Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން

ޖީ7 ގެ ސަމިޓުގެ ފަހު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެކްރޮން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެހެން ހުރިހާ ލީޑަރުން ވެސް ގަބޫލު ކުރައްވާފައި ވަނީ ސުލްހައިގެ މަޝްވަރާ ތަކުގައި ބައިވެރިވުމުގެ ހަގީގީ ނިޔަތެއް މިހާރު ރަޝިޔާގެ ކިބައިގައި ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 05:41
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން. | ގެޓީ އިމޭޖަސް

ރަޝިޔާ އާއި ޔޫކްރެރިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެެނެސް، ސުލްޙަ ޤާއިމު ކުރުމުގެ ހަގީގީ ބޭނުމެއް ރަޝިޔާގެ ކިބައިގައި ނެތް ކަމަށް ޖީ7 ގެ ލީޑަރުން އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

ފްރާންސްގައި ކުރިއަށް ދިޔަ ޖީ7 ގެ ބައްދަލުވުމުގައި މިކަން ފާހަގަ ކުރައްވައި މެކްރޮން މިހެން ވިދާޅުވީ، އެމެރިކާ އާއި ޔޫރަޕް އިން ރަޝިއާ އާ މަޝްވަރާ ކުރުމަށް ހުށަހެޅި ފުރުސަތުތައް ރަޝިޔާ އިން ބަލައި ނުގަތުމާ ގުޅިގެންނެވެ.

 ޖީ7 ސަމިޓުގެ ފަހު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެކްރޮން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެހެން ހުރިހާ ލީޑަރުން ވެސް ގަބޫލު ކުރައްވާފައި ވަނީ ސުލްހައިގެ މަޝްވަރާ ތަކުގައި ބައިވެރިވުމުގެ ހަގީގީ ނިޔަތެއް މިހާރު ރަޝިޔާގެ ކިބައިގައި ނެތް ކަމަށެވެ. 

މި ސަމިޓިގައި ބައިވެރިވެ ވަޑައިގެންނެވި ދުނިޔޭގެ އެންމެ ބޮޑެތި ހަތް އިގްތިސާދީ ބާރު ތަކުގެ ލީޑަރުން، ޔޫކްރެއިން މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރުމުގައި ގިނަ ވަގުތު ހޭދަ ކުރެއްވި އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޔޫކްރެއިން ހަނގުރާމަ ނިންމުމަށް ރަޝިޔާއާ މަޝްވަރާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަ ކުރައްވާފައި އެވެ.

ނަމަވެސް، ފްރާންސްގެ ރައީސް މެކްރޮން ފާހަގަ ކުރެއްވި ގޮތުގައި ރަޝިޔާ އިން މިހާތަނަށް ދައްކުވައި ދީފައިވާ ވިސްނުމުން ސުލްހަ އަށް ވާސިލު ވުމަށް އެގައުމު ތައްޔާރުވެފައިވާ ކަމުގެ އަލާމާތެއް ފެންނާކަށް ނެތެވެ. ޔޫރަޕުގެ ޤައުމު ތަކާއި އެމެރިކާ އިން ސުލްހައިގެ މަޝްވަރާ ތަކަށް ހުށަހެޅި ހުރިހާ ފުރުސަތު ތަކެއް ރަޝިޔާ އިން ބަލައި ނުގަތުމަކީ މިކަމުގެ ހެއްކެއް ކަމަށް ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވި އެވެ. 

ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށިތާ މިހާރު ހަތަރު ވަނަ އަހަރަށް ދާއިރު، މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހިޖުރަ ކުރަން މަޖުބޫރު ވެފައިވެ އެވެ. މި ހަނގުރާމަ ނިންމުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތް ތަކަށް ރަޝިޔާގެ ދެކޮޅުވެރިކަން އިތުރު ވަމުންދާ ކަމަށް ބައިނަލްއަގުވާމީ ލީޑަރުން ބުނެ އެވެ.

ޖީ7 ގެ ލީޑަރުން ވަނީ ޔޫކްރެއިން އަށް ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެއްބަސްވެފައި އެވެ. އަދި ރަޝިޔާ އަށް ކުރިމަތި ކުރުވާފައިވާ އިގްތިސާދީ ހުރަސްތައް ދެމެހެއްޓުމަށް ވެސް ނިންމާފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަޖީ-7 ސަމިޓްއެމަނުއަލް މެކްރޯން

އިތުރަށް ކިޔާލަން

18 ޖޫން 2026

އީރާނާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަ 4 ހަފްތާގެ ތެރޭގައި ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި

18 ޖޫން 2026
އީރާނާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަ 4 ހަފްތާގެ ތެރޭގައި ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި
18 ޖޫން 2026

އެމެރިކާއާއި އީރާނުގެ ވެރިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

18 ޖޫން 2026
އެމެރިކާއާއި އީރާނުގެ ވެރިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
17 ޖޫން 2026

ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން

17 ޖޫން 2026
ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން
17 ޖޫން 2026

ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖޫން 2026
ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
17 ޖޫން 2026

ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް

17 ޖޫން 2026
ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު