Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި

މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެކުނު ކޮރެއާގެ ކޯޗު ހޮންގް މިއުންގް-ބޯ ބުނީ، މި ހާދިސާގެ ސަބަބުން ޓީމަށް މާ ބޮޑު އަސަރެއް ނުކުރި ނަމަވެސް، މެޗަށް ތައްޔާރުވުމުގެ އެންމެ މުހިންމު ވަގުތުގައި މިފަދަ ކަމެއް ހިނގުމަކީ ހިތާމަހުރި ކަމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 11:27
ދެކުނު ކޮރެއާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން.

ދެކުނު ކޮރެއާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯންއެއް، މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި އެވެ. 

މި ހާދިސާ ހިނގާފައި ވަނީ ގުރޫޕު އޭގައި ހުކުރު ދުވަހު މެކްސިކޯ އާއި ދެކުނު ކޮރެއާ ބައްދަލު ކުރާ މެޗުގެ ކުރިން، މެކްސިކޯގެ ގުއަޑަލަހާރާގައި ހުންނަ ދެކުނު ކޮރެއާގެ ޓްރޭނިން ބޭސްގައި އެވެ.

އަންގާރަ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދަނިކޮށް ފެނުނު މި ޑްރޯންއާ ގުޅިގެން، ދެކުނު ކޮރެއާގެ ޓީމުން ވަނީ ޖާސޫސް ކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެކުނު ކޮރެއާގެ ކޯޗު ހޮންގް މިއުންގް-ބޯ ބުނީ، މި ހާދިސާގެ ސަބަބުން ޓީމަށް މާ ބޮޑު އަސަރެއް ނުކުރި ނަމަވެސް، މެޗަށް ތައްޔާރުވުމުގެ އެންމެ މުހިންމު ވަގުތުގައި މިފަދަ ކަމެއް ހިނގުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

މެކްސިކޯގެ އަސްކަރިއްޔާ އިން މި ޑްރޯން ހުއްޓުވާފައި ވަނީ، ވޯލްޑް ކަޕް ބާއްވާ ސިޓީ ތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުންނެވެ. މި އޮޕަރޭޝަނުގައި އެތައް ހާސް ސަލާމަތީ އޮފިޝަލުންނާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރަމުންދާ ކަމަށް މެކްސިކޯގެ ކަމާ ބެހޭ އިދާރާ ތަކުން މައުލޫމާތު ދީފައިވެ އެވެ. 

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މެކްސިކޯ އަދި ދެކުނު ކޮރެއާ ވެސް ވަނީ ތިން ޕޮއިންޓު ހޯދާފައި އެވެ. އެހެން ކަމުން ހުކުރު ދުވަހުގެ މެޗަކީ ގުރޫޕުގެ އެއް ވަނަ ކަށަވަރު ކުރުމަށް ދެ ޓީމަށް ވެސް ނުހަނު މުހިންމު މެޗަކަށް ވާނެ އެވެ.

ކުޅިވަރުގެ މައިދާނުގައި ޑްރޯން ބޭނުން ކޮށްގެން ޖާސޫސް ކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައި އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި، ނިއުޒިލެންޑު ޓީމުގެ ފަރިތަކުރުންތައް ބެލުމަށް ޑްރޯން ބޭނުން ކުރި ކަމުގެ ތުހުމަތުގައި ކެނެޑާގެ އަންހެން ފުޓުބޯޅަ ޓީމަށް ބޮޑެތި ފިޔަވަޅު ތަކެއް އެޅި އެވެ.

އެ ހާދިސާއާ ގުޅިގެން ކެނެޑާގެ ހެޑް ކޯޗު ބެވް ޕްރީސްޓްމަން މަގާމުން ވަކިކޮށް، ދެ ކޯޗުން ސަސްޕެންޑު ކުރި އެވެ. އަދި 2020 ވަނަ އަހަރުގެ ރަން މެޑަލް ހޯދި ކެނެޑާ ޓީމުގެ ޕޮއިންޓުން ހަ ޕޮއިންޓު އުނި ކުރި އެވެ.

ފީފާ ވާރލްޑް ކަޕް 2026ދެކުނު ކޮރެއާ ޤައުމީ ފުޓުބޯޅަ ޓީމުމެކްސިކޯ

އިތުރަށް ކިޔާލަން

18 ޖޫން 2026

މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ

18 ޖޫން 2026
މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ
18 ޖޫން 2026

އޮންރީގެ ފާޑު ކިޔުން ރޮނާލްޑޯ އަށް: "މުހިންމީ ޓީމުން ލަނޑު ޖެހުން، ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުމެއް ނޫން!"

18 ޖޫން 2026
އޮންރީގެ ފާޑު ކިޔުން ރޮނާލްޑޯ އަށް: "މުހިންމީ ޓީމުން ލަނޑު ޖެހުން، ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުމެއް ނޫން!"
18 ޖޫން 2026

ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް

18 ޖޫން 2026
ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް
18 ޖޫން 2026

ޑިއާޒް އާއި މުނޯޒްގެ ލަނޑުން، ކޮލަމްބިއާ އިން އުޒްބެކިސްތާން ބަލިކޮށްފި

18 ޖޫން 2026
ޑިއާޒް އާއި މުނޯޒްގެ ލަނޑުން، ކޮލަމްބިއާ އިން އުޒްބެކިސްތާން ބަލިކޮށްފި
18 ޖޫން 2026

ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި

18 ޖޫން 2026
ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު