Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީވީ ޓޯކް

ޖެނެރޭޝަނަލް ބޭން ގާނޫނަކީ އެވޯޑެއް ހޯދަން ހެދި ގާނޫނެއް: ޒިޔާދު

3 ޖުލައި 2026 | ހުކުރު 12:53

ޒިޔާދު ވިދާޅުވީ މި ގާނޫނަކީ އެވޯޑެއް ހޯދަން ހެދި ގާނޫނެއް ކަމަށާއި މިކަމަކީ ތިމަންނާ އެކަނި ކުރިކަމެކޭ ވިދާޅުވާން ކުރި ކަމެއް ކަމަށް. މި ގާނޫނަށް އަމަލުކުރަނީ ކޮން އިރަކުކަމާއި، ކާކު ކަމާ މެދު ޒިޔާދު ވަނީ ސުވާލު އުފައްދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2026 | ހުކުރު 12:53
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު.

ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު. | ރާއްޖެ އެމްވީ

ޖެނެރޭޝަނަލް ބޭން ގާނޫނަކީ ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވޯޑެއް ހޯއްދަވަން ހެދި ގާނޫނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޯގުރާމުގައި ޒިޔާދު ވިދާޅުވީ މި ގާނޫނަކީ އެވޯޑެއް ހޯދަން ހެދި ގާނޫނެއް ކަމަށާއި މިކަމަކީ ތިމަންނާ އެކަނި ކުރިކަމެކޭ ވިދާޅުވާން ކުރި ކަމެއް ކަމަށެވެ. މި ގާނޫނަށް އަމަލުކުރަނީ ކޮން އިރަކުކަމާއި، ކާކު ކަމާ މެދު ޒިޔާދު ވަނީ ސުވާލު އުފައްދާފައި އެވެ. އަދި މިކަމަކީ ވާނެ ކަމެއް ނޫންކަމަށް މެމްބަރު ޒިޔާދު ވިދާޅުވެފައިވެ އެވެ.

އޭގެ އެންމެ ޖޯކު ގާނޫނެއްގެ ވާހަކަ ޖެނެރޭޝަނަލް ބޭން، މީ ދެން އެވޯޑެއް ހޯދަންވެގެން ތިމަންނާ އެކަނި ކުރިކަމެކޭ މީ ޖެނެރޭޝަން... މިކަހަލަ ހަދައިފި ބައިވަރު.
 ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ)

ޖެނެރޭޝަނަލް ބޭން މި ބިލަކީ 2025 މެއި 13 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. އަދި މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. 

މި ޤާނޫނާއެކު، 2026 ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވާ ހުރިހާ ކުދިންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދިންނަށް ވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެ ވިއްކުން މަނާވެ އެވެ.

މީގެ އިތުރުން ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުން ކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން ވެސް މަނާވެ އެވެ. މީގެ އިތުރުން މިކަމާ ގުޅޭ އެހެން ކަންކަން މި ގާނޫނުގައި ހިމަނާފައިވެ އެވެ.

ޓީވީ ޓޯކް ޕްރޮގްރާމް ޖެނެރޭޝަން ބޭންވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުރައީސް މުއިއްޒު

އިތުރަށް ކިޔާލަން

02 ޖުލައި 2026

ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި

02 ޖުލައި 2026
ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި
29 ޖޫން 2026

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

29 ޖޫން 2026
މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު
22 މެއި 2026

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު
08 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ގަވަރނިންގ ކައުންސިލެއް އެކުލަވާލުމަށް ހިމަނާ ވަތަނީ ޚިދުމަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ގަވަރނިންގ ކައުންސިލެއް އެކުލަވާލުމަށް ހިމަނާ ވަތަނީ ޚިދުމަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
06 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"
11 ޖެނުއަރީ 2026

ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

11 ޖެނުއަރީ 2026
ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި
25 ޑިސެމްބަރު 2025

ޕީއެންސީ ކުދިންނަށް އަނެއްކާވެސް މުއިއްޒުގެ ދޯކާ

25 ޑިސެމްބަރު 2025
ޕީއެންސީ ކުދިންނަށް އަނެއްކާވެސް މުއިއްޒުގެ ދޯކާ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
30 ނޮވެމްބަރު 2025

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް
23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް