Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަތަނީ ޚިދުމަތް

ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ގަވަރނިންގ ކައުންސިލެއް އެކުލަވާލުމަށް ހިމަނާ ވަތަނީ ޚިދުމަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމުގެ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވާ ޚާއްޞަ ގަވަރނިން ކައުންސިލަކުން. މި ބިލުގެ މައިގަނޑު މަގްސަދަކީ ޔުނިފޯމް އެޅި ޚިދުމަތްތަކާއި އެ ނޫން ދާއިރާތަކުން ޒުވާނުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދީ، ޤައުމަށް ޚިދުމަތްކުރާނެ ޤާބިލް ޖީލެއް ބިނާކުރުން ކަމަށް ބުނެފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 19:17
ދިވެހި ވަތަނީ ޚިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހި ވަތަނީ ޚިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | އެމްއެންޑީއެފް

ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގަވަރނިންގ ކައުންސިލެއް އެކުލަވާލުމަށް ހިމަނާ ވަތަނީ ޚިދުމަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފި އެވެ.

ބިލުގައި ބުނެފައި ވަނީ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ހިންގުމާއި ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ ގަވަރނިންގ ކައުންސިލުން ކަމަށެވެ. އެ ކައުންސިލްގައި ތިއްބަވާނީ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ދާހިލީ ވަޒީރު، ފިނޭންސް މިނިސްޓަރ، ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް އެވެ. އެ ކައުންސިލްގެ ރައީސް އަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގެ ސިޔާސަތުތައް އެކުލަވާލުމަށް ލަފާދިނުމަށް ލަފާ ދޭ ކޮމިޓީ އެއް އެކުލަވާލުމަށް ވަނީ ހިމަނާފަ އެވެ. 

މި ބިލަކީ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމެއް ތައާރަފްކޮށް، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އެ ޕްރޮގްރާމް ފަރުމާކޮށް ހިންގުމަށް އެކުލަވާލާ ބިލެކެވެ. 

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅަނީ ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގެ އަދި އެ ނޫން ދާއިރާތަކުގައި ޚިދުމަތް ކުރަން އެދޭ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް މި ބިލުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވާ، ޤައުމަށާއި މުޖުތަމައު އަށް ޒުވާން ޖީލެއް ބިނާކުރުމުގެ ގޮތުން ޤާބިލްކަން އަށަގެނެވުމަކީ ބިލުގެ މަގްސަދެއް ކަމަށް ބުނެފައި ވެ އެވެ. 

މި ބިލުގައި ބުނެފައި ވަނީ އެ ބިލު ތައާރަފްކުރުމުގެ މަގްސަދަކީ ވަތަނީ ޚިދުމަތުގެ ދަށުން ހިމެނޭ ދާއިރާތަކުގައި ވަތަނީ ޚިދުމަތް ފޯރުކޮށްދިނުމަށް، ޖިސްމާނީ އަދި ފިކުރީ ޤާބިލްކަން އެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ތައާރަފްކޮށް ތައުލީމާއި، ތަމްރީނު އަދި ތަޖުރިބާ ފޯރުކޮށްދިނުން ކަމަށެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި އެކުލެވިގެންވާ ބައިތައް ވެސް އެ ބިލުގައި ހިމަނާފައި ވެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ.  

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްވަތަނީ ހިދުމަތުގެ ބިލް ރައީސް މުއިއްޒުމަޖިލިސް20

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
އެމްޑީޕީ ވެރިކަމުގައި ކިހާދޫގައި އިމާރާތް ކުރި ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު، ސިފައިންގެ މަރުކަޒަކަށް ބަދަލުކޮށްފި

އެމްޑީޕީ ވެރިކަމުގައި ކިހާދޫގައި އިމާރާތް ކުރި ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު، ސިފައިންގެ މަރުކަޒަކަށް ބަދަލުކޮށްފި

15 ޖެނުއަރީ 2026
ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

11 ޖެނުއަރީ 2026
ޕީއެންސީ ކުދިންނަށް އަނެއްކާވެސް މުއިއްޒުގެ ދޯކާ

ޕީއެންސީ ކުދިންނަށް އަނެއްކާވެސް މުއިއްޒުގެ ދޯކާ

25 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު