Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮކެއިން

ޕެސިފިކް ކަނޑުގެ ސަރަހައްދުން ހަ ޓަނަށްވުރެ ގިނަ ކޮކެއިން އެލް ސަލްވަޑޯ އިން އަތުލައިގަނެފި

އެލް ސަލްވަޑޯރުގެ ނޭވީން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 167 މިލިއަން ޑޮލަރުގެ ކޮކެއިން އަތުލައިގަނެ، ހަ މީހަކު ވަނީ ހައްޔަރުކޮށްފައި. މިއީ އެ ގައުމުގެ ތާރީޚުގައިވެސް އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރު ކަމަށްވާއިރު، މިއަހަރުގެ މިހާތަނަށް އެ ގައުމުން ވަނީ 332 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގަނެފައި. މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް އެލް ސަލްވަޑޯރުގެ ރައީސް ނަޖީބު ބުކޭލޭ ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 07:40
ޕެސިފިކް ކަނޑުގެ ސަރަހައްދުން ހަ ޓަނަށްވުރެ ގިނަ ކޮކެއިން އެލް ސަލްވަޑޯރގެ ކަމާބެހޭ އިދާރާތަކުން ވަނީީ އަތުލައިގަނެފައި.

ޕެސިފިކް ކަނޑުގެ ސަރަހައްދުން ހަ ޓަނަށްވުރެ ގިނަ ކޮކެއިން އެލް ސަލްވަޑޯރގެ ކަމާބެހޭ އިދާރާތަކުން ވަނީީ އަތުލައިގަނެފައި. | އޭއެފްޕީ

ޕެސިފިކް ކަނޑުގެ ސަރަހައްދުން ހަ ޓަނަށްވުރެ ގިނަ ކޮކެއިން އަތުލައިގަނެފައިވާ ކަމަށް އެލް ސަލްވަޑޯރުގެ ރައީސް ނަޖީބު ބުކޭލޭ ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

އެލް ސަލްވަޑޯރުގެ ނޭވީން މި މަސްތުވާތަކެތި ހޯދާފައިވަނީ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި ތަކެތި ފެނިފައިވަނީ ވަކިވަކި ދެ އުޅަނދަކުން ކަމަށާއި، ކޮންމެ އުޅަނދެއްގައިވެސް ގާތްގަނޑަކަށް އެއްވަރަކަށް ކޮކެއިން ހުރި އިރު، ކޮންމެ އުޅަނދެއްގައި ތިން ފަޅުވެރިން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް ބުކޭލޭ ވިދާޅުވި ގޮތުގައި އަތުލައިގަނެވުނު ކޮކެއިންގެ ޖުމްލަ އަގު ގާތްގަނޑަކަށް 167 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. އަދި މިއީ އެ ގައުމުގެ ތާރީޚުގައިވެސް މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު އޮޕަރޭޝަން ކަމަށާއި، މިއީ ގައުމީ އާ ރެކޯޑެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ބުކޭލޭ ވިދާޅުވީ، މީގެ ކުރިން އެއްވެސް ބިރެއްނެތި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުންދިޔަ ސަރަހައްދުތަކަށް އަމާޒުކޮށް، އެ ވިޔަފާރިއާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކޮށް ކުރިއަށްގެންދާނެ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް އެލް ސަލްވަޑޯރުން 13 ޓަނަށްވުރެ ގިނަ ކޮކެއިން އަތުލައިގަނެފައިވާ ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ. މި ތަކެތީގެ އަގު ގާތްގަނޑަކަށް 332 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.

އެލް ސަލްވަޑޯރުނަޔީބު ބުކޭލޭޕެސިފިކް ކަނޑުޮކޮކެއިން

އިތުރަށް ކިޔާލަން

01 މެއި 2026

ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

01 މެއި 2026
ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

ޕެސިފިކްގައި ކަނޑުގައި އެމެރިކާ އިން އަނެއްކާ ވެސް ހަމަލާ އެއް ދީ އިތުރު 5 މީހަކު މަރާލައިފި

19 ޑިސެމްބަރު 2025
ޕެސިފިކްގައި ކަނޑުގައި އެމެރިކާ އިން އަނެއްކާ ވެސް ހަމަލާ އެއް ދީ އިތުރު 5 މީހަކު މަރާލައިފި
18 ޑިސެމްބަރު 2025

އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި

18 ޑިސެމްބަރު 2025
އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި
16 ޑިސެމްބަރު 2025

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި
24 ޖުލައި 2024

ބްރެޒިލް ގައި ގިނަ އަދަދެއްގެ މިޔަރު ކޮކޭން އަށް ޕޮސިޓިވް ވެއްޖެ

24 ޖުލައި 2024
ބްރެޒިލް ގައި ގިނަ އަދަދެއްގެ މިޔަރު ކޮކޭން އަށް ޕޮސިޓިވް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު