Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސައުދީ އަރަބިއްޔާ ކަޓައި، ކުރިމަތިވި ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އުފުއްލަވައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު އަލް މިސެހަލް މަގާމުން އިސްތިއުފާ ދެއްވައިފި. ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަމުން އޭނާ ވިދާޅުވީ، ޒިންމާދާރުވުމުގެ ގޮތުން އާ ބޯޑަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާތީ އާ އިންތިޚާބެއް ބޭއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 15:19
ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޔާސިރު އަލް މިސްހަލް

ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޔާސިރު އަލް މިސްހަލް | ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަން (އެސް.އޭ.އެފް.އެފް) ގެ ރައީސް ޔާސިރު އަލް މިސްހަލް، އެ މަގާމުގައި އިތުރަށް ދެމިނުހުންނަވާނެކަން ހޯމަ ދުވަހު އިއުލާނު ކުރައްވައިފި އެވެ. ސައުދީ ފުޓްބޯޅައިގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހަތް އަހަރު ހޭދަކުރެއްވުމަށްފަހު އޭނާ މި ނިންމެވުން ނިންމެވީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައި، މުބާރާތުގެ ގަދަ 16 އަށް ސައުދީ ގައުމީ ޓީމަށް ދަތުރުނުކުރެވުމުގެ ޒިންމާ އުފުއްލެވުމުގެ ގޮތުންނެވެ.

އަލް މިސްހަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސައުދީ ގައުމީ ޓީމުގެ ވޯލްޑް ކަޕް ކެމްޕޭނަށް ކުރިމަތިވި ނާކާމިޔާބީގެ "ފުރިހަމަ ޒިންމާ" އޭނާ އުފުއްލަވާ ކަމަށެވެ. އަދި މުބާރާތުގެ ނަތީޖާ ހުރީ އުންމީދުކުރި މިންވަރަށްވުރެ ދަށުގައިކަން ގަބޫލުކުރައްވައި، ސައުދީގެ ފުޓްބޯޅަ ސަޕޯޓަރުންގެ ކިބައިން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

ޒިންމާދާރުވުމުގެ ގޮތުން އާ ފަރާތްތަކަކަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ގަބޫލުކުރައްވާތީ، މިހާރު އޮތް ބޯޑުގެ ދައުރު ހަމަވުމުގެ ކުރިން މަގާމުން ދުރުވާން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލް މިސްހަލް ވިދާޅުވި ގޮތުގައި، ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފެޑެރޭޝަނަށް އާ ޑިރެކްޓަރުންގެ ބޯޑެއް އިންތިޚާބު ކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ މަސައްކަތް ވަގުތުން ފެށޭނެ އެވެ.

ސައުދީ ފުޓްބޯޅައަށް ޚިދުމަތް ކުރުމަށާއި، ގައުމާއި ސަޕޯޓަރުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް މިހާރުގެ ބޯޑުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ޓީމަށް ދަތުރުނުކުރެވުމަކީ އޭގެ ޒިންމާ އުފުލަންޖެހޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ބަޔާން ނިންމަވާލައްވަމުން އޭނާ ވިދާޅުވީ، އޭނާއަކީ އަބަދުވެސް ސައުދީ އަރަބިއްޔާއަށް ވަފާތެރި ޚިދުމަތްތެރިއެއްގެ ގޮތުގައި ދެމިހުންނަވާނެ މީހެއް ކަމަށާއި، ކޮންމެ ދާއިރާއަކުން ނަމަވެސް ސައުދީގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ދެއްވާނެ ކަމަށެވެ. އަދި ފެޑެރޭޝަނާ ދެން ހަވާލުވާ އާ ބޯޑަށް އޭނާ ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު، އެ ޓީމުގެ ދަތުރު ވަނީ ގްރޫޕް ސްޓޭޖުން ނިމުމަކަށް އައިސްފަ އެވެ. ގްރޫޕް އެޗްގައި ހިމެނުނު ސައުދީން ކުޅުނު ފުރަތަމަ މެޗުގައި އުރުގުއާއީއާ ވާދަކޮށް 1-1 އިން އެއްވަރުވިއިރު، ދެވަނަ މެޗުގައި ސްޕެއިން އަތުން ވަނީ 4-0 އިން ބަލިވެފަ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި މުބާރާތުގައި އަލަށް ވާދަކުރި ކޭޕް ވާޑް އާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ސައުދީއަށް ލިބުނީ ގްރޫޕްގެ ހަތަރުވަނަ އެވެ.

މި ނަތީޖާއާއެކު، އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ހަ މުބާރާތުގައިވެސް ސައުދީ އަރަބިއްޔާއަށް ވަނީ ގްރޫޕް ސްޓޭޖުން ކުރިއަށް ނުދެވި ކަޓަންޖެހިފަ އެވެ. ސައުދީން ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކުރި ހަމައެކަނި ފަހަރަކީ، 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތުގައި އެ ގައުމުން އަލަށް ވާދަކުރި އަހަރެވެ.

ޔާސިރު އަލް މިޝާލް2026 ވާރލްޑް ކަޕްފުޓްބޯޅަ

އިތުރަށް ކިޔާލަން

29 ޖޫން 2026

އަލްޖީރިއާ އާއި އޮސްޓްރިއާ މެޗް އެއްވަރުވުން - ރޭވުމެއްތަ؟

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަލްޖީރިއާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެ، ދެ ގައުމު ވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި. މި ނަތީޖާއާއެކު އީރާން މުބާރާތުން ކަޓާފައިވާއިރު، މިއީ އެ ދެ ގައުމު ގުޅިގެން ކުރިން ރޭވުމެއްގެ ދަށުން ނެރުނު ނަތީޖާއެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުން. ނަމަވެސް ދެ ޓީމުގެ ކޯޗުން ވަނީ އެ ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކޮށް، މިއީ ފޯރިގަދަ އަދި އިންސާފުވެރި މެޗެއް ކަމަށް ބުނެފައި.

29 ޖޫން 2026
އަލްޖީރިއާ އާއި އޮސްޓްރިއާ މެޗް އެއްވަރުވުން - ރޭވުމެއްތަ؟
29 ޖޫން 2026

ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި

މުބާރާތުން ކެޓުމުގެ ޒިންމާ އުފުލައި ކޯޗު އިސްތިއުފާ ދިންއިރު، ދެކުނު ކޮރެއާގެ ރައީސް ވަނީ ކުޅިވަރުގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް މިފަދަ ނަތީޖާއެއް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ މިނިސްޓްރީއަށް އަންގަވާފައި. މި މައްސަލައިގައި ރައްޔިތުންނަށް ލިބުނު މާޔޫސްކަމަށްޓަކައި ރައީސް މާފަށް އެދިވަޑައިގެންފައިވާއިރު، ގައުމީ ޓީމުގެ ނަތީޖާތަކާ މެދު އާންމުންނާއި މީޑިއާގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ

29 ޖޫން 2026
ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި
28 ޖޫން 2026

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެން ފިޔާތޮށި ބޫޓަށް އަރައިގެން މިއުޅެނީ ކީއްވެ؟

މިފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ފަދަ ތަރިން ފިޔާތޮށި ކުލައިގެ ބޫޓު ބޭނުންކުރަމުންދާއިރު، މިއީ ދަނޑުމަތީގައި ކުޅުންތެރިން ފާހަގަކޮށްލެވޭ މިންވަރު އިތުރުކުރުމަށް ބްރޭންޑްތަކުން ގެންގުޅޭ މާކެޓިންގް އުކުޅެއް. ކަޅާއި ހުދު ކުލައިގެ ބޫޓުތަކުގެ ބަދަލުގައި ކުލަގަދަ ބޫޓުތަކަށް އޮތް ޝައުގުވެރިކަން އިތުރުވުމާ ގުޅިގެން، ބާޒާރުގައި މިހާރު އެންމެ ޑިމާންޑް ބޮޑީވެސް މި ކުލައިގެ ބޫޓުތައް.

28 ޖޫން 2026
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެން ފިޔާތޮށި ބޫޓަށް އަރައިގެން މިއުޅެނީ ކީއްވެ؟
28 ޖޫން 2026

ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ނަސީބު ދެރަކޮށް ކެޓި ޓީމަކީ އީރާން ހެއްޔެވެ؟

2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން އީރާން ކަޓަންޖެހުނީ، އެންމެ ފަހު ވަގުތު ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމުމާއި އެހެން މެޗުތަކުގެ ނަތީޖާ ދިމާވި ގޮތުން. މުބާރާތް ބޭއްވި ގައުމުން ކުރިމަތިކުރި ވީސާގެ ދަތިތަކާއި ދަތުރުފަތުރުގެ ހުރަސްތަކާއެކުވެސް، އީރާނުން ވަނީ ގްރޫޕް ސްޓޭޖުގައި ބަލިނުވެ ރަނގަޅު ކުޅުމެއް ދައްކާފައި. އެ ގައުމުގެ ކޯޗު އާމިރު ގަލެނޯއީ ވަނީ އީރާނާ މެދު އަމަލުކުރީ ބޭއިންސާފުން ކަމަށް ބުނެ ފީފާއަށް ޝަކުވާ ހުށަހަޅާފައި.

28 ޖޫން 2026
ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ނަސީބު ދެރަކޮށް ކެޓި ޓީމަކީ އީރާން ހެއްޔެވެ؟
28 ޖޫން 2026

ވޯލްޑް ކަޕްގެ ގަދަ 32 އަށް ހޮވުނު ޓީމުތަކާއި މެޗުތައް ތާވަލުކުރެވިފައިވާ ގޮތުގެ ތަފުސީލް

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ގަދަ 32 ޓީމު ވާދަކުރާ ނޮކްއައުޓް ބުރުގެ ގުރުއަތާއި މެޗުތައް ކުޅޭނެ ތާވަލު މިހާރު ވަނީ އާންމުކޮށްފައި. މި ބުރުގައި ޖުމްލަ 16 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުތައް ކުރިއަށްދާނީ ޖޫން 28 އިން ޖުލައި 3 ގެ ނިޔަލަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ އެކި ސިޓީތަކުގައި. މުބާރާތުގެ ގަދަ ބާރުތައް ކަމަށްވާ ބްރެޒިލް، އާޖެންޓީނާ، ފްރާންސް އަދި ޖަރުމަނުވިލާތް ފަދަ ޓީމުތައް މި ބުރުގައި ވާދަކުރޭ

28 ޖޫން 2026
ވޯލްޑް ކަޕްގެ ގަދަ 32 އަށް ހޮވުނު ޓީމުތަކާއި މެޗުތައް ތާވަލުކުރެވިފައިވާ ގޮތުގެ ތަފުސީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު