Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-ސްރީލަންކާ

ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ފޮނުވި ދައުވަތު، ހައި ކޮމިޝަނަރގެ ނަމުގައި!

ރައީސް ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެގައުމުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް ބާއްވާ ހަފުލާގެ ދައުވަތު ހައިކޮމިޝަނަރުގެ ނަމުގައި ފޮނުވާފައިވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ވިސާ އާއި ޑޮލަރު ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތީ، އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުންފާޅު ކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 3 މެއި 2026 | އާދީއްތަ 10:00
ސްރީލަންކާގައި ހުންނަވާ ހައި ކޮމިޝަނަރ މަސްއޫދު އިމާދު، އެ ގައުމުގެ ބައެއް އަސްކަރީ ބޭފުޅުންނާއެކު.

ސްރީލަންކާގައި ހުންނަވާ ހައި ކޮމިޝަނަރ މަސްއޫދު އިމާދު، އެ ގައުމުގެ ބައެއް އަސްކަރީ ބޭފުޅުންނާއެކު. | ފޮރިން މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލު ކުރެއްވުމަށް ބާއްވަވާ ރިސެޕްޝަންގެ ދައުވަތު ހައި ކޮމިޝަނަރ މަސްއޫދު އިމާދުގެ ނަމުގައި ފޮނުވާފައިވާތީ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. 

ރާއްޖެއެމްވީއަށް ލަންކާގައި ދިރިއުޅޭ ދިވެއްސަކު ބުނީ، ރައީސް މުއިއްޒު ލަންކާއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، އެގައުމުގައި ދިރިއުޅޭ ގިނަ ދިވެހީންނަށް ހައިކޮމިޝަނަރ މަސްއޫދު ބާއްވަވާ ރިސެޕްޝަންގައި ބައިވެރިވުމަށް އެދި ދައުވަތު ފޮނުވާފައިވާ ކަމަށެވެ. 

ނަމަވެސް އެއީ ރައީސް މުއިއްޒު ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ބައްދަލު ކުރުމަށް ކުރިއަށް ގެންދާ ޚާއްސަ އިވެންޓެއް ކަމަށާއި، ހައިކޮމިޝަނަރ މަސްއޫދުގެ ނަމުގައި ދައުވަތު ފޮނުވާފައިވަނީ އެ އިވެންޓުގައި ގިނަ ދިވެހީން ބައިވެރިނުވެދާނެތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިގޮތަށް ދައުވަތު ފޮނުވާފައި ވަނީ އޮޅުވާލަން ކަމަށާއި، ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވެފައިވާ ކަމަށް އޭނާ ބުންޏެވެ. 

މީގެ އިތުރުން އޭނާ ބުނީ، މިސަރުކާރުން ވެރިކަމާއި ޙަވާލުވި ފަހުން ލަންކާގައި ދިރި އުޅޭ ދިވެހީންނަށް ވިސާ ލިބުމުގައި އާއި ޑޮލަރު ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި، އެކަމާ ގިނަ މީހުން ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހީންގެ ގިނަ ކަންބޮޑުވުންތައް ހުރި ނަމަވެސް މި މައްސަލަތަކަށް ހައްލު ހޯދައިދީ، ދިވެހީންގެ ހާލަތު ބެލުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް މަސައްކަތް ކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ. 

އެހެންކަމުން ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެއްވެސް އިވެންޓެއްގައި ބައިވެރި ނުވާނެ ކަމަށް ލަންކާގައި ދިރިއުޅޭ ބައެއް ދިވެހީން ބުނެފައިވެ އެވެ. 

މި ރެސެޕްޝަން އޮތީ ހިލްޓަން ކޮލަންބޯގެ ދަ ގްރޭންޑް ބޯލްރޫމް ގައި 5 މެއި 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 5:00 ގަ އެވެ. 

ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ދައުވަތަކަށް، ރައީސް މުއިއްޒު މިމަހުގެ 3ން 6ށް ލަންކާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި ލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ނުވަތަ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. 

ސްރީލަންކާމަސްއޫދު އިމާދުރާއްޖެ-ސްރީލަންކާ

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

ރައީސް މުޢިއްޒު މޭ މަހު 3 އިން 6 އަށް ލަންކާއަށް ވަޑައިގަންނަވަނީ

30 އެޕްރީލު 2026
ރައީސް މުޢިއްޒު މޭ މަހު 3 އިން 6 އަށް ލަންކާއަށް ވަޑައިގަންނަވަނީ
29 އެޕްރީލު 2026

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ

29 އެޕްރީލު 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ
26 އެޕްރީލު 2026

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި

26 އެޕްރީލު 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި
21 އެޕްރީލު 2026

ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

21 އެޕްރީލު 2026
ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި
12 އެޕްރީލު 2026

މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަނީ

12 އެޕްރީލު 2026
މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަނީ
26 މާރިޗު 2026

ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ

26 މާރިޗު 2026
ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ
22 މާރިޗު 2026

ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ގައުމެއް ސަރުކާރުން ހާމަކުރަން ދެކޮޅު ހަދައިފި

22 މާރިޗު 2026
ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ގައުމެއް ސަރުކާރުން ހާމަކުރަން ދެކޮޅު ހަދައިފި
07 މާރިޗު 2026

އީރާނުގެ މަނަވަރަށް ދިން ހަމަލާގައި އެމެރިކާއަށް އެހީވިކަމަށް ދެކެވޭ ވާހަކަ އިންޑިއާއިން ދޮގުކޮށްފި

07 މާރިޗު 2026
އީރާނުގެ މަނަވަރަށް ދިން ހަމަލާގައި އެމެރިކާއަށް އެހީވިކަމަށް ދެކެވޭ ވާހަކަ އިންޑިއާއިން ދޮގުކޮށްފި
07 މާރިޗު 2026

މެދުއިރުމަތީގެ ހަނގުރާމައިގެ ނުފޫޒު އިންޑިއާ ކަނޑަށް ފޯރުމަކީ ކަންބޮޑުވުމެއް: ނަޝީދު

07 މާރިޗު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ނުފޫޒު އިންޑިއާ ކަނޑަށް ފޯރުމަކީ ކަންބޮޑުވުމެއް: ނަޝީދު
06 މާރިޗު 2026

އީރާނުގެ ހަނގުރާމަމަތީ މަނަވަރު އިންޑިއާގެ ކޮޗިން ގައި ބަނދަރުކޮށްފި

06 މާރިޗު 2026
އީރާނުގެ ހަނގުރާމަމަތީ މަނަވަރު އިންޑިއާގެ ކޮޗިން ގައި ބަނދަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު