Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްތުވާތަކެތީގެ މައްސަލަ

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ތަންތަން ބަލައި ފާސްކުރި އިރު 130 ފުޅި ބަނގުރަލާއި 14 ހަން ފެނިފައިވާތީ އޭނާ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާއި ވަނީ ހަވާލުކޮށްފައި. މީގެ އިތުރުން، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި ސްރީލަންކާގެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 7 ދުވަސް ޖަހާފައި. ފުލުހުން ގެންދަނީ މި ދެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުން.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 14:02
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ރަސިކް (ވ) އަދި ބަނގުރަލާއެކު ހައްޔަރުކުރި ހާރޫން (ކ).

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ރަސިކް (ވ) އަދި ބަނގުރަލާއެކު ހައްޔަރުކުރި ހާރޫން (ކ). | ޕޮލިސް

ބަނގުރާ ހުރި 130 ފުޅި އާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި އަދި މަސްތުވާތަކެއްޗާއި ބަނގުރާ އާ ދެކޮޅަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެމްޑީ ހާރުން މިއާ، ބަންގްލަދޭޝް (47އ) އާއި ހުސްމާން ރަސިކް އަރްސިލް އަލީމް، ސްރީލަންކާ (26އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

މި ދެމީހުންގެ ތެރެއިން އެމްޑީ ހާރުން މިއާ ހައްޔަރުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެއެޕާޓްމަންޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 4 ފުޅި (5ލީޓަރު) އާއި، 126 ފުޅި (500އެމްއެލް) އަދި 14 ހަން ފެނިފައިވެ އެވެ.

މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އެމްޑީ ހާރުން މިއާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ހުސްމާން ރަސިކް އަރްސިލް އަލީމް ހައްޔަރުކޮށްފައި ވަނީ ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައަަކާއި ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމް ސާވިސް އިން އޭނާ ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މި މައްސަލައާ ގުޅިގެން ހުސްމާން ރަސިކް އަރްސިލް އަލީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަ އެވެ. ބަންދު އަމުރުގައިވާ ގޮތުން މީނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓީވް އެވެ. 

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

އެމްޑީ ހާރުން މިއާހުސްމާން ރަސިކް އަރްސިލް އަލީމްބަންގްލަދޭޝްސްރީލަންކާމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

26 އެޕްރީލު 2026
 18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.

18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.

23 އެޕްރީލު 2026
މާރުކޭޓް ހުސް ނުކުރެވުނީ މަގު ހެދުމުގެ ޕްލޭން ކުއްލިއަކަށް ބަދަލުކޮށް 2 ހަފްތާ ތެރޭ ތަން ހުސްކުރަން އެންގުމުން، ރައީސް ހައްދަވަނީ އިތުރުފުޅެއް: އާޒިމް

މާރުކޭޓް ހުސް ނުކުރެވުނީ މަގު ހެދުމުގެ ޕްލޭން ކުއްލިއަކަށް ބަދަލުކޮށް 2 ހަފްތާ ތެރޭ ތަން ހުސްކުރަން އެންގުމުން، ރައީސް ހައްދަވަނީ އިތުރުފުޅެއް: އާޒިމް

23 އެޕްރީލު 2026
ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

21 އެޕްރީލު 2026
ކުކުޅު ފިހާރައިން ކޮންމެ ހަފްތާއަކު ހިލޭ ކުރަނޑި ކޭހެއް ލިބޭ ޕްރޮމޯޝަނެއް

ކުކުޅު ފިހާރައިން ކޮންމެ ހަފްތާއަކު ހިލޭ ކުރަނޑި ކޭހެއް ލިބޭ ޕްރޮމޯޝަނެއް

20 އެޕްރީލު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު