކާތަކާ ގުޅިގެން އީރާނުގެ ވަފުދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، އިސްރާއީލުގެ ދެކޮޅުވެރިކަމާއެކުވެސް ދެގައުމުގެ ދެމެދުގައި އޮނިގަނޑު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި.

03 ޖުލައި 2026
އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް
03 ޖުލައި 2026

އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް

މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ގިނަ ދުވަސް ތަކެއް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމަ އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން ދިން ވަރުގަދަ ހަމަލާތަކާ އެކު އީރާންގެ އަސްކަރީ ޤާބިލުކަން މިހާރު ނެތިގޮސްފައިވާ ކަމަށް. އެއާ އެކު ޓްރަމްޕް ވިދާޅުވީ، އީރާން އަކީ އަސްކަރީ ގޮތުން މިހާރު ބަލިވެފައިވާ ޤައުމެއް ކަމަށް.

03 ޖުލައި 2026
އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް
03 ޖުލައި 2026

އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

ބުރާސްފަތި ދުވަހު ސީއެންބީސީ އަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އީރާން އިން އެމެރިކާ ބޭނުންވާ ހުރިހާ ކަމަކަށް ވެސް އެއްބަސްވެއްޖެ ކަމަށް. އަދި އީރާން އިން އަމިއްލަ އެކަން ޤަބޫލު ކުރާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

03 ޖުލައި 2026
އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު