Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

ކަންކަން ނުކުރެވުމުގެ ޒިންމާ ކައުންސިލްތަކުގެ ބޮލަށް ކަނޑުއްވާލެއްވިއިރު އެކައުންސިލްތަކާއި މުޅި ގައުމުގެ ބާރު އޮތީ މުއިއްޒުގެ އަތްޕުޅުގައި. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލާއެކުގައި.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 08:45
ސަރުކާރު ޖަވާބުދާރީ ކުރާ ވަހަކަ ދައްކާ، ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަންޏާ އެއީ ގޯހެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ.

ސަރުކާރު ޖަވާބުދާރީ ކުރާ ވަހަކަ ދައްކާ، ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަންޏާ އެއީ ގޯހެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ. | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބު ކެމްޕޭނުގައި ވިދާޅުވަމުން ގެންދެވީ މަދުވަނީ ރައީސުލް ޖުމްހޫރިއްޔާ ކަމެވެ. ރައްޔިތުން ކުރަންވީ ކަމަކީ މުއިއްޒު ހޮވަންވީ އެވެ. އޭރުން އެނިމުނީ ކަމަށެވެ. ކުރީގެ ސަރުކާރުން ކަން ކޮށްފައި އޮތްގޮތުން އިގްތިސޯދީ ކިތަންމެ ދަށް ހާލަތެއްގައި އޮތަސް ވަރިހަމަ އެވެ. ކަން ކުރާނަމެވެ. ކުރާނެ ޕްލޭންތައް ހުރީ ނިމިފަ އެވެ. ބޭނުންވާ ފައިސާވެސް ހުރީ ހަމަޖެހިފަ އެވެ. ފައިސާ ދޭނެ މީހުންވެސް ތިބީ ތައްޔާރަށް ކަމަށެވެ. އިތުރު މަޝްރޫއުތައް ހިންގާ މުޅި ރާއްޖެ ބަދަލުކޮށްލާއިރު ލަސް ސްޕީޑުގައި ކުރިއަށްދާ ކުރީ ސަރުކާރުން ފަށާފައިހުރި ހުރިހާ ކަމެއްވެސް އެއަށްވުރެ މާ ބާރު ސްޕީޑްގައި ނިންމައިދޭނެ ކަމަށެވެ. އެކަމަށް ބޭނުންވަނީ ރައްޔިތުންގެ ވޯޓުން ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހޮވައިދިނުމެވެ.

ވެރިކަމަށް ހޮވުމާއެކު ދެން ފެށީ އެހެން ލަވައެކެވެ. ކަން ކުރެވޭނީ ޖެއްސުން ނުކުރާނެ މަޖިލީހެއް އޮވެގެންނެވެ. ކަންކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ލިބިގެންނެވެ. ކަންކުރެވޭގޮތައް އެމަޖިލީހުން ބަޖެޓްވެސް ފާސްކޮށްގެން ކަމަށެވެ. އެވާހަކަ އަޑުއަހާފައި ރައްޔިތުން އަތްގުޅި ނުކާވަރުގެ ބޮޑު ކޮންޓްރޯލެއް މަޖިލީހުން ދިނީ އެވެ. އެއާއެކު އެހެން މީހަކަށް މުއިއްޒާ ދެކޮޅަށް ކުޑަބޭރުވެސް އަރާ ނުލެވޭވަރުގެ ބާރެއް ލިބުނީ އެވެ. ވެރިކަން ހިންގާނެ ގޮތަކަށް ހިންގާން ވެރިކަމުގައި ކުރާނެހާ ކަމެއް ކުރާން މުއިއްޒަށް މުޅި ގައުމު ލިބުނީ އެވެ.

އެބާރުގައި ކުރާނެހާ ކަމެއް ގެންދަވަނީ ކުރައްވަމުންނެވެ. ވެރިކަމަށް ފައްސިޔަޔަށް ހަދާނެ އެއްޗެއް އެގެންދަވަނީ ހައްދަވަމުންނެވެ. ގާނޫނު ތަކާއި، ސީދާ ގާނޫނުއަސާސީ އަށްވެސް ބަދަލު ގެންނަމުންނެވެ. ކުރާނެ ދަތުރެއްކޮށް ކަނޑާނެ މީހަކު ކަނޑާއި ވަޒީފާ ދޭނެ މީހަކަށް ވަޒީފާ ދެމުންނެވެ. އެބީދައިން ކަންކުރާތާ ދެއަހަރާ ގާތް ކުރީމާ އެބަހާލީ ކާފަގެ މަސްބެހުމަށް ޕްރޮޖެކްތަކެކެވެ. އަމިއްލައަށް ހޮވާނެ ބަޔަކު ހޮވައިގެން ނެގި ކުންފުނިތަކަކަށެވެ. ކަމެއް ނުކުރާތީއާއި ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވާތީ އުވާލުމުގެ މަރުހަލާގައިވެސް ހުރި ކުންފުނިތަކެއް ހިމެނޭ ގޮތަށެވެ. ދާހާ ރަށެއްގައި އަޅާން ބޭނުން ތަނެއްގައި ބިންގާވެސް އެޅީ އެވެ. ބިންގާ މަތީގައިވެސް ބިންގާ އެޅީ އެވެ. ފުޓްބޯޅަ ދަނޑުތަކާއި ވޮލީ ކޯޓުތަކުގެ މަތީގައިވެސް އިތުރަށް ދަނޑާ ކޯޓުވެސް އަޅަން ނިންމީ އެވެ. ވައުދުމައްޗަށް ވައުދުވެސް ވީ އެވެ. ނުފުއްދުނު ވައުދުގެ ވާހަކަ ރައްޔިތުން ދެއްކީމާ އެވައުދު އިތުރަށް ތިންގުނަ ކޮށްފައި އަނެއްކާ ވެސް ވައުދުވެ ނެގީ އެވެ. މާ ބޮޑެތި މަޝްރޫއުތަކެކޭ ހިތާ ކުރިން ގެނެސްފައިހުރި އޭޓީއެމްތަކެއް ބަހައްޓައި ރިބަން ދަމަދަމާފައިވެސް ކެނޑީ އެވެ.

އެކަމަކު ހައްދަވައިގެން ކަމެއް ނުކުރެވުނު ތާނގައި ކުރިން ކުރަމުން އައި ކަންކަން ވެރިކަން ބަދަލުވުމާއެކު ހުއްޓުނުގޮތައް ހުއްޓި ހުރީ އެވެ. ރަށްރަށުގައި ބޮޑު ރަސްމިއްޔާތުގައި ފެށި ކަންކަން އެހިސާބުގައި މަޑުޖެހުނު ގޮތަށް ހިރިވެސް ނުލަ އެވެ. އެޅި ބިންގާތަކަށް ފަސްއެޅި ފޮރުވުނުއިރު އަލިކުރި ބިންތަކުގައި ވިނަފަޅައި އެތަންތައް ގަސް ބޯވެ ވާވެސް ވީ އެވެ. ކައުންސިލް އިންތިޚާބާ ކުރިމަތިލާން އެޖެހުނީ މިހާލަތުގައެވެ. މައްޗަށް ނާރާނެ ކަމުގެ ޔަގީންކަން ދީފައި އޮތް ޑޮލަރު 20 ރުފިޔާއިން މައްޗަށް ގޮސް ތަކެތީގެ އަގު ބޮޑުވެ ރައްޔިތުން ރަތަށް އަރާފައި ވަނިކޮށެވެ.

ކޮންމެއަކަސް މޮޅު ހިންތާއެއްކޮށް ރަށްރަށުގައި މަޝްރުއުތައް ނުހިނގުން އެކަނޑާލީ ކައުންސިލަރުންގެ ބޮލަށެވެ. އެވެރިން ތަން ނުދީގެންނެވެ. ރަށްރަށުގައި ހިންގާން ބުނި ޕްރޮޖެކްޓައް ނުހިނގަނީ ކައުންސިލްތަކުން އެއްބާރުލުން ނުދީގެންނޯލަ އެވެ. ކަންކުރާނެ ތަނެއް ނުދީގެންނޯލަ އެވެ. ކައުންސިލްތަކުގެ މެޖޯރިޓީހޯދަން މާ ދުރާލާ އެޖެއްސެވީ ބޮޑު މަޅިއެކެވެ. ކަމުން ރެކި އެވެރިންގެ ބޮލަށް ޖެއްސެވިއިރު ހަގީގަތް ދިމާއަށް ފެންނާން އޮތްކަމެއް ހަނދުމަފުޅަކު ނެތެވެ. ކައުންސިލްތަކަށް މުއިއްޒު ވިދާޅުވިއްޔާ ވިދާޅުވިހާ ކަމެއް ނޫނީ ނުކުރެވޭއިރު އެވެރިން ތަނެއް ނުދެއްކިއްޔާ ހެދޭނެ ގޮތަށް ގާނޫނުވެސް ބަދަލު ގެނެސްފައިވާކަންވެސް ހަނދުމަފުޅަކު ނެތެވެ. ހިތުން ކަމުންރެކި ކައުންސިލް ހޯދަން ޖެހި ބޮޑު މަޅީގައި އަމިއްލައަށް ބެދުނީ އެވެ. ބެދޭމަޅި ނުފެންނާނެޔޭ ބުނާ ބީދައިން ރުވި މަޅިއަށް އަމިއްލައަށް އެރި ނިމުނީ އެވެ.

މުއިއްޒުރިޔާސީ އިންތިޚާބުރައްޔިތުންގެ މަޖިލިސްކައުންސިލް އިންތިޚާބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

10 ޖެނުއަރީ 2026
ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

09 ޖެނުއަރީ 2026
އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ތަސްދީގު ކުރައްވައިފި

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ތަސްދީގު ކުރައްވައިފި

08 ޖެނުއަރީ 2026
މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

08 ޖެނުއަރީ 2026
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު