Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޗައިނާ-އެފްރިކާ

ޗައިނާ އިން އެފްރިކާ ގައުމުތަކުން ނަގާ ޑިއުޓީ އުވާލަނީ

އެފްރިކާގެ 53 ގައުމަކުން ޗައިނާ އަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ އަންނަ މެއި މަހުން ފެށިގެން ކަނޑާލުމަށް ނިންމައި، އެ ގައުމުން ވަނީ ވިޔަފާރީގެ ބޮޑު ލުޔެއް ދީފައި. ތައިވާނާއެކު ސިޔާސީ ގުޅުން ބާއްވާ އެސްވާޓީނީ ފިޔަވައި އެ ބައްރުގެ ހުރިހާ ގައުމަކަށް މި ފުރުސަތު ދިނުމަކީ، އެފްރިކާގެ ތަރައްގީއަށް ހުޅުވުނު އާ ދޮރެއް ކަމަށް ރައީސް ޝީ ޖިންޕިންގް ވިދާޅުވި.

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 10:30
އިތިއޯޕިއާގެ އެޑިސް އަބާބާގައި ހުންނަ އެފްރިކަން ޔޫނިއަންގެ އާ އިމާރާތްތަކުގެ މަސައްކަތުގައި، 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޗައިނާގެ ކޮންސްޓްރަކްޝަން މަސައްކަތްތެރިއަކު އިތިއޯޕިއާގެ މަސައްކަތްތެރިންނާއެކު ހަރަކާތްތެރިވަނީ.

އިތިއޯޕިއާގެ އެޑިސް އަބާބާގައި ހުންނަ އެފްރިކަން ޔޫނިއަންގެ އާ އިމާރާތްތަކުގެ މަސައްކަތުގައި، 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޗައިނާގެ ކޮންސްޓްރަކްޝަން މަސައްކަތްތެރިއަކު އިތިއޯޕިއާގެ މަސައްކަތްތެރިންނާއެކު ހަރަކާތްތެރިވަނީ. | ގެޓީ އިމޭޖަސް

ޗައިނާއިން އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެއް ގައުމު ފިޔަވައި އެހެން ހުރިހާ ގައުމަކުން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަނޑާލާނެ ކަމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އެފްރިކާގެ 33 ގައުމަކުން އެތެރެކުރާ މުދަލުން ޓެރިފް ނުނަގާ ގޮތަށް ޗައިނާ އިން މިހާރު ވެސް އަމަލުކުރަމުންދާއިރު، އެފްރިކާ ބައްރުގައި ޗައިނާ އާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ހުރިހާ ގައުމުތަކެއް ހިމެނޭހެން ޖުމްލަ 53 ގައުމަކަށް މި ސިޔާސަތު ފުޅާކުރާނެކަން ބެއިޖިންގް އިން މިދިޔަ އަހަރު ވަނީ އިއުލާންކޮށްފަ އެވެ.

ޗައިނާ އަކީ އެފްރިކާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާގެ އިތުރުން، އެ ގައުމުގެ ފުޅާ "ބެލްޓް އެންޑް ރޯޑް" އިނީޝިއޭޓިވްގެ ދަށުން އެ ސަރަހައްދުގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުވެސް މެއެވެ.

މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެފްރިކާގެ ހުރިހާ ގައުމަކުން އެތެރެކުރާ މުދަލުން ޓެކްސް ނެގުން ހުއްޓާލި ނަމަވެސް، ތައިވާނާއެކު ސިޔާސީ ގުޅުން ބާއްވަމުންދާ އެސްވާޓީނީ އަށް މި ލުއިތަކެއް ނުލިބޭނެ އެވެ.

ޑިމޮކްރެޓިކް އުސޫލުން ވެރިކަންކުރާ ތައިވާނަކީ ޗައިނާގެ އަމިއްލަ ބައެއްގެ ގޮތުގައި އެ ގައުމުން ދައުވާކުރާއިރު، ބާރުގެ ބޭނުންކޮށްގެން ނަމަވެސް އެ ރަށް ޗައިނާގެ ދަށަށް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށް ބެއިޖިންގް އިން ބުނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު މުޅި ދުނިޔެއަށް އަމާޒުކޮށް ބޮޑެތި ޓެރިފްތަކެއް ކަނޑައެޅުއްވި ފަހުން، އެފްރިކާގެ ގިނަ ގައުމުތަކަކުން ދަނީ ޗައިނާ އާއި އެހެނިހެން ވިޔަފާރި ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ.

އެފްރިކާގެ އިއްތިހާދުގެ އަހަރީ ސަމިޓަށް އެ ބައްރުގެ ލީޑަރުން އިތިއޯޕިއާ އަށް ވަޑައިގެން ތިއްބަވަނިކޮށް، ޓެރިފް ކަނޑާލާނެ ތާރީޚު އިއުލާންކުރައްވަމުން ރައީސް ޝީ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އެފްރިކާގެ ތަރައްގީ އަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ކަށަވަރު ކަމަށެވެ.

ޝީ ޖިންޕިންބެލްޓް އެންޑް ރޯޑްއެސްވާޓީނީޗައިނާ-އެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

30 ޖެނުއަރީ 2026
އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ވިސާ އާ ނުލައި ޗައިނާ އަށް ދަތުރުކުރެވޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ވިސާ އާ ނުލައި ޗައިނާ އަށް ދަތުރުކުރެވޭ ގޮތް ހަދައިފި

29 ޖެނުއަރީ 2026
އަށް އަހަރު ފަހުން އިނގިރޭސި ބޮޑު ވަޒީރަކު ފުރަތަމަ ފަހަރަށް ޗައިނާ އަށް

އަށް އަހަރު ފަހުން އިނގިރޭސި ބޮޑު ވަޒީރަކު ފުރަތަމަ ފަހަރަށް ޗައިނާ އަށް

28 ޖެނުއަރީ 2026
ޗައިނާގެ ރައީސް ޝީ ގެ އަރިސް އަދި އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ޖެނެރަލެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

ޗައިނާގެ ރައީސް ޝީ ގެ އަރިސް އަދި އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ޖެނެރަލެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

25 ޖެނުއަރީ 2026
ޗައިނާ އިން މުއިއްޒު ސަރުކާާރަށް އައު ލޯނެއް ނުދޭނެ، ނަގާފައި ހުރި ލޯނުތައް 5 އަހަރަށް ފަސްކޮށްދޭން ވީ އެއްބަސްވުން ވަނީ ސިއްރުކޮށްފައި، ލޯނު ތައް އެޅޭނީ ދެން އަންނަ ސަރުކާރެއްގެ ބޮލުގައި: އޯއާރްއެފް

ޗައިނާ އިން މުއިއްޒު ސަރުކާާރަށް އައު ލޯނެއް ނުދޭނެ، ނަގާފައި ހުރި ލޯނުތައް 5 އަހަރަށް ފަސްކޮށްދޭން ވީ އެއްބަސްވުން ވަނީ ސިއްރުކޮށްފައި، ލޯނު ތައް އެޅޭނީ ދެން އަންނަ ސަރުކާރެއްގެ ބޮލުގައި: އޯއާރްއެފް

28 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު