Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ސުމާރެއްނެތި ވަޒީފާތައް ދަނީ ބަހަމުންނެވެ. އެއްބަޔަކު ވަޒީފާއަށް ނުކުންނަންވެސް ނުޖެހެއެވެ. އެކަމަކު ޕާޓީ ކުދިންނަކަށް ނޫނެވެ. މުއިއްޒަށް ފާޑުކިޔާ ނަށާ މީހުންނާ ލަވަކިޔުންތެރިންނަށެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2025 | އާދީއްތަ 13:24
ޕީއެންސީ ޖަލްސާގައި ރައީސް މުއިއްޒު

ޕީއެންސީ ޖަލްސާގައި ރައީސް މުއިއްޒު

"ކޮބާ ވަޒީފާއެއް ނުލިބޭތަ؟ އެއޮށް ބަހާ ނަގަނީނު" މަގުމަތިން ދިމާވި މީހަކު ގޮވާލާފައި ބުންޏެވެ. ދަންނަ ރައްޓެއްސެއް ނޫނެވެ. އެކަމަކު ފެންނަ ފެނުމަށް އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގަ އާއި މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ޕީޕީއެމް ޕީއެންސީ ހަރަކާތްތަކުން ފެންނަ މީހެކެވެ.

ސަމާސާ އެއް ކޮށްލީތާއޭ ހިތާ ގާތައް ލެފިލާފައި ވީ ކީއްހޭ އަހާލައިފީމެވެ. ދެންވެސް ބުނީ ހަމަ އެވާހަކަ އެވެ. ބަހާ ނަގާ ވާހަކައެވެ. ހަޅޭލެވިވަރެއް އަވަސްވާނެއޭވެސް ބުންޏެވެ. ދުރުދުރުން ނުގޮސް ތަންކޮޅެއް ތަފްސީލު ކޮށްލަދޭން އެދުނީމެވެ. އޭނާ ބުނީ އިއްޔެއާ ހަމައަސްވެސް މުިއްޒަށް ފާޑުކިޔާ އުޅުނު މީހުންނަށް މިއަދު ވަޒީފާތައް ދެނީ ކަމަށެވެ.

ހިތާހިތާ ކިޔާލެވުނެވެ. އޭނާ އެބުނީ ވަރަށްބޮޑު ތެދެކެވެ. ފެންނަ ފެނުމަށް އެއީ ސީދާ ހަގީ ގަތެކެވެ. އަދި މަންޒަރުތައް ހުރިގޮތުން އެކަން ދާނީވެސް ކުރިއަށެވެ.

އޭނާ ބުނީ ދެއިރު ދެ ދަޅައަށް އިންޑިޔާ އައުޓް ޖައްސާފައި ރެޔާ ދުވާލު ގޭގެއަށް ހިނގާފައި މުއިއްޒު ވެރިކަމަށް ގެންނާން އުޅުނީ ޕީޕީއެމް ޕީއެންސީ މީހުންނެވެ. ދެއްކި ހުސް ގޮނޑިއާ ރައީސް ޔާމީން ސަލާމަތް ކުރެވޭންވެސް އޮތީ އެގޮތައް އެކަން ކޮށްގެންކަމަށް ވިސްނައިދިނީތީ މުއިއްޒު ހޮވަން ކުރެވުނިއްޔާ ކުރެވުނުހާ ކަމެއް ކުރެވުނު ކަމަށެވެ. އޭނާ ބުނީ އެކަން ކުރީ ގައުމަށް ހެޔޮގޮތެއް ހޯދުމުގެ ބޭނުމުގައިވެސް ކަމަށާއި އިހުއޮތް ސަރުކާރަށްވުރެ ރަނގަޅުވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

ކުޑައިކޮށް އިތުރަށް ކޮނެލުމުގެ ބޭނުމުގައި އަނެއްކާވެސް ސުވާލު ކޮށްލީމެވެ. ތިޔަ ބުނަނީ ކޮންބައެއްގެ ވާހަކަ ހެއްޔެވެ. އޭނާ ބުނީ އިންތިޚާބު ތެރޭގައި އެންމެ ގަދައަށް ހަޅޭލެވި އެކަކު އެހެރީ ގެނެސް އެންމެގާތް އެޑްވައިޒަރަށް ލައިފަ އެވެ. ގެއެޅި ގޮތާއި ފައިސާ ހޯދި ގޮތޭ ކިޔައިގެން ވާހަކަ ދެއްކި މީހާވެސް މިހާރު އެހެރީ އެންމެ ގާތުގައެވެ. ޓެކްސްތައް މައާފް ކޮށްދިނުމާއި އެތަނުން ފަޅެއް މިތަނުން ފަޅެއް ދީފައި އެމީހުން ގެނެސް ބައިތިއްބަން މުއިއްޒަށް އޯކޭ ކަމަށެވެ. ކަމުނުދުޔައީ ޔާމީން މިނިވަން ކުރުން ކަމަށާއި ޔާމީން ގާތުގައި ހުރެގެން ބަވަބަވާފައި ލާރި ދިނީމާ ބޮޑުފަޅިއަށް އެރުން މުއިއްޒަށް ބަރާބަރު ކަމަށެވެ. އެމީހުނަށް ވަޒީފާތައް އެދަނީ އޮއްސަމުން ކަމަށެވެ.

އޭނާ ބުނީ ސަރުކާރުން ބޮޑެތި މަގާމް ދީފައި ގަނެގެން ގެންނަނީ މުޅިންވެސް އިދިކޮޅު މީހުން ކަމަށާއި ނިމިދިޔަ ސަރުކާރުގައި ވަޒީރުކަމާއި މަޖިލިސް މެންބަރުންނާ އޭރުގެ މަތިފަޑީގައިތިބި މީހުންވެސް މިހާރު މުއިއްޒަށް މާ ކަމުދާ ކަމަށެވެ. ރަށްރަށުގައިވެސް ވަޒީފާ ދެނީ ބާރަށް ހަޅޭލަވާ އިދިކޮޅު ޕާޓީތަކުގެ މީހުންނަށް ކަމަށެވެ.

އޭނާ ބުންޏަސް އެއީ ހަމަ ބޮޑު ތެދެކެވެ. އެކިޔައިދިނީ ކަން އޮތްގޮތެވެ. މުިއްޒަށް އެންމެ ބާރަށް ހަލާލެވި މީހުންނަށް އެދަނީ ވަޒީފާތައް ބަހަމުންނެވެ. ފިލްމު ކުޅޭ މީހުންނާއި ލަވަކިޔާ މީހުންނެވެ. ދެއިރުކާ ބޭހެއްހެން ޕާޓީ ބަދަލުކޮށް އުޅޭ މީހުންނެވެ. ސަރުކާރުގެ ކުންފުނިތަކަށް ލައިގެން އެމީހުންނަށް އެދެނީ މުސާރައިގެ ގޮތުގައި ފައިސާތައް ބަހަމުންނެވެ. އެއް ބަުޔަކު ަޮފީހަށް ނުކުމެ އިށީންނާނެ ތަނެއްވެސް ނެތްހާ ގިނަވެއްޖެއެވެ. ބުނެވޭ ގޮތުގައި އަނެއް ބަޔަކު އޮފީހަށް ނުކުންނާންވެސް ނުޖެހެއެވެ. މުސާރަ ދީފައި ތިބޭ ބައެއްގެ ގޮތުގަ އެވެ.

ސަރުކާރުގެ ބޮޑު ކުންފުންޏެއްގައި އުޅޭ އިސްމީހަކު ބުނީ އެމީހުންނަކީ މާމަތީ ބައެއް ކަމަށެވެ. ތަނުގައި އެތައް އަހރެއްވެފައި ތިބި މީހުންގެ މައްޗަށް އެމީހުން ގެނެސްލާފައި ހުރިހައި ހުރިހާ ކަމެއް ކުރަން ޖެހެނީ އެމީހުން ކަމަށެވެ. ސިޔާސީ މީހުންގެ ގޮތުގައި ލައިފާތިބި އޮފީހަށް ނުކުންނަ މީހުންގެ ކަމަކަށް އޮންނަނީ އެމީހުންނަށް އަމުރުކުރުމާއި މަޖާ ކުރުމެވެ. އަނެއް ބަޔަކު އޮފީހަށް ނުކުންނާންވެސް ނުޖެހޭ ކަމަށެވެ.

ކޮންމެއަކަސް މިއީ މިއަދުގެ ހާލަތެވެ. ދެފަހަރަކަށް އެއްޗެއް ބުނެލާ ސަރުކާރާ އިދިކޮޅަށް ޖައްސާލާ ގިނަ މީހުންނަށް ވަޒީފާތައް ބަހައި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިލޭ ސާބަހަށް އެމީހުންނަށް އެދަނީ މުސާރަދެމުންނެވެ. ހައްދަވައިގެން ކަމެއް ކުރާން ނުޖެހޭއިރު އެއްބަޔަކު އޮފީހަށް ނުނިކުތަސް އޯކޭއެވެ. ހަމަ އެކަނި މުސާރަ ލިބޭ މުވައްޒަފުންގެ ގޮތުގައެވެ. ގޮތެއް ނެތީ ކުރިންވެސް މިހާރުވެސް ޕާޓީއަށް މަރުދިން މީހުންނަށެވެ. މުއިއްޒު ވެރިކަމަށް ގެންނަށް ރެއާ ދުވާލު މަސައްކަތްކުރި މީހުންނަށެވެ. ޕާޓީ ރޫހުގައި ޕާޓިގެ ހައްގުގައި އެމީހުން މިއަދު އެތިބެނީ އަނގައިންވެސް ނުބުނެ އެވެ. ފޮނިކޮޅު ބޮނީ އެހެން މީހުންނެވެ. އެފޮނިބޯންދެނީވެސް އެހެން މީހުންނަށެވެ. ކިޔަވައިގެން މަތީ ފާސްތައް ނަގައިގެން ތިބި މީހުން ހުސް އަތާއެވެ. ވަޒީފާ ލިބުމުގެ ޝަރުތެއްގެ ގޮތުގައި ފެންނަނީ ކުރިން މުއްޒަށް ފާޑުކިޔާފައި ވުމާއި ފިލްމު ކުޅޭ ނޫނީ ލަވަކިޔާ ތަރިއަކަށް ވުމެވެ.

މުއިއްޒުޕީޕީއެމް-ޕީއެންސީރައީސް ޔާމިންވަޒީފާ މަސައްކަތްތައްރިޔާސީ އިންތިޚާބުސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު