Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި

ސްރީލަންކާގެ ތެޔޮ ކުންފުނިތަކުން ވިއްކާ އޮކްޓޭން 92 ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ދަށްވުމާ ގުޅިގެން ކަމަށް ބެލޭ. މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ފާއިތުވި ތިން ހަފުތާގައި ތެލުގެ އަގު ދަށަށް ގޮސްފައިވާއިރު، މިހާރު ތެލުގެ އަގު ހުރީ ހަނގުރާމައިގެ ހާލަތުގެ ކުރިން އަގުތައް ހުރި މިންވަރަށްވުރެ ވެސް ދަށުގައިކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 17:02
ކޮލަމްބޯގެ ބޭރުގައި އޮންނަ ވެއްލަވައްތަ ސަރަހައްދުގެ ފިލިންގް ސްޓޭޝަނެއްގައި، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 16 ވަނަ ދުވަހު މުވައްޒަފަކު ސައިކަލަކަށް ޕެޓްރޯލް އަޅަނީ.

ކޮލަމްބޯގެ ބޭރުގައި އޮންނަ ވެއްލަވައްތަ ސަރަހައްދުގެ ފިލިންގް ސްޓޭޝަނެއްގައި، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 16 ވަނަ ދުވަހު މުވައްޒަފަކު ސައިކަލަކަށް ޕެޓްރޯލް އަޅަނީ. | ގެޓީ އިމޭޖަސް

ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އިން ވިއްކާ ތެލުގެ ބައެއް ބާވަތްތަކުގެ އަގު ޖޫން މަހުގެ 29 ވަނަ ދުވަހުގެ ރެއިން ފެށިގެން ހެޔޮކޮށްފި އެވެ.

މި ބަދަލާއެކު، އޮކްޓޭން 92 ޕެޓްރޯލް ލިޓަރަކުން 20 ރުޕީސް ވަނީ ހެޔޮކޮށްފަ އެވެ. އެހެންކަމުން، މިހާރު އޮކްޓޭން 92 ޕެޓްރޯލް ލިޓަރެއް ރީޓެއިލްކޮށް ލިބޭނީ 414 ރުޕީސް އަށެވެ. މީގެ އިތުރުން،  ޑީސަލް ލިޓަރަކުން 25 ރުޕީސް ހެޔޮކޮށްފައިވާއިރު، ޑީސަލް ލިޓަރެއްގެ އާ އަގަކީ 382 ރުޕީސް އެވެ.

ނަމަވެސް، އޮކްޓޭން 95 ޕެޓްރޯލާއި، ސުޕަރ ޑީސަލް އަދި ކަރާސީނު ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ސީޕީސީގެ އަގުތަކަށް ގެނައި މި ބަދަލާ ގުޅިގެން، ސްރީލަންކާގައި ތެލުގެ ޚިދުމަތްދޭ އަނެއް ދެ ކުންފުނި ކަމަށްވާ ސިލޯން އައިއޯސީ އަދި ސިނޯޕެކް ލަންކާ އިން ވެސް ވަނީ އެ ކުންފުނިތަކުން ވިއްކާ ތެލުގެ އަގުތައް ހެޔޮކޮށްފަ އެވެ. މި ދެ ކުންފުނިން ވެސް ވަނީ ސީޕީސީގެ އާ އަގުތަކާ އެއްގޮތަށް، އޮކްޓޭން 92 ޕެޓްރޯލް ލިޓަރަކުން 20 ރުޕީސް އަދި އޮޓޯ ޑީސަލް ލިޓަރަކުން 25 ރުޕީސް ހެޔޮކޮށްފަ އެވެ.

ސްރީލަންކާ ގައި ތެލުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައި އިރު، އީރާން-އެމެރިކާ ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރަށް ސާފުނުކުރާތެލުގެ އަގު ތިރިވެފައިވާކަން ފާހަގަ ކުރެވެ އެވެ.

މި ގޮތުން ހަނގުރާމަ ފެށުމުގެ ކުރިން (28 ފެބްރުއަރީ 2026) ސާފު ނުކުރާ ތެޔޮ ފީފާ އެއްގެ އަގު ހުރީ 72 ޑޮލަރަށް ކަމަށްވާއިރު،  24 ޖޫން 2026 ވަނަ ދުވަހު، ހަނގުރާމަ ފެށުނުފަހުން ފުރަތަމަ ފަހަރަށް މިވަނީ 72 ޑޮލަރަށް ތިރިވެފަ އެވެ.

މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފާއިތުވި 3 ހަފްތާގެ ތެރޭގައި ތެލުގެ އަގުތަށް ވަރަށް ބޮޑަށް ދައްވަމުން އައިސްފައިވާކަން ފާހަގަ ކުރެވެ އެވެ.

ތެލުގެ ބާޒާރަށް ހެޔޮ ބަދަލު ތައް އަންނަންފެށީ އީރާން-އެމެރިކާ އާއި ދެމެދު މަޝްވަރާ ތަކަށް ކުރިއެރުން ލިބެމުން އަންނާތީ ކަމަށް ބެލެވެ އެވެ. އޭގެ އިތުރުން ތެލުގެ ޝިޕްމެންޓްތައް ބަރުކުރުމަށް އެހެނިހެން ބަނދަރުތައް ތައްޔާރުކޮށް، ރައްކާތެރި އެހެނިހެން ބަނދަރު ތަކަށް ޝިޕްމެންޓް ތައް ބަދަލު ކުރުން ހިމެނެ އެވެ. މިގޮތުން ކުރިން އެންމެ ގިނައިން ތެޔޮ ޝިޕްމެނޓްތައް ބޯޓުން ބޯޓަށް ބަރުކުރުމަށް ބޭނުން ކުރަމުންދިޔަ އެކުވެރި އަރަބި އިމާރާތުގެ ފުޖެއިރާ އަދި އިރާގު ގެ ޚޮރް އަލް ޒުބައިރް ގެ ބަނދަރުން ތެޔޮ ބަރު ކުރުމުގެ ބަދަލުގައި، ގަލް އޮފް އޮމާން އިން ތެޔޮ ބަރުކުރުމަށް އައި ބަދަލު ފާހަގަ ކުރެވެ އެވެ.

މެދު އިރުމަތީގައި ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގުތަށް އެންމެ މައްޗަށް ދިޔައީ މާރޗް 3 ވަނަ ދުވަހު އެވެ. އެދުވަހު ސާފު ނުކުރާ ފީފާއެއް 113 ޑޮލަރަށް އުފުލުނުކަން ފާހަގަ ކުރެވެ އެވެ. މިހިނގާ ޖޫން މަހުގެ 15 އިން ފެށިގެން ތެލުގެ އަގު 80 ޑޮލަރުން ދަށަށް ގޮސްފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންސްރީލަންކާސިލޯން އައިއޯސީސިނޯޕެކް ލަންކާތެލުގެ އަގު

އިތުރަށް ކިޔާލަން

29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
25 ޖޫން 2026

ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި

25 ޖޫން 2026
ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި
22 ޖޫން 2026

އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި

22 ޖޫން 2026
އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި
17 ޖޫން 2026

އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ

17 ޖޫން 2026
އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ
15 ޖޫން 2026

އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އަތުވެއްޖެ - ދުނިޔޭގެ އިގުތިސާދު ހަމަޔަކަށް އެޅޭނީ ކޮން އިރަކުން؟

15 ޖޫން 2026
އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އަތުވެއްޖެ - ދުނިޔޭގެ އިގުތިސާދު ހަމަޔަކަށް އެޅޭނީ ކޮން އިރަކުން؟
15 ޖޫން 2026

އެމެރިކާއާއި އީރާނުގެ އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ

15 ޖޫން 2026
އެމެރިކާއާއި އީރާނުގެ އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ
11 ޖޫން 2026

އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް

11 ޖޫން 2026
އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް
08 ޖޫން 2026

ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި

08 ޖޫން 2026
ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި
08 ޖޫން 2026

އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާ އެކު ތެލުގެ އަގު އުފުލިއްޖެ

08 ޖޫން 2026
އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާ އެކު ތެލުގެ އަގު އުފުލިއްޖެ
21 މެއި 2026

ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި

21 މެއި 2026
ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު