Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮންގޯ

ކޮންގޯގެ ހޮސްޕިޓަލަކުން އެބޯލާ ޖެހިފައިވާ ބަލިމީހުންތަކެއް ހަތިޔާރުއެޅި ބަޔަކު ރަހީނުކޮށްފި

ކޮންގޯގައި އެބޯލާ ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި، ބަލިމަޑުކަމާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ޝައްކުތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި. މި ބައްޔަށް ފަރުވާދޭ މަރުކަޒުތަކަށް ދޭ ހަމަލާތައް އިތުރުވަމުންދާއިރު، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ މާލީ ފައިދާ ހޯދުމަށް ބަޔަކު އުފައްދައިގެން އުޅޭ ދޮގު ބައްޔެއް. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކުރާ ގޮތުގައި އެ ގައުމުގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މިހާތަނަށް މި ބަލީގައި 200 އެއްހާ މީހުން ވަނީ މަރުވެފައި.

ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 16:41
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ބޫނިއާގައި ހުންނަ އިވެންޖެލިކަލް މެޑިކަލް ސެންޓަރ އޮފް ނިއަންކުންޑޭ (ސީ.އެމް.އީ) ގައި، އެބޯލާ ވައިރަސް ޖެހިފައިވާ ބަލިމީހުންނަށް ފަރުވާދިނުމަށްފަހު، ސިއްހީ މުވައްޒަފުން ރައްކާތެރިކަމުގެ ހެދުން ބޭލުމަށާއި ޑިކޮންޓަމިނޭޝަން މަރުހަލާ ފުރިހަމަކުރުމަށް ހާއްސަ ސްޓޭޝަނެއްގައި މަޑުކޮށްލައިގެން ތިބި މަންޒަރު.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ބޫނިއާގައި ހުންނަ އިވެންޖެލިކަލް މެޑިކަލް ސެންޓަރ އޮފް ނިއަންކުންޑޭ (ސީ.އެމް.އީ) ގައި، އެބޯލާ ވައިރަސް ޖެހިފައިވާ ބަލިމީހުންނަށް ފަރުވާދިނުމަށްފަހު، ސިއްހީ މުވައްޒަފުން ރައްކާތެރިކަމުގެ ހެދުން ބޭލުމަށާއި ޑިކޮންޓަމިނޭޝަން މަރުހަލާ ފުރިހަމަކުރުމަށް ހާއްސަ ސްޓޭޝަނެއްގައި މަޑުކޮށްލައިގެން ތިބި މަންޒަރު. | ގެޓީ އިމޭޖަސް

ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، އެބޯލާ ބައްޔަށް ފަރުވާ ހޯދަމުންދިޔަ ހަ އަހަރުގެ ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ރަހީނުކޮށްގެން ގެންދިޔަ މައްސަލައެއްގައި، އެ ދެމީހުން ހޯދުމުގެ މަސައްކަތް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

ބިއުޓެމްބޯ ސިޓީގެ ވަނަމަހިކާ ހޮސްޕިޓަލުން އެ ކުއްޖާ ގެންގޮސްފައިވަނީ ވަޅި ހިފައިގެން ތިބި "ވަރަށް ބޮޑަށް ރުޅި އައިސްފައި ތިބި" ބަޔަކު ކަމަށް، އެ ސަރަހައްދުގެ ސިއްހީ އޮފިޝަލެއް ކަމަށްވާ ޑޮކްޓަރު ލުބަމްބޯ މަބޯކޯ ގަސްޓަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އެ ކުއްޖާ ގެންދިޔަ މީހުންނަކީ އެ އާއިލާއާ ގުޅުން އޮތް ބައެއްކަން އަދި ސާފުނުވި ނަމަވެސް، މިހާރު ފެތުރެމުންދާ އެބޯލާ ބަލީގެ ސަބަބުން، ބައްޔަށް ފަރުވާދޭ މަރުކަޒުތަކާ މެދު އާންމުންގެ މެދުގައި ބިރުވެރިކަމާއި ޝައްކު އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ގަސްޓަން ވަނީ، އެ ކުއްޖާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެ، އާއިލާގެ އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން، ވީ އެންމެ އަވަހަކަށް ސިއްހީ މަރުކަޒަކަށް ދިއުމަށް އެ ކުއްޖާގެ މަންމައަށް އިލްތިމާސް ކޮށްފައެވެ.

މިހާރު ފެތުރެމުންދާ އެބޯލާގެ ވަބާގައި މިހާތަނަށް 200 އެއްހާ މީހުން މަރުވެ، 840 މީހުންނަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި އެބޯލާއަށް ފަރުވާދޭ މަރުކަޒުތަކަށް އެކި ފަހަރު މަތިން ހަމަލާދީފައިވެއެވެ.

މިދިޔަ މަހު މޮންގްބްވާލޫ އަވަށުގެ ސިއްހީ މަރުކަޒެއްގައި މަރުވި މީހުންގެ ހަށިގަނޑުތައް ގެންދިއުމަށް އާންމުންގެ ބަޔަކު މަސައްކަތް ކުރުމުން، އެމީހުން ހުއްޓުވުމަށް ފުލުހުން ވަނީ ވައިގެ ތެރެއަށް ބަޑިޖަހާފައެވެ.

އޭގެ ދުވަސްކޮޅެއް ކުރިން، މޮންގްބްވާލޫގެ އިރުދެކުނުން 85 ކިލޯމީޓަރު (53 މޭލު) ދުރުގައި އޮންނަ ރަމްޕާރާގެ ހޮސްޕިޓަލެއްގައި، އެބޯލާ ޖެހިގެން މަރުވި ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ގެންދިއުމަށް ހުރަސް އެޅުމުން، އާންމުން ވަނީ އެތަނުގައި ހުރި އައިސޮލޭޝަން ޓެންޓުތަކުގައި ހުޅުޖަހާފައެވެ.

އެބޯލާ ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑަކީ ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު އެއްޗަކަށްވާއިރު، ވަޅުލުމަށް ހަށިގަނޑު ތައްޔާރުކުރާ ވަގުތަކީ ބަލި ފެތުރިގެން ދިއުމުގެ ނުރައްކާ އެންމެ ބޮޑުވާ ވަގުތެވެ.

"މިކަމާ ގުޅޭގޮތުން ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތެއް ލިބިފައެއް ނުވޭ. ހާއްސަކޮށް ދުރު ހިސާބުތަކުގައި ދިރިއުޅޭ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެބޯލާއަކީ ބޭރުގެ ބަޔަކު އުފައްދައިގެން އުޅޭ ދޮގު ބައްޔެއް،" މިދިޔަ މަހު ބީބީސީއާ ވާހަކަދައްކަވަމުން އެ ސަރަހައްދުގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ލޫކް މަލެމްބޭ މަލެމްބޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ އެންޖީއޯތަކާއި ހޮސްޕިޓަލްތަކުން ފައިސާ ހޯދުމަށް ކުރާ ކަމެއް ކަމަށް ބައެއް މީހުން ގަބޫލުކުރުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

މިފަހަރު ބަލި ފެތުރެން މެދުވެރިވީ އެބޯލާގެ ނާދިރު ބާވަތެއް ކަމަށްވާ "ބުންޑިބުގްޔޯ" ގެ ސަބަބުންނެވެ. މި ބާވަތަށް ހާއްސަ ވެކްސިނެއް މިހާތަނަށް އުފެއްދިފައި ނުވާއިރު، ވެކްސިނެއް ތައްޔާރުކުރުމަށް މަސްތަކެއް ނަގާފާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.

މި ބަލި މިހާރު އެންމެ ބޮޑަށް ފެތުރެމުންދަނީ އިޓޫރީ، ސައުތު ކީވޫ އަދި ނޯތު ކީވޫ ޕްރޮވިންސްގައެވެ. ހަ އަހަރުގެ އަންހެން ކުއްޖާ ހޮސްޕިޓަލުން ގެންގޮސްފައިވަނީ ހޯމަ ދުވަހު ނޯތު ކީވޫގައެވެ.

ބަލި ފެތުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި އަދިވެސް އޮތީ އިޓޫރީ ޕްރޮވިންސެވެ.

ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފައިވާ ގޮތުގައި، ކޮންގޯގެ އިރުމަތީގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން އެބޯލާ ކޮންޓްރޯލް ކުރުމަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. ނޯތު އަދި ސައުތު ކީވޫގެ ބޮޑު ބައެއް މިހާރު އޮތީ އެމް23 ކިޔާ ހަނގުރާމަވެރި ގްރޫޕެއްގެ ކޮންޓްރޯލްގެ ދަށުގައެވެ.

ކޮންގޯއެބޯލާޑަބްލިޔުއެޗްއޯ

އިތުރަށް ކިޔާލަން

01 ޖޫން 2026

ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

01 ޖޫން 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!
29 މެއި 2026

އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި

29 މެއި 2026
އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި
22 މެއި 2026

އެބޯލާ ވައިރަހުގެ ނުރައްކާ ކުޑަވެދާނެ ކަމަށް ނުބެލުމަށް ޑަބްލިއުއެޗްއޯން އިންޒާރު ދީފި

22 މެއި 2026
އެބޯލާ ވައިރަހުގެ ނުރައްކާ ކުޑަވެދާނެ ކަމަށް ނުބެލުމަށް ޑަބްލިއުއެޗްއޯން އިންޒާރު ދީފި
22 މެއި 2026

ދުވާލަކު 5 މިނެޓުގެ ކަސްރަތުން ވެސް އުމުރު ދިގުވެދާނެ

22 މެއި 2026
ދުވާލަކު 5 މިނެޓުގެ ކަސްރަތުން ވެސް އުމުރު ދިގުވެދާނެ
22 މެއި 2026

އެބޯލާ ބައްޔަށް އޮކްސްފޯޑުން އާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

22 މެއި 2026
އެބޯލާ ބައްޔަށް އޮކްސްފޯޑުން އާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު