Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުސިއްހަތު

ޒަމާނީ "ފްރީޒް ޓެކްނޮލޮޖީ" ބޭނުންކޮށްގެން ދިވެއްސެއްގެ ކިޑްނީ ޓިއުމަރު ކާމިޔާބުކަމާއެކު ނައްތާލައިފި

ހިތުގެ ބަލި ހުރުމުގެ ސަބަބުން އޮޕަރޭޝަން ކުރުން ނުރައްކާތެރި މި ބަލިމީހާގެ ޓިއުމަރު ނައްތާލާފައިވަނީ އާގަން ގޭސް ބޭނުންކޮށްގެން އެ ބައި ގަނޑުކޮށްލައިގެން. މި ޒަމާނީ ފަރުވާއަށްފަހު ބަލިމީހާގެ ހާލު ރަނގަޅުވެ، މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 09:21
ހޮސްޕިޓަލެއްގައި ކިޑްނީ ގެ ފްރޮސީޖަރެއް މެޑިކަލް ޓީމަކުން ހަދަނީ.

ހޮސްޕިޓަލެއްގައި ކިޑްނީ ގެ ފްރޮސީޖަރެއް މެޑިކަލް ޓީމަކުން ހަދަނީ. | ގެޓީ އިމޭޖަސް

ގުރުދާ ނުވަތަ ކިޑްނީގައި އުފެދިފައިވާ ޓިއުމަރަކަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިޔަ އުމުރުން 51 އަހަރުގެ ދިވެއްސަކު، "ފްރީޒް ޓެކްނޮލޮޖީ" ނުވަތަ "ކްރަޔޯއެބްލޭޝަން" ކިޔާ ޒަމާނީ ފަރުވާއަކަށްފަހު، ކާމިޔާބުކަމާއެކު އާންމު ދިރިއުޅުމަށް އެނބުރި އަތުވެއްޖެ އެވެ.

ކްރަޔޯއެބްލޭޝަން އަކީ ހަށިގަނޑުގެ ބޭރުފުށުން ބޮޑު އޮޕަރޭޝަނެއް ކުރުމުގެ ބަދަލުގައި، އިންތިހާއަށް ފިނިގަދަ މާއްދާއެއް (ލިކުއިޑް ނައިޓްރޯޖަން ނުވަތަ އާގަން ގޭސް ފަދަ) ބޭނުންކޮށްގެން ބަލިޖެހިފައިވާ ސެލްތަކާއި، ޓިއުމަރު ނުވަތަ ނާރުތައް ގަނޑުކޮށްލައިގެން ނައްތާލުމަށް ދޭ ފަރުވާއެކެވެ. މިއީ ކެންސަރު ބައްޔާއި، ހިތުގެ ބަލިތަކުގެ އިތުރުން ތަދު ކަނޑުވައިދިނުމަށް ދޭ ފަރުވާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ އުސޫލެކެވެ.

އިންޑިއާގެ ލޯކަލް މީޑިއާ ރިޕޯޓެއް ގައިވާ ގޮތުން ކަނާތު ކިޑްނީގައި ދެ ސެންޓިމީޓަރުގެ ޓިއުމަރެއް ހުރި މި ދިވެހި ބަލިމީހާ އިތުރު ފަރުވާއަށް ފޮނުވާލެވުނީ އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ކިމްސް ހެލްތަށެވެ. އާންމު ގޮތެއްގައި މިފަދަ ޓިއުމަރުތައް ނައްތާލަނީ އޮޕަރޭޝަން ކޮށްގެން ކަމަށްވީ ނަމަވެސް، އެ ބަލިމީހާއަކީ ހިތުގެ ބޮޑެތި ބަލިތަކެއް ހުރި މީހަކަށް ވުމުން، އޮޕަރޭޝަން ކުރުމަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކުރި އެވެ.

ބަލިމީހާގެ ހާލަތު ދިރާސާކުރުމަށްފަހު، ކިމްސް ހެލްތުގެ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ސީނިއާ ކޮންސަލްޓަންޓް ޑރ. މަނީޝް ކުމާރު ޔާދަވް އިސްކޮށް ހުންނަވައިގެން ނިންމެވީ، އެންމެ ރައްކާތެރި އަދި އެންމެ ނަތީޖާ ރަނގަޅު ގޮތަކީ ކްރަޔޯއެބްލޭޝަން ފަރުވާ ދިނުން ކަމަށެވެ.

މި ފަރުވާ ކުރިއަށް ގެންދިޔަ ގޮތަށް ބަލާއިރު، ސްކޭން މެޝިނެއްގެ އެހީގައި ޓިއުމަރު ހުރި ސަރަހައްދު ދެނެގަނެ، އެ ޓިއުމަރުގެ ތެރެއަށް ހާއްސަ ކަށިތަކެއް ވައްދައި، އެ ކަށިތަކުގެ ތެރެއިން އާގަން ގޭސް ދައުރުކުރިއެވެ. މީގެ ސަބަބުން ޓިއުމަރުގެ ފިނިހޫނުމިން ގަނޑުވާ މިންވަރަށް ދަށްވެ، ޓިއުމަރުގެ ވަށައިގެން "އައިސް ބޯލް" އެއް ނުވަތަ ގަނޑުފެން ބޯޅައެއް އުފެދިގެންދެއެވެ. މިއާއެކު، ކިޑްނީގެ ދުޅަހެޔޮ ބައިތަކަށް އެއްވެސް ގެއްލުމެއް ނުދީ، ހަމައެކަނި ޓިއުމަރުގެ ސެލްތައް ނައްތާލެވުނެވެ.

"މި ފަރުވާގެ ކާމިޔާބީން އެނގިގެންދަނީ، ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުން ނުދީ އަދި ބޮޑެތި އޮޕަރޭޝަންތަކާ ނުލައި ދޭ ފަރުވާތަކުގެ މުހިންމުކަން އިތުރުވަމުންދާ މިންވަރު. ކްރަޔޯއެބްލޭޝަންގެ އެހީގައި ކިޑްނީއަށާއި އޭގެ މަސައްކަތްތަކަށް އެއްވެސް ބުރޫއެއް ނާރުވައި ޓިއުމަރަށް ފަރުވާދެވި، ބަލިމީހާ އަވަހަށް ފަސޭހަވާނެކަން ކަށަވަރުކުރެވުނު،" ޑރ. ޔާދަވް ވިދާޅުވި އެވެ.

ޑޮކްޓަރުން މައުލޫމާތު ދެއްވި ގޮތުގައި، ހޮސްޕިޓަލުގައި ތިން ދުވަހު ބޭއްވުމަށްފަހު އެ ބަލިމީހާ މިހާރު ވަނީ ދޫކޮށްލާފަ އެވެ. އަދި އޭނާ މިހާރު އަންނަނީ އާންމު ދިރިއުޅުމުގެ ކަންކަން ކުރަމުންނެވެ. ޕްރޮސީޖަރަށް ގަޑިއެއްހާ އިރު ހޭދަވި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ. 

ކްރަޔޯއެބްލޭޝަންކިމްސް ހެލްތްކިޑްނީސިއްހަތު

އިތުރަށް ކިޔާލަން

23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

ޓައިޕް 1 ޑައިބެޓީސް ޖެހުން ލަސްކޮށްދޭ ފަރުވާ ފުރަތަމަ ފަހަރަށް ދޭން ފަށައިފި

23 ޖޫން 2026
ޓައިޕް 1 ޑައިބެޓީސް ޖެހުން ލަސްކޮށްދޭ ފަރުވާ ފުރަތަމަ ފަހަރަށް ދޭން ފަށައިފި
23 ޖޫން 2026

ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟

23 ޖޫން 2026
ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟
22 ޖޫން 2026

އުމުރުން ދުވަސްވާއިރު ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، ސައިންސުގެ އަލީގައި މިހާރުން މިހާރަށް ގެނެވިދާނެ ބައެއް ބަދަލުތައް

22 ޖޫން 2026
އުމުރުން ދުވަސްވާއިރު ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، ސައިންސުގެ އަލީގައި މިހާރުން މިހާރަށް ގެނެވިދާނެ ބައެއް ބަދަލުތައް
22 މެއި 2026

ދުވާލަކު 5 މިނެޓުގެ ކަސްރަތުން ވެސް އުމުރު ދިގުވެދާނެ

22 މެއި 2026
ދުވާލަކު 5 މިނެޓުގެ ކަސްރަތުން ވެސް އުމުރު ދިގުވެދާނެ
07 މެއި 2026

ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކާނާއަށް ގެނެވޭނެ އެންމެ ނަތީޖާ ރަނގަޅު އެއް ބަދަލަކީ ފައިބާ ބޭނުންކުރާ މިންވަރު އިތުރުކުރުން

07 މެއި 2026
ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކާނާއަށް ގެނެވޭނެ އެންމެ ނަތީޖާ ރަނގަޅު އެއް ބަދަލަކީ ފައިބާ ބޭނުންކުރާ މިންވަރު އިތުރުކުރުން
11 ޖެނުއަރީ 2026

ހަށިގަނޑުން އަމިއްލަ އަށް ޑިޓޮކްސް ކުރުމަށް ބާރުއެޅުމަށް ހެދިދާނެ ގޮތްތައް

11 ޖެނުއަރީ 2026
 ހަށިގަނޑުން އަމިއްލަ އަށް ޑިޓޮކްސް ކުރުމަށް ބާރުއެޅުމަށް ހެދިދާނެ ގޮތްތައް
22 ސެޕްޓެމްބަރު 2025

މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަމަލީ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2025
މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަމަލީ މަސައްކަތް ފަށައިފި
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
24 ޖުލައި 2024

މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!

24 ޖުލައި 2024
މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު