Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމިން

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް މުއިއްޒު އަތުގައި އޮތް ބީދައިން އެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ކޮންޓްރޯލް ވެސް އޮތީ މުއިއްޒު އަތުގަ އެވެ. މުއިއްޒު ބޭނުންފުޅު ނުވާ އެއްވެސް ގޮތަކަށް އެމެންބަރުންނަކަށް އުޅެވޭކަށް ނޯންނާނެއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 14:05
މެމްބަރު އަސްމާ އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު

މެމްބަރު އަސްމާ އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައްޔިތުންގެ މަޖިލީސް އޮތީ މުއިއްޒު ގެ މުށު ތެރޭގަ އެވެ. ޚާއްޞަކޮށް ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުއިއްޒު ބޭނުން ނުވާ ޒާތަކަށް ކުޑަވައި އިނގިލި ވެސް ހިއްލާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މުއިއްޒު ބޭނުން ނުވާ ކަމަކު އެއިން މެންބަރަކަށް ކުޑަ ބޭރުވެސް އަރައެއް ނުލެވޭނެ އެވެ. ޕީއެންސީ މެންބަރުންނަށް މަޖްބޫރުވެފައި ވަނީ ހިތާ ދެކޮޅަށް ނަމަވެސް އެޅިހާ ބަތަކަށް ރިހަ ވެގެން ތިބޭށެވެ. ބޭރު ފުށުން އެއީ ކުޑަތާ މަލާއިކަތެއްވަރު މީހެއް ކަމަށް ދެކި އެއަޑު ރައްޔިތުންނަށް ފަތުރައިގެން އުޅޭށެވެ.

މިއީ ގަބޫލު ކުރިއަސް ނުކުރި އަސް އަދި ނޫން ކަމަށް ހެދެން ކޮންމެ ވާހަކަ އެއް ދެއްކި ކަމުގައި ވީނަމަވެސް ކަން އޮތް ހަގީގަތެވެ. އަދި އެ މެންބަރުން ސިއްރު ސިއްރުން އެހެން މީހުންގެ ގާތުގައި ދައްކާ އަދި އެންމެންނަށް އެނގޭ ހާމަޔަށް އޮތް ބޮޑު ސިއްރެކެވެ.

އެއީ ސީދާ ހަގީގަތް ކަން ހާމަ ކޮށްދިނުމަށް ރައްޔިތުންނަށް ލިބުނު ފުރަތަމަ މިސާލަކީ މަޖިލީހުގެ ރައީސް އަބްދުއް ރަހީމެވެ. ވެރިކަން ހޯދުމަށް ކުޅެދިން ކުޅިއާއި އެހެދި ޑީލެއްގެ ދަށުން މުއިއްޒަށް މަޖްބޫރުވެގެން މަޖިލީސް ރައީސް ކަމަށް އަބްދުއްރަހީމް އައްޔަން ކުރީ އޭރު އެނޫން ގޮތެއް ނެތިގެން ކަމަށް ވެދާނެ އެވެ. އެއަށްފަހުވެސް މުއިއްޒު އަބްދުއްރަހީމްގެ ބޭނުން ވަރަށް ބޮޑަށް ހިއްޕެވި އެވެ. މުއިއްޒުގެ މައިބަދައަށް ހެރިފައިވާ ކައްޓެއް ފަދަ ކުރީގެ ރައީސް ޔާމީންގެ ވިހަ ކަނޑުވާލަންވެސް ބޭނުން ކުރެއްވި އެއް ހަތިޔާރަކީ ސީދާ އަދުރޭ އެވެ. އަދުރޭ ލައްވާ ޔާމީންގެ އޮފު ކަނޑާލުމަށް ލައްކަ ވާހަކަ ދެއްކުވިއެވެ. ބުނާން ނުވާވަރުގެ ވާހަކަތައް ވެސް މުއިއްޒު އަދުރޭ ލައްވާ ޕީއެންސީ ހަރުގޭގައި ދެއްކުވި އެވެ. އަދުރޭގެ ދަރިކަލުން ކުރީގެ ޓޫރިޒަމް މިނިސްޓަރ ފައިސަލް ވެސް އެކަމުގައި އިންތިހާއަށް ބޭނުން ކުރެއްވި އެވެ. އެކަމަކު މިއަދު އަދުރޭ އަކީ ހޫނުތެލި ބާލަން ގެންގުޅޭ އަތްދޮށް ގަނޑަކަށްވުރެވެސް މުއިއްޒު ގާތު ދަށް މީހެކެވެ. ރީތިކޮށް ސާފުކޮށް އެވަނީ އަދުރޭގެ ވަރަ ކޮށާލައި ނިކަން ހެޔޮވަރުކޮށް ސައިޒް ކޮށްފަ އެވެ. އަދުރޭ ހުންނާން ޖެހޭނީ މުއިއްޒު ވިދާޅުވިއްޔާ ވިދާޅުވި ގޮތަކަށް ކަންކޮށް ހެދިހާ ގޮތަކަށް ހެދިގެންނެވެ. އޭރު މޭ ފުއްޕާފައި ގަދަބަސް ވިދާޅުވި އަދުރޭ މިއަދު އެވަނީ އެންމެ އާދައިގެ މީހަކަށްވުރެވެސް ކުޑަކޮށްފަ އެވެ.

މެންބަރު އަޒާން މަޖިލީހަށް އައީ ލައްކަ ވާހަކަ ދައްކައިގެންނެވެ. ޚާއްޞަކޮށް ކުރީ ސަރުކާރުން ކަންކަން ހާމަ ނުކުރި ވާހަކައެވެ. އެވާހަކަތަކާއެކު މަޖިލީހަށް ވަދެވުނީމާ ހިސާބަކަށް އެފަދަ ކަންކަން ކުރެވޭތޯ ބަސްވިދާޅުވެ އުޅުނެވެ. ބައެއް މައްސަލަތައް ސަރުކާރާ ދެކޮޅަށް މަޖިލީހަށް ހުށަހެޅުއްވި އެވެ. ބައެއް ސުވާލުތައް ކުރިމަތިކުރުވި އެވެ. އެކަމަކު އެފުރުސަތެއް އިތުރަކަށް މުއިއްޒު ނުދެއްވި އެވެ. އަދުރޭހެން ލަސްނުކޮށް ސައިޒް ކުރުވި އެވެ. ކޮމެޓީތަކުން ބަދަލު ކުރި އެވެ. ގުރޫޕްތަކުން ބޭރުކުރި އެވެ. އަޒާންގެ ފޯނު ނެގުން ހުއްޓަވާލެއްވި އެވެ. އާޚިރުގައި ޖެހުނީ ހަތިޔާރު ނަގާށެވެ. ސީދާ ފައްސިއައަށް އެނބުރިލާށެވެ. މުއިއްޒު ރުހޭ ގޮތައް މުއިއްޒު އެދޭ ގޮތައް އަދި މުއިއްޒު ގަޔާވާ ގޮތައް ކަންކަން ބައްޓަން ކުރާށެވެ. ހަމަ އެއްކަލަ އަޒާން އެވެ. އެގޮތައް ކަންކުރެއްވުމާއެކު އިހުހުރި ހިސާބަށް އަނެއްކާވެސް އާދެވުނީ އެވެ. އެއްކަލަ ބޭރުކޮށްލި ގުރޫޕްތަކުން ޖާގަ ލިބުނީ އެވެ. ސައިޒްވީ އެވެ. ހަމަ ރަނގަޅަސްވެސް ކުޑަކޮށްލީ އެވެ. އެއްކަލަ މިނިވަން ޚިޔާލާ ސަރުކާރު ޖަވާބުދާރީ ކުރުވާނަމޭ ހިތާ ކުރެއްވި ކަންކަން ދޫކޮށްލެއްވީ އެވެ. މުއިއްޒު ވިދާޅުވިއްޔާ ވިދާޅުވިހާ ގޮތަކަށް އުޅެން ރުޖޫއަ ވީއެވެ.

އަސްމާއްތަ ކުރީ ހިތުން މުއިއްޒަށް ރަނގަޅަކަށް ކުރިކަމެކެވެ. މުއިއްޒާއި މުއިއްޒު ގެ ސަރުކާރުން ކަންކުރައްވާ ގޮތައް ބަލާއިރު މުޅިއަކުން ގޯސް ކަމެއް ނޫނެވެ. އަމުދުން ދާއިރާގެ އަޑު އިއްވަން ކުރައްވަން އުޅުނު ކަމެއް ނޫނެކޭވެސް ބުނާކަށް ނެތީމެވެ. އެކަމަކު އެކަން މުއިއްޒަކަށް ކަމަކު ނުދިޔަ އެވެ. ނޫސްތަކުގައި ޖެއްސިވަރުން ވީ ކަމަކަށްވިއަސް މުއިއްޒު އަސްމާއްތަ އެކުރެއްވި ކަމަކާ ހިތް ރުހޭ ގޮތެއް ނުވި އެވެ. ކޯފާވީ ތިޔަހެނެއް ނޫނެވެ. އަސްމާއްތަ މަޖިލީހުގައި އިންނެވި ކޮމެޓީތަކުންވެސް ބޭރުކުރެއްވީ އެވެ. މަޖިލީހުގެ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރަށް ފުރަން އޮތް ދަތުރުވެސް ހުއްޓުވާ އެކަމުންވެސް އެއް ފަރާތް ކުރެއްވީ އެވެ. ދާއިރާގެ ރައްޔިތުންނާ މުޅި ދުނިޔޭގެ ކުރިމަތީގައި އަސްމާއްތަ އަނގައިން ބުނަން ނުކެރޭވަރަށް ލަދުވެސް ގަންނުވާލީ އެވެ. ކުޑަކަކޫ ޖައްސުވާ ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދެން ޖެއްސުވީ އެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ ތޯލާ ފުޅިއަކަށްލީ އެވެ.

ކޮންމެއަކަސް މިހާލަތައް ވެއްޓުނީ ޕީއެންސީ މެންބަރުން އަމިއްލައަކަށެވެ. ފުރަތަމަ ނެގީ މުއިއްޒު ދެއްވި ފައިސާ އެވެ. އޭރު އެއީ ވަރަށް ބޮޑު އެއްޗެކެވެ. މެންބަރުން ތަޅުއަޅުވާ ބިލް ފާސްވަންދެންނެވެ. އަމިއްލައަށް އަމިއްލަ ކަރަށް މަހާލާ ދަންމަޅި ހަދައި މަޖިލީހުން ފާސްކުރީ އެމެންބަރުން އަމިއްލައަށެވެ. އެ ގާނޫނާއެކު މެންބަރުންގެ ލަގަން އެވަނީ މުއިއްޒުގެ އަތުގަ އެވެ. މިހާރުގެ ގޮތައް ނަމަ އެމެންބަރުންގެ ރިމޯޓް އެއޮތީ މުއިއްޒު އަތުގަ އެވެ. މުއިއްޒު ބޭނުން ބަޓަނަކަށް ފިއްތަވާ އެމެންބަރުން ލައްވައި ނައްޓުވާނީ މުއިއްޒު ބޭނުން ގޮތަކަށެވެ. އަދުރޭއާއި އަޒާން ފަދައިން އަސްމާއްތަ ތޯލާ ފުޅިއަކަށް ލީ ފަދައިން އެފެންނަނީ އެމެންބަރުންގެ އަސްލު ސައިޒެވެ. މުއިއްޒު ގާތު ޕީއެންސީ މަޖިލިސް މެންބަރުންގެ ހަގީގީ ސައިޒެވެ. ދެކޮޅު ހެދެންނެތް އެމީހުންނަށް މިހާރު ހައްގު ސައިޒެވެ.

މުއިއްޒުރައްޔިތުންގެ މަޖިލިސްޕީއެންސީއަބްދުއްރަހީމްރައީސް ޔާމިން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު