Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026 | ހޯމަ 06:02

ސަރުކާރުން މަޖިލީހަށް ހުށަހެޅި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އީ-ވޯޓިން މެދުވެރިކޮށް ވޯޓުން ވައްކަންކުރުމަށް ހުށަހެޅި ބިލެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ތުހުމަތުކުރައްވައިފި. މީގެ އިތުރުން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަށްފަހު އަލުން ކުޑަކުރަން ހުށަހެޅުމާއި، ތަކެތީގެ އަގުބޮޑުވެ ޑޮލަރުގެ ރޭޓު މަތިވަމުންދާތީ ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފަ. ސަރުކާރުން ރައްޔިތުންގެ ފައިދާއަށް ކަމެއް ކުރުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ނާޖާއިޒު ފައިދާ ނެގުމަށް ކަމަށްވެސް މެންބަރު ޣަފޫރު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 22 ޖޫން 2026 | ހޯމަ 06:02
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ | މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ، ޕީއެންސީ ގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކުން ނުވަތަ ސަރުކާރުން ކުރި އެއްވެސް ކަމަކުން ފައިދާ އެއް ލިބުނު ރައްޔިތަކު ނެތް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޣަފޫރު ވަނީ މި ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ މި ބިލަކީ 2028 ވަނަ އަހަރު ގެ ރިޔާސީ އިންތިޚާބަށް، އީވޯޓިންގ ނިޒާމަކަށް ދިއުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މިއީ އިތުރު އޮފީހެއް ހަދައި މުވައްޒަފުން ނަގައިގެން ވޯޓުން ވައްކަން ކުރަން ހުށަހެޅިފަ އޮތް ބިލެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

މި ސަރުކާރުން މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކުން ރައްޔިތަކަށް ވީ ފައިދާ އެއް ނެތް. ގާނޫނު އެބަ ބުނޭ 2027 އައުމުގެ ކުރިން ފެނާ ނަރުދަމާ މިގައުމުގަ އަޅާ ނިންމަން ޖެހޭނެ އޭ. އެކަން ކޮށްފިތޯ. ނުކުރޭ. އެހެންވީމާ ކުރަން ހުރި ކަންކަން ނުކޮށް، ކުރަން މިއުޅެނީ ވަގު ވޯޓު އެޅުމުގެ ކަންކަން. އެކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އެނޫން އެއްވެސް ކަމެއް ކުރާކަށް ނޫން މިއަދު މިއުޅެނީކީ. މި ބިލު ފާސް ކުރީމާ ގާނޫނެއްގެ ދަށުން އީ ވޯޓިންގ އަށް ގޮސް ވޯޓުން ވައްކަން ކުރުމަށް މަސައްކަތް ކުރުމަށް އެ މަރުހަލާ ކުރިއަށް މި ދަނީ. 
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މެންބަރު ވިދާޅުވީ މި ސަރުކާރުން ކުރާ ކަންކަމުގައި އިޚުލާސްތެރިކަމެއް ނެތް ކަން ހާމަވާ އެއްމެ ބޮޑު އެއް ކަމަކީ ސިނގިރެޓާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިންތިހާ އަށް ބޮޑު ކުރުމަށްފަހު އަލުން އެ ޑިއުޓީ ކުޑަ ކުރަން ހުށަހަޅާފައި ވުމުން ކަމަށެވެ. އެގޮތުން އޭރު ވެސް އެތައް ބަޔަކު އެކަން ނުކުރުމަށް ސަރުކާރަށް ގޮވާލި ކަމަށާ ސަރުކާރުން އެ އަޑު ނޭހި ކަމަށް ޣަފޫރު ވިދާޅުވި އެވެ. 

ސަރުކާރުން އަގުތަކަށް ބަދަލު ގެންނަން ބޭނުންވުމުން އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުގެ ދަށުން ކުރާ ކަމެއް ކަމަށް ބުނުމަށް ފަހު މި ބަދަލު ގެންނަން ހުށަހަޅާފައި ވުމުން އޭރު ޑިއުޓީ ބޮޑު ކުރީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަން ހާމަވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ދުނިޔޭގެ ކަންކަން މީހުން ކޮށް އުޅެނީ އިޚުލާސްތެރިކަމާއެކު ރަނގަޅު ނިޔަތުގައި. އެހެން ނަމަވެސް މި ގައުމުގައި މި ކުރަނީ ނާޖާއިޒް ފައިދާ ނަގައި ކަން އޮތް ގޮތް ނޫން އެހެން ގޮތަކަށް އަނބުރާލުމަށްޓަކައި. އެގޮތަށް މުޅިން ކަން ކުރަމުން އައީ. އިޚުލާސްތެރިކަމެއް ނެތް ސަރުކާރެއްގައި ކަންކަން ހިނގައިދާ ގޮތް އަޅުގަނޑުމެން ކުރިމަތީގައި މި ފެންނަނީ.  މިހާތަނަށް ވެއްދި ބިލަކުން، ކުރި ކަމަކުން ދިވެހި ރައްޔިތުންނަށް ވީ ފައިދާ އެއް ނެތް. އެއްވެސް ކަމެއް ނުވޭ. ކަރަންޓު ބިލް އިންތިހާ އަށް ބޮޑު ވެއްޖެ. ފެން ބިލު ބޮޑުވެއްޖެ. ކާ އެއްޗެހި އެހާ މައްޗަށް އަރާފަ. ޑޮލަރު މިއަދު 21 ރުފިޔާ އަށް އަރައިފި. 
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މެންބަރު ވިދާޅުވީ މިއަދު ރައްޔިތުން އުޅެމުން ދަނީ ދަތި ހާލުގައި ކަމަށާއި މި ސަރުކާރުން ރައްޔިތުންގެ ފައިދާ އަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް. އަދި މިހާރު ވެސް މަސައްކަތް ކުރަމުންދަނީ 2028 ގެ އިންތިޚާބު ވަގަށް ނެގުމަށް ކަމަށާއި ނަމަވެސް ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތް ކަމަށް މެންބަރު ވިދާޅުވި. 

ޑރ. މުޙައްމަދު މުޢިއްޒުޕީއެންސީއަބްދުލްޣަފޫރު މޫސާމުޙައްމަދު އަލީމޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

21 ޖޫން 2026

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

21 ޖޫން 2026
"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"
21 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

21 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި
21 ޖޫން 2026

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

21 ޖޫން 2026
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
20 ޖޫން 2026

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު

20 ޖޫން 2026
ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު
20 ޖޫން 2026

ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު

20 ޖޫން 2026
ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު
19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
19 ޖޫން 2026

ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ

19 ޖޫން 2026
ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް