Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް

ޖީ7 ގެ ސަމިޓުގެ ތެރެއިން ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވާފައި. ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ފޮޓޯ ތަކުން ފެންނަ ގޮތުގައި، ޓްރަމްޕްގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް އެ ބައްދަލުވުމުގައި އިންނެވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2026 | ބުދަ 04:51
ޖީ7 ގެ ބައްދަލުވުމުގެ ތެރެއިން ޓްރަމްޕް އާއި ޒެލެންސްކީ ބައްދަލު ކުރައްވަނީ.

ޖީ7 ގެ ބައްދަލުވުމުގެ ތެރެއިން ޓްރަމްޕް އާއި ޒެލެންސްކީ ބައްދަލު ކުރައްވަނީ. | ރޮއިޓާސް

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ފްރާންސްގައި ކުރިއަށްދާ ޖީ7 ގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޤައުމު ތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވީ އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، ހަނގުރާމަ ނިންމުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. 

ހޯމަ ދުވަހުން ފެށިގެން، ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓަށް ޓްރަމްޕް ވަޑައިގެންނެވީ، އީރާން އާއެކު އޮތް ނުތަނަވަސްކަން ނިންމުމަށް އެއްބަސްވުމަކަށް އާދެވި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް އިއުލާންކުރެއްވުމަށް ފަހު އެވެ. އެއާ އެކު، ރަޝިޔާ އާއި ޔޫކްރެެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ޓްރަމްޕް އިތުރު ހިތްވަރެއް ލައްވާނެ ކަމަށް ބުނެފައިވެ އެވެ. 

ޖީ7 ގެ ސަމިޓުގެ ތެރެއިން ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ފޮޓޯ ތަކުން ފެންނަ ގޮތުގައި، ޓްރަމްޕްގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް އެ ބައްދަލުވުމުގައި އިންނެވި އެވެ. 

މި މަޝްވަރާ ތަކުގައި ޔޫކްރެއިން އިން ބާރު އެޅީ، ރަޝިޔާ އާއެކު ކުރެވޭ ސުލްޙައިގެ މަޝްވަރާ ތަކުގައި ޔޫކްރެއިންގެ މަގާމު ވަރުގަދަ ކުރުމަށްޓަކައި ބައިނަލްއަޤުވާމީ އެހީތެރިކަން އިތުރަށް ބޭނުންވާ ކަމަށެވެ. ޔޫކްރެއިންގެ މިހާރުގެ ޙާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ޔޫރަޕުގެ ލީޑަރުންނާއި، ޔޫކްރެއިން އިން ވެސް ވަނީ ޓްރަމްޕް އަށް ބުނެދީފައި އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމައިގެ މައިދާނުގައި ދެފަރާތުން ވެސް މަރުވަމުން ދަނީ ވަރަށް ޒުވާން ކުދިން ކަމަށާއި، އެކަން ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ރަޝިޔާ އިން ޞުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ. މީގެ ކުރިން އަށް ހަނގުރާމައެއް ނިމުމަކަށް ގެނެސްފައި ވާނެ ކަމަށް ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ޔޫކްރެއިން ހަނގުރާމަ އަކީ އެންމެ ފަސޭހަ އިން ހައްލު ކުރެވޭނެ ހަނގުރާމަ ކަމަށް ކުރިން ހީކުރެވުނު ކަމަށެވެ.

މި ސަމިޓަކީ ޔޫކްރެއިން ހަނގުރާމަ އަށް ސިޔާސީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ދުނިޔެ އިން ކުރަމުންދާ މަސައްކަތުގެ މުހިންމު މަރުހަލާ އެކެވެ. ޚާއްޞަކޮށް އެމެރިކާގެ ރައީސްގެ މަގާމާ ޓްރަމްޕް ހަވާލުވެ ވަޑައިގަތުމަށް ފަހު، މި މައްސަލައިގައި ގެންގުޅުއްވާ ސިޔާސަތު ތަކަށް މުޅި ދުނިޔެ އަންނަނީ ފާރަވެރި ވަމުންނެވެ. ޓްރަމްޕްގެ ވާހަކަފުޅު ތަކުން އެނގިގެން ދަނީ ކުރިއަށް އޮތް ތަނުގައި ރަޝިޔާ އަށް ޞުލްޙައިގެ މޭޒަށް އައުމަށް އެމެރިކާ އިން ބޮޑެތި ފިއްތުން ތަކެއް ކުރިމަތި ކުރާނެ ކަމެވެ.

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

17 ޖޫން 2026

ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް

17 ޖޫން 2026
ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް
16 ޖޫން 2026

އީރާންގެ އެއްބަސްވުމުގެ ދެ ވަނަ މަރުޙަލާ އަށް ތައްޔާރު: ޓްރަމްޕް

16 ޖޫން 2026
އީރާންގެ އެއްބަސްވުމުގެ ދެ ވަނަ މަރުޙަލާ އަށް ތައްޔާރު: ޓްރަމްޕް
16 ޖޫން 2026

ހުކުރު ދުވަހުގެ ކުރިން، އެމެރިކާ އާއި އީރާންގެ އެއްބަސްވުން ޓްރަމްޕް އާންމު ކޮށްފާނެ

16 ޖޫން 2026
ހުކުރު ދުވަހުގެ ކުރިން، އެމެރިކާ އާއި އީރާންގެ އެއްބަސްވުން ޓްރަމްޕް އާންމު ކޮށްފާނެ
16 ޖޫން 2026

އީރާން އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރުމަށް، އެމެރިކާ ސެނެޓުގެ މެޖޯރިޓީ ލީޑަރު ގޮވާލައްވައިފި

16 ޖޫން 2026
އީރާން އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރުމަށް، އެމެރިކާ ސެނެޓުގެ މެޖޯރިޓީ ލީޑަރު ގޮވާލައްވައިފި
16 ޖޫން 2026

ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި

16 ޖޫން 2026
ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު