Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒުގެ ވައުދުތައް

ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!

1 ޖުލައި 2026 | ބުދަ 07:53

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރަސްމާލެ މަޝްރޫއާއި، ސިޔާސީ މަގާމުތައް މަދުކުރުމާއި، ބޭސްފަރުވާގެ ވައުދުތައް ފުއްދިފައި ނުވާތީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މަޖިލީހުގައި ފާޑުވިދާޅުވެއްޖެ. މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސްއެޅޭކަން ފާހަގަކުރައްވައި، ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ދަށަށްދާ ކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖުލައި 2026 | ބުދަ 07:53
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު. | ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ފުދިފައިނުވާކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ޒާކިރު ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒު އިންތިޚާބީ ވައުދުތަކުގައި ވަނީ ސިޔާސީ މަޤާމުތައް 700 ގައި ހިފަހައްޓުވާނެ ކަމަށާއި، ރަސްމާލެ ބްރިޖު 8 މަސް ތެރޭގައި ހިއްކަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ތައިލެންޑާއި ދުބާއީގައި ބޭސްފަރުވާ ލިބޭނެ ކަމަށާއި މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވެފައިވާ ކަމަށް މެމްބަރު ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވަޒީފާތަކުން މީހުން ނުކަނޑަވާނެ ކަމަށާއި ބޭރު ފައިސާ ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބޭނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް މައުރޫފް ޒާކިރު ވިދާޅުވި އެވެ.

 ސިޔާސީ މަޤާމުތައް 700 ގައި ހިފަހައްޓަވާނެކަމަށާއި، ރަސްމާލެ 8 މަސް ތެރޭގައި ހިއްކަވާނެކަމަށްވެސް ވިދާޅުވީ ކާކުތޯ، ތައިލެންޑާއި ދުބާއީން ބޭސް ފަރުވާ ލިބޭނެ ކަމާއި، މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެކަމަށްވެސް ވިދާޅުވީ ކާކުތޯ، އަދި ވަޒީފާތަކުން މީހުން ނުކަނޑާނެކަމަށާއި، ބޭރު ފައިސާ ލިބޭނެކަމުގެ ފެހި ސިގްނަލް ލިބޭނެކަމަށްވެސް ވިދާޅުވީ ކާކުތޯ، އާރްޓީއައި ހުށަހަޅަން ނުޖެހޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި، ނަމަވެސް އާރްޓީއައި ހުށަހަޅައިގެންވެސް ޖަވާބެއް ނުލިބޭ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މީގެ އިތުރުން، މިއަދު ރާއްޖޭގައި މިނިވަން އެންމެ ކޮމިޝަނެއްވެސް ނެތް ކަމަށާއި ނަމަވެސް މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް އެ މެމްބަރު ފާހަގަކުރެއްވި އެވެ.

މައުރޫފް ޒާކިރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަން ލިބުމުން މިހާރު ފެންނަ މަންޒަރަކީ މިއިން އެއްވެސް ކަމެއް ވާން ނެތްކަމުގެ މަންޒަރު ކަމަށެވެ. އެގޮތުން ޤައުމުގެ އިޤްތިސާދީ ޙާލަތާއި މާލީ ޙާލަތާއި އިޖުތިމާއީ ޙާލަތުވެސް ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށް މެމްބަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާރުން މިހާތަނަށް އެކި ނަންނަމުގައި ޤާނޫނުތައް ހުށަހަޅަމުން އަންނަ ކަމަށާއި އެ ޤާނޫނުތަކުން ފައިދާވި ރައްޔިތަކު މިއަދު ނެތް ކަމަށްވެސް މައުރޫފް ޒާކިރު ވިދާޅުވި އެވެ.

މައުރޫފް ޒާކިރު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރާނެ މީހަކު ނެތިގެން އުޅޭ ކަމަށް ރައީސް މުއިއްޒުގެ އަރިހުގައި މީހަކު ވިދާޅުވެފައި ނުވާ ކަމަށާއި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އަމިއްލަފުޅަށް ކަމަށެވެ.

މީގެ އިތުރުން، މި ޤައުމަށް ބޭނުންވަނީ ރަނގަޅު ލީޑަރެއް ކަމަށާއި ރައީސް މުއިއްޒަށް ދޮގު ހެދުން ނޫން ކަމެއްވެސް ނުވާ ކަމަށް މައުރޫފް ޒާކިރު ވިދާޅުވި އެވެ.  

ޑރ. މުހައްމަދު މުއިއްޒުމައުރޫފް ޒާކިރުކެންދޫ ދާއިރާރަސްމާލެ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު

24 ސެޕްޓެމްބަރު 2026
ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު

23 ސެޕްޓެމްބަރު 2026
ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
23 ސެޕްޓެމްބަރު 2026

އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟

23 ސެޕްޓެމްބަރު 2026
އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟
22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
21 ސެޕްޓެމްބަރު 2026

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

21 ސެޕްޓެމްބަރު 2026
އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!
21 ސެޕްޓެމްބަރު 2026

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

21 ސެޕްޓެމްބަރު 2026
20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު
21 ސެޕްޓެމްބަރު 2026

ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟

21 ސެޕްޓެމްބަރު 2026
ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟
21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް