Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްޙީ އިހުމާލު

މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލީ އިޖުރާއަތު ފުރިހަމަނުވާކަމަށް ބުނެ

2 ޖުލައި 2026 | ބުރާސްފަތި 07:26

ޓްރީޓޮޕް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގައި ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ހުށަހެޅި މައްސަލަ، ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުވާތީ ސިވިލް ކޯޓުން ވަނީ ބޭރުކޮށްލާފައި. ސިއްހީ ހިދުމަތަކާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ކުރިން އެންމެ ފުރަތަމަ އެ ހޮސްޕިޓަލަކަށް ނުވަތަ ހެލްތު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވޭ.. މި މައްސަލަ ހުށަހެޅި ފަރާތުން ބަދަލުގެ ގޮތުގައި 4 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދުމަށް އެދިފައިވަނީ އޮޕަރޭޝަނަށްފަހު ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖުލައި 2026 | ބުރާސްފަތި 07:26
ސިވިލް ކޯޓު

ސިވިލް ކޯޓު | ރާއްޖެއެމްވީ

ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގެ ތެރެއިން، ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދުމަށް އަމިއްލަ ފަރާތަކުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ ހާދިސާއަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، އޭނާގެ ޓޮންސިލްގައި އިންފެކްޝަން އުފެދިގެން ޓްރީޓޮޕް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގެ ތެރެއިން، އޭނާގެ އެއްވެސް ހުއްދައެއް ނެތި ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 1،080،000 ދިވެހި ރުފިޔާއާއި، 4 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ނަގައިދިނުމަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ.

ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޑަދޫ ނެތްކަން އޭނާއަށް އެނގުނީ އޮޕަރޭޝަން ނިންމުމަށްފަހު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮއްވައެވެ. ނަމަވެސް ހޮސްޕިޓަލުން ދޫކުރި ޑިސްޗަރޖް ސަމަރީގައި ކުޑަދޫ ބުރިކޮށްލިކަމުގެ އެއްވެސް ވާހަކައެއް ހިމަނާފައި ނުވާ ކަމަށާއި، އޭގައި އޮތީ ހަމައެކަނި ޓޮންސިލް ނެގުމަށް ކުރި އޮޕަރޭޝަންގެ ވާހަކަ އެކަނި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެކަމާ ގުޅިގެން ސުވާލު ކުރުމުން، ކުޑަދުލުގެ ވާހަކަ ލިޔެވޭނީ އެކަމަށް ކުރި އޮޕަރޭޝަންގެ ފައިސާ ދެއްކުމުން ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ދިފާއުގައި ޓްރީޓޮޕް ހޮސްޕިޓަލުން ކޯޓުގައި ބުނެފައިވަނީ، މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އޮންނަ އިޖުރާއަތުގެ ތެރެއިން ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލަ ކޯޓަށް ބެލޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ނިންމާފައިވަނީ، މިއީ މި ބާވަތުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާ ދައުވާއެއް ކަމަށެވެ.

 ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ސިއްހީ ހިދުމަތްދޭ ތަނަކުން ދޭ ހިދުމަތަކާ ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ، އެންމެ ފުރަތަމަ އެ މައްސަލައެއް އެ ހޮސްޕިޓަލަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ހޮސްޕިޓަލުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް ދެން ހުށަހަޅަން ޖެހޭނީ މިނިސްޓްރީ އޮފް ހެލްތަށް ކަމަށްވެސް ކޯޓުގެ ހުކުމުގައިވެއެވެ. އަދި މިނިސްޓްރީގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި އިޖުރާއަތުތައް ފުރިހަމަވެފައި ނުވާތީ، ކޯޓުން ވަނީ މި ދައުވާ ބޭރުކޮށްލާފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލްސިވިލް ކޯޓުޔޫތު މިނިސްޓްރީ

އިތުރަށް ކިޔާލަން

19 ޖޫން 2026

އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް

19 ޖޫން 2026
އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް
18 ޖޫން 2026

އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި

18 ޖޫން 2026
އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި
12 ޖޫން 2026

ވާރލްޑް ކަޕް ދައްކަން އުޅޭތީ ސިވިލް ކޯޓުން "ހިލޭ.ޓީވީ" ބްލޮކްކުރުމަށް އަމުރުކޮށްފި

12 ޖޫން 2026
ވާރލްޑް ކަޕް ދައްކަން އުޅޭތީ ސިވިލް ކޯޓުން "ހިލޭ.ޓީވީ" ބްލޮކްކުރުމަށް އަމުރުކޮށްފި
11 ޖޫން 2026

"އެމްވީ ކްރައިސިސް" ހިންގަނީ ޝުމްބާ އެއް ނޫން: ސިވިލް ކޯޓް

11 ޖޫން 2026
"އެމްވީ ކްރައިސިސް" ހިންގަނީ ޝުމްބާ އެއް ނޫން: ސިވިލް ކޯޓް
07 ޖޫން 2026

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

07 ޖޫން 2026
ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!
30 މެއި 2026

އެކައުންޓަކަށް ޖަމާކުރެވުނު ފައިސާ ރައްދުކޮށްނުދީ ބޭނުންކުރި މީހަކަށް ޖޫރިމަނާގެ އަދަބެއް!

30 މެއި 2026
އެކައުންޓަކަށް ޖަމާކުރެވުނު ފައިސާ ރައްދުކޮށްނުދީ ބޭނުންކުރި މީހަކަށް ޖޫރިމަނާގެ އަދަބެއް!
10 މެއި 2026

އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވައި އޭސީސީ އިން ކުންފުންޏަށް ކުރަމުންދަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް: ޕޮޕިއުލަރ މޯލްޑިވްސް

10 މެއި 2026
އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވައި އޭސީސީ އިން ކުންފުންޏަށް ކުރަމުންދަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް: ޕޮޕިއުލަރ މޯލްޑިވްސް
04 މެއި 2026

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: ވަހީދު

04 މެއި 2026
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: ވަހީދު
04 މެއި 2026

ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް

04 މެއި 2026
ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް
04 މެއި 2026

އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!

04 މެއި 2026
އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް