Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށްފަހު، އަލުން އަގު ހެޔޮކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ. ސިއްހީ ސަބަބުތަކަށްޓަކައި ގެނައި މި ބަދަލު އުވާލުމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފާ ހޯދިކަމަށް ބުނުމަކީ ބޮޑު ޖޯކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 08:37
ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި "ޔޫ-ޓާނެއް" ނުނަގާނެ ކަމަށް ދާދިފަހުން ރައީސް މުއިއްޒު ވިދާޅުވުމަށްފަހު، ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮކުރުމަށް ސަރުކާރުން ވަނީ ނިންމާފަ.

ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި "ޔޫ-ޓާނެއް" ނުނަގާނެ ކަމަށް ދާދިފަހުން ރައީސް މުއިއްޒު ވިދާޅުވުމަށްފަހު، ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮކުރުމަށް ސަރުކާރުން ވަނީ ނިންމާފަ. | ރާއްޖެއެމްވީ ގްރެފިކްސް

"ހީނ، ހީނ ހަލާކެވެ. މީހުން އުނބަށް ވެސް ޖަހައެވެ. ކުރެވުނު ކަންކަން އަލުން ބަދަލުވެސް ކުރެއެވެ. އެކަމަކު މިއީ ބޮޑުވަރެކެވެ. މިއީ މުޅިން އެހެން ލެވެލް އެކެވެ. އަދި މޮޅީވެސް ކަންކަމުގައި ދައްކާ މޮޅެތި ބަހަނާއެވެ." މަގުމަތިން ދިމާވި ރައްޓެއްސަކު ފަށްޗަކަށް އަމުނާލިއެވެ. ހުއްޓުމެއްނެތި އެއް ނޭވާއިންނެވެ.

ވީ ކީއްހޭ އަހާލައިފީމެވެ. ދެންވެސް ދިނީ ހަމަ އޭގެ ޖަވާބެކެވެ. "ދައްކާން ވާނީ ދައްކާން ވާކަހަލަ ވާހަކަތާއެވެ. މީހުންނަށް ގަބޫލުވެސް ކުރެވޭ ޒާތުގެ ވާހަކަތާއެވެ. މިއީ ގަރުނުގެ ބޮޑު ޖޯކެވެ." އަސްލަށް ނުގޮސް އޭނާގެ ވާހަކަތައް އިތުރުކޮށްލިއެވެ.

ނިކަން ތިލަކޮށްލަ ދީބަލާށޭ އަދި ގެޓެއް ނުވިއޭ ބުނީމެވެ. ހީނލާފައި އަސްލުވެގެން އުޅޭގޮތް ބުނެދިނެވެ.

ބުންޏެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރީ މީހުން އެބޯވަރު މަދުކުރާށެވެ. ދުންފަތުން ލިބޭ ގެއްލުން ކުޑަކުރާށެވެ. ދުޅަހެޔޮ ބަޔަކަށް ދިވެހިން ހަދާއަޅށެވެ. ވަރަށް ރީތި އެހާމެ ބަލައިގަނެވެނެފަދަ މަގްސަދަކެވެ. އެކަމަކު މިހާރު މިޖެހުނީ މުޅިން އެހެން ތަނެއްގައެވެ. އެއްކަލަ ސިނގިރޭޓުގެ އަގު ހެޔޮކުރަނީއެވެ. މީހަކު އެއްޗެއް ކިޔައިގެނެއް ނޫނެވެ. ހަމަ އެކަން ކުރި ސަރުކާރުން ބޭނުން ވެގެންނެވެ. އެކަމަކު ހެއްވާ ކަމަކީ އެކަމަށް ދެއްކި މޮޅު ބަހަނާއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދިން ލަފަޔަކަށް ކުރާ ކަމެކޯލައެވެ. އަޅެ ހިނި ނައްޔާ ދެރައެވެ. މިއީ ހަމަ ބޮޑު ޖޯކެކެވެ. ސިއްހަތު ކުރިއަރުވައި، ރަނގަޅު ސިއްހަތެއްގައި މީހުން ބައިތިއްބަން ހަދާފައި އޮންނަ ޖަމްއިއްޔާއަކުން ބައެއްގެ ސިއްހަތަށް ގެއްލުންވާނޭ އެއްޗެއްގެ އަގު ހެޔޮ ކުރާށޭ ބުންޏޭ ބުނުމަކީ ހަމަ އަސްލުވެސް ބޮޑު ޖޯކެކެވެ." އޭނާ ބުންޏެވެ.

އާދެ! އޭނާ އެބުނި ވާހަކަތަކަށް ކުޑައިކޮށް ނަޒަރު ހިންގާލީމެވެ. އޭނާ އެބުނާހެން ހަމަ ހުރެފާ ކުއްލިއަކަށް ދުންފަތާ ދުންފަތުން އުފައްދާ ބާވަތްތަކުގެ އަގު މިސަރުކާރުން ބޮޑުކުރިއެވެ. ވިދާޅުވީ ސިއްހަތަށް ގެއްލުންވިޔަ ނުދިނުމަށެވެ. ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން މަދުކުރުމަށެވެ. އެބަދަލެއް ގެނައީކީ ދިރާސާއެއް ކޮށްފައެއް ނޫނެވެ. ދެން ވާނެ ގޮތަކާމެދު ހިސާބަކަށް ވިސްނާލާފައި ހެނެއްވެސް ހީއެއް ނުވެއެވެ. މީހުންގަނޑު ރުޅިގަދަވިއެވެ. ސަރުކާރަށް ބޮޑުފާޑު ކިއުންތަކެއް އަމާޒުވިއެވެ. އެކަމަކު ގަދަފައި ވިއްދާފައި ވިދާޅުވީ މިއީ އުނދަގޫ ނިންމުމެއް ކަމަށެވެ. ސިޔާސީގޮތުން ގެއްލުންވިއަސް ރައްޔިތުންނަށްޓަކައި އެކަން ކުރައްވާނެ ކަމަށެވެ. ރައްޔިތުންގެ ސިއްހަތު މުއިއްޒަށް މާ މުހިއްމު ކަމަށް ވިދާޅުވިއެވެ.

ސިނގިރޭޓުގެ އަގަށް އެގެނައި ބަދަލާއެކު ދެން ވާންފެށީ މާ ދެރަކަމެކެވެ. ފެންނާން ފެށީ ތަފާތު ކަންކަމެވެ. މުޅިންވެސް ފެށީ "އޮޅާ"ށެވެ. ސަރުކާރުން ޒުވާނުން ލައްވައި އޮޅަން ޖެއްސުވި ކަމަށް ބުނެއެވެ. ހަމަ އެއާއެކު ފޭކު އެތައް ސިނގިރޭޓަކާއި ދުންފަތުގެ ބާވަތްތައް އެތެރެކުރަން ފެށިއެވެ. އަގު ހެޔޮ އެއްޗެއް ގަންނަން ޒުވާނުން އޭގެ ކޮލިޓީއަކަށް ނުބެލިއެވެ. ގަނެވެން އޮތް އެއްޗެއް ގަނެގެން ބޯން ފެށިއެވެ. ލިބޭ ގެއްލުމަކަށް ހިސާބަކަށް ވެސް ބަލާލުމެއް ނެތިއެވެ.

އިސާހިތަކު ފޭކު ސިނގިރޭޓް ނުވަތަ އަގު ހެޔޮ ސިނގިރޭޓް ގެންނަ މީހުންގެ ހައްޓަކު ހޔެއްނެތެވެ. ގޯނި ގޯނީގައެވެ. ބޮޑެތި ކޮންޓޭނަރު ތަކުގައެވެ. ފަސޭހަ ކަމާއެކު މާލޭގެ ފިހާރަތަކުން އެތަކެތި ލިބެންފެށިއެވެ. ދަތިކަމެއް ނެތިއެވެ. ހިސާބަކަށް ގެންނަ މީހުން ފަޅާވެސް އެރިއެވެ. ބޮޑެތި ކުންފުނިތަކަކުން ގެންނަ އެއްޗެކެވެ. ހައްޔަރުވީ އާދައިގެ ކުދި ސޮރުމެން ތަކެކެވެ. މީހަކަށް ވައި ނޭޅެވޭ ހިސާބުގައި ހުރި ކޮންޓޭނަރުތަކުން ސިނގިރޭޓްތައް ނެރެ ހުސްވާއިރު ވެސް ރޭކާ ވެސް ނުލީއެވެ.

ވަގަށް ސިނގިރޭޓް އެތެރެކުރާވަރަށް އެތެރެކުރަނީއެވެ. ބޯ މީހުން ބޮނީއެވެ. ސަރުކާރުން ލަފާކުރި ވަރާ ގާތަށް ވެސް އެކަމުން މީހުން ދުރުވާތަނެއް ނުފެނުނެވެ. ރަސްމީ ހުއްދައާއެކު އެތެރެ ކުރާ ސިނގިރޭޓުން ލިބޭނޭކަމަށް އަންދާޒާކުރި ޓެކްސްއެއް ސަރުކާރަށް ލިބޭ ގޮތެއް ނުވިއެވެ. ބަޖެޓްގައި އެއިން ލިބޭނޭ ކަމަށް ހީކުރި މަންފާއެއް ލިބޭގޮތެއް ނުވިއެވެ. ބޮޑުތަނުން އަތަށް ގޮވީއެވެ. ސަރުކާރުން ރާގު ބަދަލުވީއެވެ. ސިނގިރޭޓުގެ އަގު ހެޔޮކުރުމުގެ ވާހަކަ ފަށައިގަތީ ދެނެވެ. އެކަމަކު އެކަމަށް އެދެއްކީ ރީތި މޮޅު ބަހަނާއެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު އެޗް އޯ)އިން ލަފާ ދީގެންނެވެ.

އެކަމަކު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ އަސްލު މަގްސަދު ހާސިލް ކޮށްފިއެވެ. ސިނގިރޭޓްގެ އަގު ބޮޑުކުރީ އެހެން ވެގެންނެވެ. އޭގެ ފަހަތުގައި ވަނީ ސިއްރު އެޖެންޑާއެކެވެ. އެވާހަކަ އެގޮވާލީ ސިނގިރޭޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި އިދިކޮޅު މެންބަރުންނެވެ.

އެވެރިން ތުހުމަތުކުރާ ގޮތުގައި ސިނގިރޭޓް އަގުބޮޑުކުރީ މައިގަނޑު ދެބޭނުމެއްގައެވެ. އެއް ބޭނުމަކީ ރަސްމީ ހުއްދައާ އެކު އެތެރެކުރާ ސިނގިރޭޓުން ޓެކްސްގެ ގޮތުގައި ބޮޑު އެއްޗެއް ނަގައި ސަރުކާރަށް ލިބޭ ފައިސާ އިތުރުކުރުމެވެ. އަނެއް ބޭނުމަކީ ސަރުކާރާ ގުޅުން އޮންނަ ބަޔަކު ލައްވައި ވަގަށް ސިނގިރޭޓް އެތެރެކޮށް ސަރުކާރަށް އެއިން ބައެއް އެޅުމެވެ. ނޫންނަމަ ސަރުކާރަށް އެހީވާ ބަޔަކު ވަގަށް ސިނގިރޭޓް އެތެރެކޮށްގެން މުއްސަނދި ކުރުވުމެވެ. އެތުހުމަތަށް ބާރުލިބޭ ހެކިތަކެއް އެބަހުއްޓެވެ. ފަސޭހައިން އެތެރެ ކުރެވުމެވެ. ހާމަކަން ބޮޑުކޮށް ފަސޭހައިން އެތަކެތި ދައުރު ކުރުމެވެ. އެތެރެކުރާ މީހުން އެތެރެކުރުމުގައި ހުރި ފަސޭހަތަކާއި އެތެރެކުރާ މީހުން ހިފޭނޭ ގޮތެއް ނުވުމެވެ. ނޫންނަމަ ހިފުނަސް ކުރެވޭ ބޮޑު ކަމެއް ނެތުމެވެ.

ކޮންމެއަކަސް މާ މޮޅު ވާހަކައެއް ދައްކައިގެން އަގުބޮޑުކުރި ސިނގިރޭޓުގެ އަގު ބޮޑުތަނުން ކުޑަކުރަން ނިންމީއެވެ. އަނެއްކާވެސް ބޮޑުކޮށް އުނބަށް ޖެހީއެވެ. އެކަމަކު ހެއްވާ މަޖާ ޖޯކެއްގެ ގޮތުގައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ބޮލުގައި އަޅުވާފައެވެ. ސިއްހަތު ކުރިއަރުވަން އުފައްދާފައިވާ އެންމެ ބޮޑު ޖަމްއިއްޔާއިން، މީހުންގެ ސިއްހަތަށް ގެއްލުން ލިބޭނޭ ދުންފަތާ މީހުން ގާތްކުރެވޭނޭ ގޮތަށް ދެއްވި އިރުޝާދެއް ކަމަށް ބުނެއެވެ. ގަރުނުގެ ބޮޑު ޖޯކުގެ ގޮތުގައެވެ.

ސިނގިރޭޓުދުންފަތްޑަބްލިޔުއެޗްއޯދުނިޔޭގެ ސިއްހަތު ޖަމިއްޔާޓެކްސްޑރ. މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

24 ޖޫން 2026
ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

24 ޖޫން 2026
ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

23 ޖޫން 2026
ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

22 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

21 ޖޫން 2026

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު