Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓު މިނިސްޓްރީ

ސައީދުގެ ޓްރާންސްޕޯޓު މިނިސްޓްރީގެ މޫނުމަތި ރީތިކުރުމަށްވެސް ޕީއާރް ކޮންސަލްޓެންޓެއް ހޯދަނީ!

6 ޖުލައި 2026 | ހޯމަ 08:48

ޓްރާންސްޕޯޓް މިނިސްޓްރީގެ މުވާސަލާތީ ގާބިލުކަން އިތުރުކޮށް، މީޑިއާތަކާއި އާންމުންނާ އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ޕަބްލިކް ރިލޭޝަންސް (ޕީއާރު) ކޮންސަލްޓަންޓެއް ހޯދުމަށް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފައި. މި މަގާމަށް އައްޔަނުކުރާ ފަރާތުގެ މައިގަނޑު ޒިންމާއަކީ މިނިސްޓްރީގެ މަސައްކަތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ ކަންކަން ރޭވުން ކަމަށް ބުނެފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖުލައި 2026 | ހޯމަ 08:48
ޓްރާންސްޕޯޓާއި، އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު އާއި ރައީސް މުހައްމަދު މުއިއްޒު ސަލާން ކުރައްވަނީ.

ޓްރާންސްޕޯޓާއި، އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު އާއި ރައީސް މުހައްމަދު މުއިއްޒު ސަލާން ކުރައްވަނީ. | ރައީސް އޮފީސް

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ކުރިއަށްގެންދާ މަޝްރޫއުތަކާއި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމުގެ ނަމުގައި ޕަބްލިކް ރިލޭޝަންސް (ޕީއާރު) ކޮންސަލްޓަންޓެއް އައްޔަނުކުރުމަށް އެ މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ނިންމުމަކީ މިނިސްޓްރީގެ މުވާސަލާތީ ގާބިލުކަން އިތުރުކޮށް، މީޑިއާތަކާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ ރާއްޖޭގެ އެއްގަމާއި، ކަނޑާއި، އަދި ވައިގެ ދަތުރުފަތުރުގެ ނިޒާމު ބެލެހެއްޓުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާ އިދާރާއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވައިދިނުމުގައި މިނިސްޓްރީން އަދާކުރާ ދައުރު ބޮޑުވަމުންދާއިރު، އެކަށީގެންވާ ޚިދުމަތްތަކެއް މިނިސްޓްރީން ނުލިބޭކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުން ގެންދަނީ ފާޅު ކުރަމުންނެވެ.

މި ދަނޑިވަޅުގައި ޕީއާރް ކޮންސަލްޓެންޓެއް ހޯދުމަށް މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އާންމުންގެ އޮންނަ ޝައުގުވެރިކަން އިތުރުވެފައިވާތީ، މި މަސައްކަތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

އަލަށް އައްޔަނުކުރާ ޕީއާރު ކޮންސަލްޓަންޓުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި، މިނިސްޓްރީގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަސައްކަތްތައް ރޭވުމާއި އިސްވެ ހިންގުން ހިމެނެ އެވެ. މީގެ އިތުރުން، މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އެއްގޮތް އުސޫލުތަކެއް ގެންގުޅުމާއި، މިނިސްޓްރީގެ މަސައްކަތްތަކާ މެދު އާންމުންގެ މެދުގައި އޮންނަ ތަސައްވުރު ރަނގަޅުކުރުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން ވެސް މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި މަޤާމުގެ މުސާރައިގެ ގޮތުގައި 20،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބެ އެވެ.

ދާދި ފަހުން ހެރިޓޭޖް މިނިސްޓްރީއަށްވެސް ޕީއާރް ކޮންސަލްޓަންސީ ހޯދުމަށް އިއުލާނު ކޮށްފައިވާއިރު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ބުނާ ރައީސް މުއިއްޒުގެ ސަރުކާރުގެ އެކި އިދާރާތަކުން ގެންދަނީ އެކި ނަންނަމުގައި ވަޒީފާތަކަށް މީހުން ނަގަމުންނެވެ. 

 

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންމުއިއްޒުގެ ސަރުކާރުމުހައްމަދު ސައީދު

އިތުރަށް ކިޔާލަން

04 ޖުލައި 2026

މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައިވެސް ނުދެކެން: ތަޒްމީލް

04 ޖުލައި 2026
މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައިވެސް ނުދެކެން: ތަޒްމީލް
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
13 މެއި 2026

ޝަރުއީ ދާއިރާ ސިޔާސީވެފައިވާކަން ފާހަގަކޮށް އެމްޖޭއޭއިން ގޮވާލީ ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް ހިންގަން!

13 މެއި 2026
ޝަރުއީ ދާއިރާ ސިޔާސީވެފައިވާކަން ފާހަގަކޮށް އެމްޖޭއޭއިން ގޮވާލީ ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް ހިންގަން!
06 މެއި 2026

މަރުގެ ޙުކުމާ ގުޅޭ ޤާނޫނު ހެދުމަށް މަޖިލީހުގެ މި ދައުރުގައި ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިނަމަވެސް އޭޖީ ވިދާޅުވީ މި ދައުރަށް ހުށަހެޅެން ނެތްކަމަށް!

06 މެއި 2026
މަރުގެ ޙުކުމާ ގުޅޭ ޤާނޫނު ހެދުމަށް މަޖިލީހުގެ މި ދައުރުގައި ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިނަމަވެސް އޭޖީ ވިދާޅުވީ މި ދައުރަށް ހުށަހެޅެން ނެތްކަމަށް!
05 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

05 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
05 މެއި 2026

ރައީސްގެ ދަތުރުފުޅާ ގުޅުވައި ލަންކާގައި ތިބި ދިވެހިންނަށް ބިރު ދެއްކުން: ޚާރިޖީ ވުޒާރާއިން ބުނީ އެކަހަލަ އެއްވެސް މައުލޫމާތެއް ލިބިފައި ނެތްކަމަށް!

05 މެއި 2026
ރައީސްގެ ދަތުރުފުޅާ ގުޅުވައި ލަންކާގައި ތިބި ދިވެހިންނަށް ބިރު ދެއްކުން: ޚާރިޖީ ވުޒާރާއިން ބުނީ އެކަހަލަ އެއްވެސް މައުލޫމާތެއް ލިބިފައި ނެތްކަމަށް!
04 މެއި 2026

ކުދިން ތިބީ ނަފްސާނީވެ ބިރުގެންފައި: ރައީސް ވަޑައިގަންނަވާ ތަނަށްގޮސް ހަޅުތާލު ކުރާކަށް ނެތިން!

04 މެއި 2026
ކުދިން ތިބީ ނަފްސާނީވެ ބިރުގެންފައި: ރައީސް ވަޑައިގަންނަވާ ތަނަށްގޮސް ހަޅުތާލު ކުރާކަށް ނެތިން!
03 މެއި 2026

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!

03 މެއި 2026
ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!
03 މެއި 2026

ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް

03 މެއި 2026
ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް
02 މެއި 2026

ރައީސަށް ލިބޭ ބާރުގެ ދަށުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސަށް ނޭނގޭނަމަ މީހުން ޖޯކުވެސް ޖަހާނެ: ނިޝާން

02 މެއި 2026
ރައީސަށް ލިބޭ ބާރުގެ ދަށުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސަށް ނޭނގޭނަމަ މީހުން ޖޯކުވެސް ޖަހާނެ: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް