Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ

ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި

މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ގައުމީ ފެންވަރުގެ ޕްލޭނެއް ތަންފީޒުކުރުމަށް ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ ވަނީ އިރުޝާދު ދެއްވާފައެވެ. މިގޮތުން ސްކޫލްތަކުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފުޅާކުރުމާއި، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް "އޭ ނޭޝަން ޔުނައިޓެޑް" ކައުންސިލުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ތަހުގީގުތައް އަވަސްކުރުމަށް ލެބޯޓްރީގެ ހިދުމަތްތައް ފުޅާކުރުމާއި، ރިހެބިލިޓޭޓް ކުރުމާ ބެހޭ އާ ގާނޫނެއް ގެޒެޓްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 01:26
ކޮލަމްބޯގައި 2025 ނޮވެމްބަރު 7 ވީ ހުކުރު ދުވަހު ބޭއްވި ޕާލަމަންޓްގެ ޖަލްސާގައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ (ވ) އެ ގައުމުގެ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަނީ

ކޮލަމްބޯގައި 2025 ނޮވެމްބަރު 7 ވީ ހުކުރު ދުވަހު ބޭއްވި ޕާލަމަންޓްގެ ޖަލްސާގައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ (ވ) އެ ގައުމުގެ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަނީ | ގެޓީ އިމޭޖަސް

ސްރީލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލެނިވެރިންނަށް އަމިއްލައަށް ޗެކްކުރެވޭނެ ގޮތް ހެދުމަށްޓަކައި، ފާމަސީތައް މެދުވެރިކޮށް "ޑްރަގް ޓެސްޓިންގ ކިޓް" ތައާރަފުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް އުފައްދާފައިވާ "އަ ނޭޝަން ޔުނައިޓެޑް" ނޭޝަނަލް ސްޓިއަރިންގ ކައުންސިލްގެ ބައްދަލުވުމުގައި މި ހުށަހެޅުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރާ ޑިސަނަޔަކެ އެވެ.

މި ބައްދަލުވުމުގައި ރައީސް ޑިސަނަޔަކެ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށްޓަކައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ގައުމީ ފެންވަރުގެ ޕްލޭނެއް ތަންފީޒުކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ މުއައްސަސާއަކުން ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި ހަވާލުކުރެވިފައިވާ ޒިންމާތަކުގެ ކުރިއެރުމާ ބެހޭ ރިޕޯޓުތައް، ކައުންސިލްގެ ދެން އޮންނަ ބައްދަލުވުމަކަށް ހުށަހެޅުމަށް ރައީސް ވަނީ އަމުރުކުރައްވާފަ އެވެ.

ސްރީ ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސްކޫލް ކުދިންގެ މެދުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް މި ބައްދަލުވުމުގައި ހާއްސަ ސަމާލުކަމެއް ދީފައިވެ އެވެ. އެގޮތުން މުދައްރިސުންނާއި ދަރިވަރުންނަށް އަމާޒުކޮށްގެން މިހާތަނަށް 225 ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގާފައިވާ ކަމަށާއި، ޔުނިވަރސިޓީތަކުގައި ދަރިވަރުންގެ "ޕިއަރ ގްރޫޕް" ތައް އުފައްދައިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ކެމްޕޭންތައް ކުރިއަށްގެންދާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. މީގެ އިތުރުން، ސްކޫލްތަކުން މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ކޮމިޓީއެއް އުފެއްދުމަށާއި، ސްކޫލް ނިޒާމުގެ ތެރޭގައި މަސްތުވާތަކެތި ފެތުރިފައިވާ މިންވަރު ބެލުމަށް މުޅި ގައުމުގައި ސާވޭއެއް ކުރިއަށްގެންދިއުމަށް ސްރީ ލަންކާގެ ރައީސް އިރުޝާދު ދެއްވި ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

އަތުލައިގަނެވޭ މަސްތުވާތަކެތި ނައްތާލުން އަވަސްކުރުމަށްޓަކައި ހަދާ އާ ގާނޫނުތަކާއި، އޮޓޮމޭޓެޑް ނިޒާމެއްގެ ދަށުން ކޯޓުތަކުގެ އެގްޒިބިޓްސް ބެލެހެއްޓުން ހަރުދަނާކުރުމާއި، ތަހުގީގުތައް ލަސްވުން ހުއްޓުވުމަށްޓަކައި ލެބޯޓްރީގެ ހިދުމަތްތައް އެކި ސަރަހައްދުތަކަށް ފުޅާކުރުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ރިހެބިލިޓޭޓް ކުރުމާ ބެހޭ ގާނޫނުގެ ދެލިކޮޕީ މިހާރު ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ގާނޫނު ގެޒެޓްކުރެވޭނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަންތައް ވަރުގަދަކުރުމަށާއި، ޕޮލިސް ނާކޮޓިކްސް ބިއުރޯ އާއި ގަވަރމަންޓް އެނަލިސްޓް ޑިޕާޓްމަންޓްގެ ގާބިލްކަން އިތުރުކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، ގިނަ ދުވަހު ކަނޑުމަތީގައި އުޅޭ މަސްވެރި އުޅަނދުތައް ދައުލަތަށް އަތުލުމަށް މަގުފަހިވާނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ސްރީ ލަންކާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

މަސްދަރު: ޑެއިލީ މެއިލް

މަސްތުވާތަކެތިސްރީލަންކާއަނުރަ ކުމާރަ ޑިސަނަޔަކެ

އިތުރަށް ކިޔާލަން

30 ޖޫން 2026

ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި

ސްރީލަންކާގެ ތެޔޮ ކުންފުނިތަކުން ވިއްކާ އޮކްޓޭން 92 ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ދަށްވުމާ ގުޅިގެން ކަމަށް ބެލޭ. މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ފާއިތުވި ތިން ހަފުތާގައި ތެލުގެ އަގު ދަށަށް ގޮސްފައިވާއިރު، މިހާރު ތެލުގެ އަގު ހުރީ ހަނގުރާމައިގެ ހާލަތުގެ ކުރިން އަގުތައް ހުރި މިންވަރަށްވުރެ ވެސް ދަށުގައިކަން ފާހަގަ ކުރެވޭ.

30 ޖޫން 2026
ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި
08 ޖޫން 2026

ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި

ރާއްޖޭގެ މާލީ ވަޒީރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަކީ ގައުމުގެ މާލީ ނިޒާމު ފޫވެއްޓިފައިވާ ކަމުގެ ހެއްކެއް ކަމަށް އެމްޓީޑީސީގެ ކުރީގެ އެމްޑީ ތަޒްމީލު އަބްދުއްސަމަދު ވިދާޅުވި.

08 ޖޫން 2026
ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި
21 މެއި 2026

ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން މި މަހުގެ 25 އިން ފެށިގެން އީޓީއޭ ފުރިހަމަކުރުން ލާޒިމުކުރި ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން އެއްވެސް ފީއަކާ ނުލައި 90 ދުވަހުގެ ޓޫރިސްޓް ވިސާ ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުގެ ހައިކޮމިޝަނުން ދީފި. ލަންކާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ދަތުރުގެ 24 ގަޑިއިރު ކުރިން މި ހުއްދަ ހޯދަންޖެހޭއިރު، މިއީ އެ ގައުމަށް އެތެރެވާ ފަރާތްތަކުގެ މައުލޫމާތު ދުރާލައި ހޯދުމަށްޓަކައި އަލުން އަމަލުކުރަން ފެށި އުސޫލެއް. އެހެންކަމުން ލަންކާއަށް ދަތުރުކުރާ ދިވެހިން ފުރުމުގެ ކުރިން އިދާރީ މި މަރުހަލާ ފުރިހަމަކުރުމަށް ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ.

21 މެއި 2026
ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި
21 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

ރައީސް މުއިއްޒު، ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި އުޅޭ ދިވެހީންނަށް ފުލުހުން މެދުވެރިކޮށް ބިރުދެއްކި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައި. މިކަމާ ގުޅިގެން ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނީ، ރައީސް ބައިވެރިވެވަޑައިގެންނެވި ރިސެޕްޝަނަށް އެއްވެސް ފަރާތަކުން ދިއުން ހުއްޓުވުމަށް ލަންކާގެ އެއްވެސް އިދާރާއެއްގައި އެދިފައިނުވާ ކަމަށް. ނަމަވެސް، ބައެއް ދިވެހީންގެ ބަޔާން ފުލުހުން ނަގާފައިވާ ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން.

21 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި
03 މެއި 2026

ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބާއްވާ ރިސެޕްޝަނާ ދިމާކޮށް، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރުދައްކަމުންދާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ތައްޔާރުކުރި ލިސްޓަކަށް އެ ގައުމުގެ ފުލުހުން ބައެއް ދިވެހިންގެ ގެތަކަށް ގޮސް، ރައީސްގެ ބައްދަލުވުމަށް ނުދިއުމަށް އަންގައި ބަޔާން ނަގާފައިވާ ކަމަށް އާންމުން ބުނޭ. މިކަމަކީ ސޯސަންވިލާގެ ހިންގުމާ މެދު ހުރި ޝަކުވާތައް ރައީސާ ހަމައަށް ފޯރަފާނެތީ އެމްބަސީން ހިންގާ އަމަލެއް ކަމަށް ތުހުމަތު ކުރެވޭއިރު، ސަފީރު ވަނީ މިކަން ދޮގުކުރައްވާފައި.

03 މެއި 2026
ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު