Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ބޮޑު ކަންނެލި މަސްވެރިކަން

މިފްކޯ އިން އައިސް ވިއްކުން ލިމިޓްކުރުމުން ކަންނެލި މަސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

6 ޖުލައި 2026 | ހޯމަ 13:56

މިފްކޯއަށް މަސް ނުކިރާ ދޯނިފަހަރަށް ވިއްކާ އައިސްގެ މިންވަރު ދުވާލަކު ދެ ޓަނަށް މަދުކުރުމާ ގުޅިގެން، ބޮޑު ކަންނެލި މަސްވެރިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާތީ ބީކޭއެމްޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި. އައިސް ޕްލާންޓްތަކުން ޚިދުމަތް ލިބުމުގައި ހުރި ހުރަސްތައް ނައްތާލައި، މަސްވެރިންނަށް ދަތިނުވާނެހެން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ޔޫނިއަނުން ވަނީ ސަރުކާރަށް ގޮވާލާފައި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 6 ޖުލައި 2026 | ހޯމަ 13:56
މިފްކޯގެ ސެންޓަރަކުން މަސްވެރިން އައިސް ގަނެގެން ގެންދަނީ: މިފްކޯ އިން ލިމިޓްކޮށް އަައިސް ވިއްކަން ފެށުމުން މަސްވެރިންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ.

މިފްކޯގެ ސެންޓަރަކުން މަސްވެރިން އައިސް ގަނެގެން ގެންދަނީ: މިފްކޯ އިން ލިމިޓްކޮށް އަައިސް ވިއްކަން ފެށުމުން މަސްވެރިންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ. | މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކުން އައިސް ވިއްކާ އުސޫލަށް ގެނައި ބަދަލާއެކު، ބޮޑު ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް އައިސް ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިފްކޯ އިން ނިންމާފައިވަނީ އެ ކުންފުންޏަށް މަސް ނުކިރާ ދޯނިފަހަރަށް ދުވާލަކު ވިއްކާނީ އެންމެ ދެ ޓަނު އައިސް ކަމަށެވެ. ނަމަވެސް، އަމިއްލަ ކުންފުނިތަކާ އަޅާބަލާއިރު މިފްކޯއިން ކަންނެލި ގަންނަ އަގު ވަރަށް ބޮޑަށް ދަށްކުރުމުގެ ސަބަބުން، ގިނަ ކަންނެލި ދޯނިފަހަރުން މިފްކޯ އަށް މަސް ކިރުމުގެ ބަދަލުގައި މަސް ކިރަނީ އަމިއްލަ ކުންފުނިތަކަށެވެ. މިފްކޯގެ މި ނިންމުމުގެ ސަބަބުން މިފަދަ ދޯނިފަހަރަށް ބޭނުންވާ މިންވަރަށް އައިސް ނުލިބި، މަހަށް ފުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

މިކަމާ ގުޅިގެން ބީކޭއެމްޔޫ އިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކަންނެލި މަސްވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އައިސް ޕްލާންޓްތަކުން އައިސް ނުލިބުމަކީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ބައެއް ޕްލާންޓްތައް ހިންގުމަށް ބޭނުންވާ ތެޔޮ ނުލިބުމާއި އެހެނިހެން ސަބަބުތަކާ ހުރެ ޚިދުމަތް މެދުކެނޑިފައިވާކަން އެ ޔޫނިއަނުން ފާހަގަކުރެ އެވެ.

ބީކޭއެމްޔޫ އިން އިތުރަށް ބުނެފައިވަނީ، ދުވާލަކު ދެ ޓަނު އައިސްއަކީ ކަންނެލި މަސްވެރިކަން ކުރާ ދޯންޏަކަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އެހެންކަމުން، މި ޤަވާއިދު ބަދަލުކޮށް މަސްވެރިންނަށް ދަތިނުވާނެހެން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެ ޔޫނިއަނުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކުން ފަސޭހަކަމާއެކު އައިސް ލިބޭނެ ގޮތް ހަމަޖެއްސުމާއި، ބޮޑު ކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާ އަށް ވުރެ ދަށްނުވާނެހެން ހިފެހެއްޓުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް، ވެރިކަމުގެ ދައުރުގެ ބޮޑުބައި ފާއިތުވެގެންދިޔައިރު މި ވަޢުދުތައް ނުފުއްދޭތީ މަސްވެރިންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
Raajje.mv

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

މަސްވެރިންގެ މިފަދަ ކަންބޮޑުވުންތައް ފާޅުކުރުމަށް މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް ބޭއްވި އިޙްތިޖާޖުވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން ފުލުހުން ފޮނުވައިގެން ބާރުގެ ބޭނުންކޮށް ވަނީ ރޫޅާލާފަ އެވެ. އޭގެ އިތުރުން މުޒާހަރާގެ ބައެއް ބައިވެރިންގެ މައްޗަށް ދައުވާ ވެސް ކުރި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުކަންނެލި މަސްވެރިކަންބީކޭއެމްޔޫބޮޑު ކަންނެލި މަސްވެރިކަން

އިތުރަށް ކިޔާލަން

06 ޖުލައި 2026

ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

06 ޖުލައި 2026
ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
04 ޖުލައި 2026

ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް

04 ޖުލައި 2026
ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް
04 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި

04 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި
04 ޖުލައި 2026

ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް

04 ޖުލައި 2026
ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް
04 ޖުލައި 2026

ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު

04 ޖުލައި 2026
ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު
03 ޖުލައި 2026

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

03 ޖުލައި 2026
ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް