Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުދީ-ރާއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

6 ޖުލައި 2026 | ހޯމަ 11:13

ރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އެއްބާރުލެއްވުމުގެ އަގުވަޒަންކުރައްވައި، އެ ޤައުމުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފި. ރާއްޖެއަށް ޒިޔާރަތްކުރާ ސަޢޫދީ ވަފުދާއެކު ބޭއްވި މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައި. ސަޢޫދީ ވަފުދުގެ ފަރާތުން ވަނީ ދިވެހި ސަރުކާރުން ބެހެއްޓެވި ގާތް މެހުމާންދާރީ ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 11:13
ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުންގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސް މުއިއްޒު އާ ބައްދަލު ކުރަނީ

ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުންގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސް މުއިއްޒު އާ ބައްދަލު ކުރަނީ | ރައީސް އޮފީސް

ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުންގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އާ ބައްދަލު ކުރައްވަފި އެވެ. ހޯމަ ދުވަހު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުވުމުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަފުދާއެކު، އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ދިވެހިރާއްޖެއާ މެދު ގެންގުޅުއްވާ ދީލަތިކަމާއި ދިވެހިރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމުގެ އަގުވަޒަންކުރައްވާފައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ޤައުމުންވެސް ވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ، އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޝައުޤުވެރިކަން ދެ ޤައުމުންވެސް ހިއްސާކުރައްވާކަން ހާމަކުރައްވާފަ އެވެ.

ދައުލަތުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންވެސް، މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުޔަޙްޔާ ޙަސަން އަލްޤަޙްޠާނީދިވެހިރާއްޖެ-ސައުދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
04 ޖުލައި 2026

ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް

04 ޖުލައި 2026
ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް
04 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި

04 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި
04 ޖުލައި 2026

ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް

04 ޖުލައި 2026
ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް
04 ޖުލައި 2026

ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު

04 ޖުލައި 2026
ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު
03 ޖުލައި 2026

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

03 ޖުލައި 2026
ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު
02 ޖުލައި 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

02 ޖުލައި 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް