Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު ދީދީ

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

ސަރުކާރުގެ ކުންފުނިތަކުން ފަންނީ މުވައްޒަފުން ވަކިކޮށް، ސިޔާސީ ބޭނުމަށް އާ މުވައްޒަފުން އިތުރުކުރަމުންދާތީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި. ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާތީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ކަމަށާއި، އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި ގޮށްމުށުގެ ބާރު ބޭނުންކޮށްގެން ޤާނޫނުއަސާސީއަށް ބަދަލުތައް ގެންނަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވި. ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ޤާބިލުކަން ނެތި، ޚުދުމުހުތާރުކޮށް ވެރިކަން ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2026 | ހުކުރު 04:17
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ | ރާއްޖެ އެމްވީ

މިހާރު ދައުލަތް ހިނގަމުންދަނީ ދައުލަތެއްގެ ސިފައިގައި ނޫންކަމަށާއި، ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު މިއަދު ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ އެސްއޯއީތަކަށް އެތައް މުވައްޒަފުންނެއް ވައްދާފައިވާ ކަމަށާއި، އެ ތަންތަނުގައި ތިބި ދުވަސްވީ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާކަމަށެވެ.

އޭގެ ތެރޭގައި ކަންކަމުގެ ޓެކްނިކަލް އިލްމާއި ޤާބިލުކަން ހުރި ފަންނީ މުވައްޒަފުންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތަށް ކަންކަން ކޮށްގެން ދައުލަތެއްގެ ސިފައިގައި ވެރިކަމެއް ނުހިންގޭނެކަމަށް އެމްޑީޕީން އަބަދުވެސް ބުނަމުންދާކަމަށް މެންބަރު ދީދީ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އެސްއޯއީތަކުގެ ވަޒީފާތައް 30،000 އިން މައްޗަށްދާއިރު، ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހިކުރުމުގެ ޤާބިލުކަމެއް ނެތި ވެރިކަން ހިންގާނީ ކިހިނެއްތޯ  އޭނާ ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 2028 ގެ އިންތިޚާބު ރައީސް މުއިއްޒަށް ކާމިޔާބު ކުރެވޭނެކަމަށް ޤަބޫލުކުރާ އެއްވެސް ރައްޔިތަކު މިއަދު ރާއްޖޭގައި ނެތްކަމަށްވެސް މެންބަރު ދީދީ ވިދާޅުވިއެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ރައީސް މުއިއްޒު ދޮގުމައްޗަށް ދޮގު ހައްދަވަމުން ގެންދިއުމާއި، ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދަވާތީކަމަށެވެ.

ކައުންސިލު އިންތިޚާބާއި ރެފަރެންޑަމް ވޯޓުގައިވެސް ރައްޔިތުން ވަނީ މި ސަރުކާރަށް ނޫނެކޭ ބުނެފައިކަމަށް މެންބަރު ދީދީ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ތާއީދު ނެތީމާ އިންސާފުވެރި އިންތިޚާބަކާ ނުލައި ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު މިއަދު ފެންނަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 ރައްޔިތުންގެ ތާއީދު ނެތީމާ އިންސާފުވެރި އިންތިޚާބަކާ ނުލައި ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު މިއަދު ދަނީ ފެންނަމުން، އަދި ދުވަހެއް ދުވަހަކަށް މިބޭފުޅުންގެ ގޮށްމުށުގެ ބާރު އިތުރުކުރަމުންދާނެކަމަށް ބެލެވޭ،
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ 

މީގެ އިތުރުން، ދުވަހެއް ދުވަހަކަށް މިބޭފުޅުންގެ ގޮށްމުށުގެ ބާރު އިތުރުކުރަމުން ދާނެކަމަށް ބެލެވޭކަމަށާއި، ޤާނޫނުއަސާސީއަށްވެސް އެކި ބަދަލުތައް ގެންނަމުންދަނީ އެހެންވެކަމަށް މެންބަރު ދީދީ ވިދާޅުވިއެވެ.

މި ސަރުކާރުން ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާތައް ބަދަލުކުރުމާއި، އާ މުވައްޒަފުން ވައްދަމުންދާއިރު، ސަރުކާރުގެ ހިންގުންތެރިކަމެއް ނެތްކަމަށް ބުނެ އެ މައްސަލަ ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

އަހުމަދު ދީދީމަރަދޫ ދާއިރާ20 ވަނަ ރައްޔިތުންގެ މަޖިލީސްރާއްޖެ ޓީވީއެމްޑީޕީޑރ. މުއިއްޒު

އިތުރަށް ކިޔާލަން

26 ޖޫން 2026

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

26 ޖޫން 2026
އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު
26 ޖޫން 2026

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

26 ޖޫން 2026
އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ
25 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!

25 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!
25 ޖޫން 2026

ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި

25 ޖޫން 2026
ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި
25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

25 ޖޫން 2026
ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ
24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
24 ޖޫން 2026

މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު

24 ޖޫން 2026
މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
24 ޖޫން 2026

"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު

24 ޖޫން 2026
"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު