Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުސްމާޓްފޯނު

ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ

1 ޖުލައި 2026 | ބުދަ 10:52

ސްމާޓްފޯނު ބޭނުންކުރާއިރު އިސްޖަހައިގެން ހުރުމުގެ ސަބަބުން ކަރުގެ މައިބަދައަށް ބާރުބޮޑުވެ، އަތުގެ އިނގިލިތަކާއި ހުޅުތަކުގެ ބައްޓަމަށް ބަދަލު އައުމުގެ ސިއްހީ މައްސަލަތައް ދަނީ އިތުރުވަމުން.

ޖިނާ
ޖިނާ | 1 ޖުލައި 2026 | ބުދަ 10:52
ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން، އަމިއްލައަށް އިހުސާސް ނުކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެއް އިންސާނާގެ ހަށިގަނޑަށް އަންނަމުންދެ

ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން، އަމިއްލައަށް އިހުސާސް ނުކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެއް އިންސާނާގެ ހަށިގަނޑަށް އަންނަމުންދެ | ބީބީސީ

ޒަމާނީ ވަސީލަތްތަކާއި ސްމާޓްފޯނު ފަދަ އާލާތްތައް ބޭނުންކުރުން އާންމުވެފައިވާ މިންވަރުގެ ސަބަބުން، އިންސާނާގެ ހަށިގަނޑުގެ ބައްޓަމަށާއި ސިއްހަތަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށް ސިއްހީ މާހިރުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފި އެވެ. "ފޯން ބޮޑީ" ނުވަތަ ޓެކްނޮލޮޖީގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި ކަރުގެ މަސްތަކަށް ދިމާވާ މައްސަލަތަކާއި، އިނގިލިތަކާއި އަތުގެ ހުޅުތަކަށް އަންނަ ބަދަލުތައް ހިމެނޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

މި ދިރާސާތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ގިނަ ވަގުތު ފޯނަށް ބަލަހައްޓައިގެން އިސްޖަހައިގެން ތިބުމުގެ ސަބަބުން ކަރުގެ މައިބަދައަށް ބޮޑު ބުރައެއް އުފުލަން ޖެހެ އެވެ. އާންމު ގޮތެއްގައި އިންސާނާގެ ބޯ ސީދާކޮށް ހުންނައިރު ކަރުގެ މައްޗަށް ހުންނަ ބަރުދަނަށްވުރެ، 60 ޑިގްރީގެ އޭންގަލަކަށް އިސްޖަހައިގެން އިންނައިރު ކަރުގެ މައިބަދައަށް ކުރާ ބާރު ފަސް ގުނަ އިތުރުވާ ކަމަށް މާހިރުން ބުނެ އެވެ. މީގެ ސަބަބުން ކަރުގައި ރިއްސުމާއި، ކޮނޑު އަދި ބުރަކަށީގެ މައްސަލަތައް ކުރިމަތިވާ "ޓެކްސްޓް ނެކް" ފަދަ ހާލަތްތައް އަންނަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން، ސްމާޓްފޯނު ހިފަހައްޓައިގެން ތިބޭ ގޮތުގެ ސަބަބުން އަތުގެ އިނގިލިތަކަށް ވެސް ބަދަލުތަކެއް އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވަކިން ހާއްސަކޮށް ފޯނު ހިފަހައްޓަން ބޭނުންކުރާ ކުޑަވައި އިނގިއްޔަށް ބާރުބޮޑުވެ، އެ އިނގިލީގެ ބައްޓަމަށް ބަދަލު އައުމާއި، ބޮޑުވައި އިނގިލީގެ ހުޅުތަކަށް ތަދުވުމަކީ މިހާރު އާންމުވަމުންދާ ކަމެކެވެ. މީގެ އިތުރުން ގިނަ ވަގުތު އުޅަނބޮށި ލަނބައިގެން ފޯނު ބޭނުންކުރުމުގެ ސަބަބުން އަތުގެ ނާރުތަކަށް ފިއްތުންތައް ކުރިމަތިވެ، އަތް އައްސިވުމުގެ މައްސަލަތައް ދިމާވާ ކަމަށް ސިއްހީ މާހިރުން ފާހަގަކުރެ އެވެ.

ޓެކްނޮލޮޖީގެ ސަބަބުން ހަމައެކަނި ހަށިގަނޑުގެ ބޭރުފުށަށް ބަދަލު އަންނަނީއެއް ނޫނެވެ. ރިޕޯޓުތައް ބުނާގޮތުގައި ސްކްރީންތަކުން ބޭރުކުރާ "ބްލޫ ލައިޓް" ނުވަތަ ނޫ އަލީގެ ސަބަބުން އިންސާނާގެ ނިދުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. މީގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމްއަށް އަސަރުކޮށް، ބަރުދަން އިތުރުވުމާއި ސިއްހީ އެހެނިހެން މައްސަލަތަކަށް މަގުފަހިވާ ކަމަށް ދިރާސާވެރިން ބުނެ އެވެ. އެގޮތުން ނިދުމުގެ ކުރިން ފޯނު ބޭނުންކުރުމަކީ ސިކުނޑި ހޭލައްވައިދޭ ކަމަކަށްވާތީ، ގަދަ ނިދި ލިބުމަށް މީގެ ސަބަބުން ހުރަސްއެޅެ އެވެ.

މި މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ސިއްހީ މާހިރުން ލަފާދެނީ ޓެކްނޮލޮޖީ ބޭނުންކުރުމުގައި ވަކި އުސޫލުތަކަކަށް އަމަލުކުރުމަށެވެ. އެގޮތުން ފޯނު ބޭނުންކުރާއިރު ލޮލާ އެއްވަރަކަށް ފޯނު މައްޗަށް އުފުލައިގެން ގެންގުޅުމަށާއި، ކޮންމެ ވިހި މިނެޓަކުން ބްރޭކެއް ނެގުމަށް މާހިރުން އިރުޝާދުދެ އެވެ. އަދި ހަށިގަނޑުގެ މަސްތަކަށް ބާރުބޮޑުވިޔަ ނުދިނުމަށްޓަކައި ކަސްރަތު ކުރުމާއި، ހަށިގަނޑު ސީދާކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުމަކީ "ފޯން ބޮޑީ" ގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ކުރެވިދާނެ މުހިންމު ކަންތައްތައް ކަމަށް އޮފިޝަލުން ބުނެ އެވެ.

މަސްދަރު: ބީބީސީ

ސްމާޓްފޯނުފޯން ބޮޑީސިއްހަތު

އިތުރަށް ކިޔާލަން

28 ޖޫން 2026

ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ

28 ޖޫން 2026
ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ
27 ޖޫން 2026

ޒަމާނީ "ފްރީޒް ޓެކްނޮލޮޖީ" ބޭނުންކޮށްގެން ދިވެއްސެއްގެ ކިޑްނީ ޓިއުމަރު ކާމިޔާބުކަމާއެކު ނައްތާލައިފި

27 ޖޫން 2026
ޒަމާނީ "ފްރީޒް ޓެކްނޮލޮޖީ" ބޭނުންކޮށްގެން ދިވެއްސެއްގެ ކިޑްނީ ޓިއުމަރު ކާމިޔާބުކަމާއެކު ނައްތާލައިފި
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

ޓައިޕް 1 ޑައިބެޓީސް ޖެހުން ލަސްކޮށްދޭ ފަރުވާ ފުރަތަމަ ފަހަރަށް ދޭން ފަށައިފި

23 ޖޫން 2026
ޓައިޕް 1 ޑައިބެޓީސް ޖެހުން ލަސްކޮށްދޭ ފަރުވާ ފުރަތަމަ ފަހަރަށް ދޭން ފަށައިފި
23 ޖޫން 2026

ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟

23 ޖޫން 2026
ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟
22 ޖޫން 2026

އުމުރުން ދުވަސްވާއިރު ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، ސައިންސުގެ އަލީގައި މިހާރުން މިހާރަށް ގެނެވިދާނެ ބައެއް ބަދަލުތައް

22 ޖޫން 2026
އުމުރުން ދުވަސްވާއިރު ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، ސައިންސުގެ އަލީގައި މިހާރުން މިހާރަށް ގެނެވިދާނެ ބައެއް ބަދަލުތައް
22 މެއި 2026

ދުވާލަކު 5 މިނެޓުގެ ކަސްރަތުން ވެސް އުމުރު ދިގުވެދާނެ

22 މެއި 2026
ދުވާލަކު 5 މިނެޓުގެ ކަސްރަތުން ވެސް އުމުރު ދިގުވެދާނެ
07 މެއި 2026

ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކާނާއަށް ގެނެވޭނެ އެންމެ ނަތީޖާ ރަނގަޅު އެއް ބަދަލަކީ ފައިބާ ބޭނުންކުރާ މިންވަރު އިތުރުކުރުން

07 މެއި 2026
ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކާނާއަށް ގެނެވޭނެ އެންމެ ނަތީޖާ ރަނގަޅު އެއް ބަދަލަކީ ފައިބާ ބޭނުންކުރާ މިންވަރު އިތުރުކުރުން
22 ސެޕްޓެމްބަރު 2025

މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަމަލީ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2025
މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަމަލީ މަސައްކަތް ފަށައިފި
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް