Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑްރަގް ސްމަގްލްކުރުން

ގަނޑުކުރި ކަނޑުމަހުގެ ތެރޭން ބައި ޓަނަށްވުރެ ގިނަ ކޮކެއިން ރަޝިޔާއިން އަތުލައިގަނެފި

1 ޖުލައި 2026 | ބުދަ 16:56

އިކުއެޑޯއިން ރަޝިޔާއަށް އެތެރެކުރި ގަނޑުކުރި ކަނޑުމަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި ބައި ޓަނަށްވުރެ ގިނަ ކޮކެއިން ސެއިންޓް ޕީޓާސްބާގް ބަނދަރުން އަތުލައިގަނެ، އެކަމާ ގުޅުންހުރި މީހަކު ވަނީ ހައްޔަރުކޮށްފައި. މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި، އަގުބޮޑު ކާރުތަކާއި ގަޑިތައް ފެނިފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ އޭނާއަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 16:56

އިކުއެޑޯރުން ރަޝިއާއަށް އެތެރެކުރި، ގަނޑުކޮށްފައި ހުރި ކަނޑުމަސްތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 500 ކިލޯގެ ކޮކެއިން، ސެއިންޓް ޕީޓަސްބާގް ބަނދަރުގެ ޕެޓްރޯލެސްޕޯޓް ކޮންޓެއިނަރު ޓާމިނަލުން ރަޝިއާގެ ފެޑަރަލް ސެކިއުރިޓީ ސާވިސް (އެފް.އެސް.ބީ) އިން އަތުލައިގަތް | އާރުޓީ

އިކުއެޑޯއިން އެތެރެކުރި ގަނޑުކުރި ކަނޑުމަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި ބައި ޓަނަށްވުރެ ގިނަ ކޮކެއިން އަތުލައިގަނެފައިވާ ކަމަށް ރަޝިޔާގެ ފެޑަރަލް ސެކިއުރިޓީ ސާވިސް (އެފް.އެސް.ބީ) އިން ހާމަކޮށްފި އެވެ.

ބުދަ ދުވަހު އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަސްތުވާތަކެތި ފެނިފައިވަނީ ކަނޑުމަގުން ސެއިންޓް ޕީޓާސްބާގްގެ ބޮޑު ބަނދަރަށް ގެނައި ކޮންޓޭނަރެއްގެ ތެރެއިން ކަމަށެވެ. މި ކޮކެއިންތައް ފޮރުވާފައި ހުރީ ގާނޫނީ ހަމަތަކުގެ މަތިން އެތެރެކޮށްފައިވާ، ގޮހޮރު ނުނަގައި ގަނޑުކޮށްފައި ހުރި ކަނޑުމަސްތަކެއްގެ ބަނޑުތެރޭގަ އެވެ.

މި އަމަލު ހިންގުމުގައި އެހީތެރިވެދިން ކަމަށް ތުހުމަތުކުރެވޭ ރަޝިޔާގެ ރައްޔިތަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެފް.އެސް.ބީގެ އޮފިސަރަކު ފާހަގަކުރި ގޮތުގައި، ހައްޔަރުކުރި މީހަކީ ވަޒީފާއެއް ނެތް މީހެއް ނަމަވެސް، އޭނާއަކީ ކޮކެއިން ސްމަގްލްކުރުމުގައި ހަރަކާތްތެރިވާ ކުށްވެރި ގްރޫޕަކާ ގުޅުން އޮންނަ މީހެކެވެ.

އެ އެޖެންސީން ވަނީ މި އޮޕަރޭޝަންގެ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޮފިސަރުން އެ މީހާ ހައްޔަރުކުރުމަށްފަހު، ކަރަންޓު ކީސް ބޭނުންކޮށްގެން ގަނޑުކޮށްފައި ހުރި އެތައް މަހެއް ފަޅައި، އޭގެ ތެރޭގައި ފޮރުވާފައި ހުރި ކޮކެއިން ބަންދުކޮށްފައިވާ ސަތޭކައަށްވުރެ ގިނަ ޕެކެޓު ނެރެއެވެ.

އެފް.އެސް.ބީގެ އޮފިސަރުން ވަނީ ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށްފަ އެވެ. އެގޭގެ ތެރެއިން 613،000 އެމެރިކާ ޑޮލަރާ އެއްވަރުގެ ކްރިޕްޓޯ ފައިސާ ހުރި ޑިޖިޓަލް ވޮލެޓްތަކާއި، 1.3 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު 13 ލަގްޒަރީ ގަޑިއާއި، މަދުވެގެން 1.6 މިލިއަން ޑޮލަރުގެ އަގުހުރި މަތީ ފަންތީގެ ފަސް ކާރު ވަނީ އަތުލައިގަނެފަ އެވެ.

ބަންދުގައި ހުރި މި މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި ފަހަކަށް އައިސް ރަޝިޔާއިން ވަނީ ބޮޑެތި އަދަދުތަކުން ކޮކެއިން އަތުލައިގަނެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ލެޓިން އެމެރިކާއިން އެތެރެކުރި ދޮންކެޔޮ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުރި، 240 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު 1،500 ކިލޯގެ ކޮކެއިން ސެއިންޓް ޕީޓާސްބާގުން އަތުލައިގަނެފައިވާ ކަމަށް އެފް.އެސް.ބީން ބުނެފައިވެ އެވެ.

އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ޖޫން މަހު އިންޒާރު ދީފައިވާ ގޮތުގައި، ދުނިޔޭގެ ފެންވަރުގައި ކޮކެއިން ބޭނުންކުރާ މިންވަރު ފާއިތުވި އަހަރުތަކުގައި ވަނީ އެހެން ހުރިހާ މަސްތުވާތަކެއްޗަށްވުރެ ބޮޑަށް އިތުރުވެފަ އެވެ. ކޮކެއިން އުފައްދާ މިންވަރު 2024 ވަނަ އަހަރު ރެކޯޑް އަދަދަކަށް ނުވަތަ 4،000 ޓަނަށް އަރާފައިވާއިރު، މިއީ މީގެ ދިހަ އަހަރު ކުރިއާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ. އަދި ކޮކެއިން ބޭނުންކުރާ މީހުންގެ އަދަދު 2013 ވަނަ އަހަރު ހުރި 17 މިލިއަނުން، 2024 ވަނަ އަހަރު 25 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ލަފާކުރެވެ އެވެ.

މަސްދަރު: ރަޝިޔާ ޓީވީ

ރަޝިޔާޮކޮކެއިންއެފް.އެސް.ބީޑްރަގް ސްމަގުލް ކުރުން

އިތުރަށް ކިޔާލަން

01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
29 ޖޫން 2026

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި

29 ޖޫން 2026
ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި
29 ޖޫން 2026

ރަޝިޔާގެ ސަސްޕެންޝަން އުވާލަން ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

29 ޖޫން 2026
ރަޝިޔާގެ ސަސްޕެންޝަން އުވާލަން ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
20 ޖޫން 2026

ޕެނަމާ ދިދަ ނަގާ އުޅަނދަކަށް ޑްރޯން ހަމަލާ، ފަޅުވެރިއަކު މަރު

20 ޖޫން 2026
ޕެނަމާ ދިދަ ނަގާ އުޅަނދަކަށް ޑްރޯން ހަމަލާ، ފަޅުވެރިއަކު މަރު
20 ޖޫން 2026

ޕެސިފިކް ކަނޑުގެ ސަރަހައްދުން ހަ ޓަނަށްވުރެ ގިނަ ކޮކެއިން އެލް ސަލްވަޑޯ އިން އަތުލައިގަނެފި

20 ޖޫން 2026
ޕެސިފިކް ކަނޑުގެ ސަރަހައްދުން ހަ ޓަނަށްވުރެ ގިނަ ކޮކެއިން އެލް ސަލްވަޑޯ އިން އަތުލައިގަނެފި
17 ޖޫން 2026

ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް

17 ޖޫން 2026
ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް
16 ޖޫން 2026

ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި

16 ޖޫން 2026
ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި
14 ޖޫން 2026

އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

14 ޖޫން 2026
އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
10 ޖޫން 2026

އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި

10 ޖޫން 2026
އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި
07 ޖޫން 2026

ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި

07 ޖޫން 2026
ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް