Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޕީއެންސީ ކުދިންނަށް އަނެއްކާވެސް މުއިއްޒުގެ ދޯކާ

ޕީއެންސީގެ ޕްރައިމަރީއަށް ނަން ހުށަހެޅި ބައެއް މީހުންގެ ނަން ރިޖެކްޓް ކުރުމުގެ ޝަކުވާ ވަނީ އިންތިހާ އަށް ބޮޑުވެފައި. މަޖިލިސް އިންތިޚާބުގައިވެސް ޕީއެންސީން ކަންކުރީ އެގޮތަށް.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 05:38
ރައީސް ޑރ މުހައްމަދު މުޢިއްޒު

ރައީސް ޑރ މުހައްމަދު މުޢިއްޒު

މުއިއްޒަކީ މުއިއްޒެވެ. ފެންނަ ފެނުމަކަށް އަދި ތަފާތެއް ނާދެ އެވެ. ވަޑައިގެންނެވުނު މަގާމުގެ ގޮތުންވެސް އައި ބަދަލެއް ނުފެނުނެވެ. ބާރު ހޯދުމުގައި ކަންކުރުމުގައި އެވަރެއް ނެތެވެ. މީހުންގެ ހިތް އަތުލުމަށް އެހެރަ ދައްކާ މޮޅު ވާހަކަ އެވެ. އެކުގައި މަސައްކަތް ކުރަން ތިބި މީހުންނަށް ބެހެއްޓި ގާތްކަމެވެ. އެކަމަކު ބާރު އަތަށް ނެގެންދެންނެވެ. ބަދަލުވަނީ އެހާ ހިސާބުންނެވެ.

އެބީދައިން ބަލާއިރު ވެރިކަމަށް ވަޑައިގެންނެވުމަށް ބޭނުންކުރެއްވި އެންމެ ބަރު ހަތިޔާރަކީ ހުސް ގޮނޑިއެކެވެ. އެގޮނޑި ރަމްޒުކުރި ރައީސް ޔާމީނެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ކަމަށް މުއިއްޒުވެސް ވިދާޅުވި "ހަރާމް ހުކުމެވެ". އެމަނިކުފާނު ޖަލުގައި އޮންނެވީތީ ވާދެރައާއި ކުރައްވާ ހިތާމަ އެވެ. އެމަނިކުފާނާ ނުލައި ސަރުކާރު ނުހިންގޭނެ ވާހަކަ އެވެ. ވެރިކަން ކުރައްވާނީ އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދުގެ ދަށުންނެވެ. އެއްކަމެއްވެސް އެމަނިކުފާނު ނާންގަވާ ގޮތަކަށް ނުކުރާނަމެވެ. އެކަމަށްޓަކައި އެމަނިކުފާނު މިނިވަން ކުރައްވާނެ އެވެ. މިއީ މި މަފްހޫމްތައް ޕީޕީއެމް ޕީއެންސީގެ މީހުންނަށް ވިސްނައިދޭން އަދި ޔާމީނަށް ތާއީދު ކުރި މީހުންގެ ވޯޓު ހޯދުމަށް ބޭނުންކުރެއްވި ބަސްމަގެވެ. ފަތިފައްޗަށް އަމުނާލި ވައުދުތަކާއި ވިދާޅުވި ފަރިއްސެވެ. ހުސް ގޮނޑި ބެހެއްޓީ މިވާހަކަތައް ވިސްނައިދޭން ބޭނުންކުރި ރަމްޒަކަށެވެ.

އިސާހިތަކު ވެރިކަން ލިބުނެވެ. މިހާރު ޔާމީނަށް ކުރި ހުކުމް އޯކޭއެވެ. ޔާމީންހާ ނުބައި މީހެއް ނެތެވެ. ގާތުގައި ގެންގުޅޭ ކުދިން ލައްވައި ޔާމީނަށް ހެއްދެވި ނުހެއްދެވިއަށް ގޮވަނީ އެވެ. ޔާމީނަށް މަރުދިން އަދުރޭއާ ފަލާހު، އަދި ސައީދުއާ ސުޖާމެން ފަދަ އިސް މީހުންވެސް ލައްވަ އެވެ.

ދައްކާން މިއުޅެނީ މުޅިއަކުން މިވާހަކައެއް ނޫނެވެ. ބާރު ލިބުނީމާ މުއިއްޒު ހައްދަވަނީ ހައްދަވާނެ އެއްޗެއް ކަމެވެ. މުއިއްޒު ގެންނަން މަސައްކަތް ކުރި ޕީޕީއެމް ޕީއެންސީގެ އާދައިގެ ކުދިންނަށްވެސް އެދެނީ އެލަނޑެވެ. އަމިއްލަ މީހާގެ ކުރިއެރުމަށާއި ވެރިކަމުގެ ބާރު ގަދަކުރުމަށް ވަޒީފާތައް ބަހާލީ އިދިކޮޅު މީހުންނަށެވެ. ނިމިދިޔަ ސަރުކާރުގައި ވަޒީރުކަން ކުރި މަހްލޫފްމެންފަދަ މީހުންނަށެވެ. މަޖިލިސް އިންތިޚާބުގެ ޕްރައިމަރީއަށް ހެދީ ހަދާނެ ގޮތެކެވެ. ޕާޓީއަށް މަރުދިން މީހުންނަކަށް ކުރިމައްޗެއް ނުލެވުނެވެ. އެތައް ދުވަހެއްގެ އުއްމީދުގައި އެވެރިންކުރި މަސްއްކަތް ފެނަށް ދުއްވާލީ ފޯމު ބަލައިނުގަނެ ރިޖެކްޓް ކޮށްލައިގެންނެވެ. އެތެރޭގެ އިންތިހާބުގައިވެސް ބައިވެރިވިޔަ ނުދިނީ އެވެ. ދެން އައީ ޕްރައިމަރީ އެވެ. ޕްރައިމަރީ ގައި ވާދަ ކުރެވުނު މީހުންނަށްވެސް ކަށަވަރުކަމެއް ނެތުނީއެވެ. ވާދަކޮށް ގިނަ ޚަރަދުތަކެއްކޮށް ހޯދި ޓިކެޓް އަތުލީ އެވެ. އެދާއިރާއަކަށް މުއިއްޒު ބޭނުންވާ މުއިއްޒުގެ ގާތްމީހާ ލުމަށެވެ. މުއިއްޒަށް އިތުރަށް ބާރު ލިބިދާނެ ކަމަށް ބެލެވުނު އެހެން ޕާޓީތަކުގެ މީހުންނަށް އެގޮނޑިތައް ދިނުމަށެވެ. ޕްރައިމަރީއަކާ ޕްރައިމަރީއެއް ދޫކޮށްލާފަ އެވެ. އެ ޕްރައިމަރީ ކާމިޔާބުކުރި އެމީހުންގެ ހައްގުވެސް ބޮލާލާ ޖައްސަވާފަ އެވެ. މަޝްހޫރު އަނާރާ ނައީމާ، ޟަމީރުއާއި ރިޔާޒްމެންފަދަ މީހުންނަށް ދިން ޓިކެޓަކީ މީގެ ދިރިހުރި މިސާލުތަކެވެ.

ވެރިކަމުގެ އާރާއި ބާރު އޮތީތީ މުއިއްޒު ހައްދަވަފާނެ އެއްޗަކަށް ބިރުން އެގޮތައް ޕްރައިމަރީ ގައި ހެދިއަސް އަދި ޓިކެޓް އަތުލުމުންވެސް ސުއްބުވެސް ނުބުނެ ޕީޕީއެމް ޕީއެންސީ ކުދިންކޮޅު ތިބީ ހަނުހިމޭނުންނެވެ. ކުރެވޭނެ ކަމެއް ނެތީމަ އެވެ. އޭގެ ދުވަސްތަކެއް ފަހެވެ. އަނެއްކާވެސް އަނެއް އިންތިޚާބާ ކުރިމަތިވިއިރު މިފަހަރުވެސް މުއިއްޒު އެހެއްދެވީ ހަމަ އެހެންނެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެނޑިޑޭޓުން ނަގާ ޕްރައިމަރީ އަށް އެހެދީ ހަދާނެ ގޮތެކެވެ. ޕާޓީއައިގެން އަދި މުއިއްޒުގެ ސަރުކާރައިގެން މަރުދީ އުޅުނު މީހުންގެ ފޯމުވެސް ޕްރައިމަރީ އަށް ބަލައި ނުގަނެގެން އެކަމުގެ ޝަކުވާ ސޯޝަލް މީޑިޔާގައި އެދަނީ ފަތުއަޑުކިޔާފައި އޮހެމުންނެވެ. އަހާލުމެއް ކަހާލުމެއްނެތި ވަކި ބަޔަކަށް މިހާރުން މިހާރަށް ޓިކެޓްދީ އެކަމުގެ އުއްމީދުގައި ތިބި މީހުން އެވަނީ މާޔޫސް ކޮށްލާފަ އެވެ. މިއީ އަދި މިފަހަރުވެސް ޕްރައިމަރީގެ ވޯޓުގެ ކުރިއަށެވެ. ޕްރައިމަރީ ތެރޭގައާއި ޕްރައިމަރީ ކާމިޔާބުވުމުން ދެން ވާނެގޮތެއްވެސް ހިތަށް އަރުވާލަންވެސް ދައްޗެވެ. ކުރިންވެސް ކަންކުރެއްވި ގޮތުންނެވެ.

ކޮންމެއަކަސް ޕީއެންސީ ކުދިންނަށް މިފަހަރުވެސް މުއިއްޒު އެދެއްވީ ބޮޑު ދޯކާއެކެވެ. އަނެއްކާވެސް ތަކުރާރު އެކުރެއްވީ ކުރީގައިވެސް ކަންކުރެއްވި ގޮތެވެ. ބުނެ އުޅެއެވެ. އެއް ހަރަކުން ދެފަހަރަކު ކަށްޓެއް ނުޖެހޭނެއެވެ. އެކަމަކު ޒަމާންވެ ބަދަލުވެ ދެވަނަ ފަހަރަށްވެސް އަދި ތިންވަނަ ފަހަރަށްވެސް އެޖެހީ އެއް ހަރަކުން ކަށްޓެވެ. މުއިއްޒު އެހެއްދެވީ އަދި ހައްދަވަމުން އެގެންދަވަނީ ޕީއެންސީ ކުދިންނަށް ހަދާނެ އެއްޗެކެވެ.

މުއިއްޒުޕީއެންސީޕްރައިމަރީލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި ކުރާކަމަކީ ވިނަ ނޮޅުން، އިތުރު މަސައްކަތެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އާސިފް

ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި ކުރާކަމަކީ ވިނަ ނޮޅުން، އިތުރު މަސައްކަތެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އާސިފް

24 ޑިސެމްބަރު 2025
ކުންފުނިތަކާއި، އެމްބަސީތަކުގެ މުވައްޒަފުން އޮފީސް މަސައްކަތަށް ނުނިކުމެ ކުރަން ޖެހެނީ ޕްރޮޕެގެންޑާ ފެތުރުމުގެ މަސައްކަތް: އަމީން

ކުންފުނިތަކާއި، އެމްބަސީތަކުގެ މުވައްޒަފުން އޮފީސް މަސައްކަތަށް ނުނިކުމެ ކުރަން ޖެހެނީ ޕްރޮޕެގެންޑާ ފެތުރުމުގެ މަސައްކަތް: އަމީން

21 ޑިސެމްބަރު 2025
މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

20 ޑިސެމްބަރު 2025
ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

18 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު