Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިފްހާމް ހުސައިން

އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް

19 ޖޫން 2026 | ހުކުރު 16:40

ޖެންޑަރ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެން އިޖުތިމާއީ ދާއިރާގެ މަސައްކަތްތަކަށް ދޭ ސަމާލުކަން ކުޑަވެ، މުޅި ނިޒާމު ބޮއްސުންލާފައިވާ ކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވިދާޅުވެއްޖެ. ވަކިން ހާއްސަކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ އެލަވަންސާއި އަސާސީ ހިދުމަތްތައް ލަސްވަމުންދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ. އެހެންކަމުން ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ނިޒާމު ހަރުދަނާކުރުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 ޖޫން 2026 | ހުކުރު 16:40
ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން

ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ އިޖްތިމާއީ ނިޒާމް އެއްކޮށް ފެއިލްވެފައިވާ ކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް މި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިފްހާމް ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތާއި ސޯޝަލް މިނިސްޓްރީ އެއްކޮށްލުމަށް ނިންމި ނިންމުމާ ގުޅިގެން، އިޖުތިމާޢީ ދާއިރާގެ މަސައްކަތްތައް ހަމައެކަނި ހެލްތު މިނިސްޓްރީގެ ޑިޕާޓްމެންޓެއްގެ ފެންވަރުގައި ހިންގަމުންދާތީ، އެ ދާއިރާއަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ކުޑަވެ، މުޅި ނިޒާމު ފެއިލްވެފައިވާ ކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުން ލިބެމުން ދާ ކަމަށެވެ. 

Advertisement - newsAdvertisement

ވަކިން ޚާއްސަކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ބެލެހެއްޓުމުގައި އިހުމާލުވެ، މުޅި ނިޒާމު ހީނަރުވެފައިވާކަން ފާހަގަކުރެވޭ ކަމަށް އިފްހާމް ވިދާޅުވި އެވެ. 

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދަފްތަރުކުރުން ލަސްވުމުގެ ސަބަބުން، އެފަރާތްތަކަށް ކޮންމެހެން ލިބެންޖެހޭ އަސާސީ ރައްކާތެރިކަމާއި ޚިދުމަތްތަކުން މަޙްރޫމްވަމުންދާކަމީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އިފްހާމް އިތުރަށް ވިދާޅުވީ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކުގެ އެލަވަންސް ނުލިބި ލަސްވުމާއި، ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް ނުދެވި، މިފަދަ ކަންކަމުގައި ޒިންމާވާނެ ފަރާތެއް ނެތި ބޮއްސުންލާފައިވާ ކަމަށެވެ. 

އެހެންކަމުން، އިޖުތިމާއީ ދާއިރާއިން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކަ މި ނިޒާމު ހަރުދަނާކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. 

އިފްހާމް އެހެން ވިދާޅުވި އިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާވަމުން ނުދާތީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ސަރުކާރުުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. 

އިފްހާމް ހުސައިންޖެންޑަރ މިނިސްޓްރީޔޫތު މިނިސްޓްރީސޯޝަލް މިނިސްޓްރީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޖޫން 2026

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާނުވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

18 ޖޫން 2026
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާނުވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
18 ޖޫން 2026

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

18 ޖޫން 2026
އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް
17 ޖޫން 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

17 ޖޫން 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި
17 ޖޫން 2026

މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

17 ޖޫން 2026
މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!
17 ޖޫން 2026

ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

17 ޖޫން 2026
ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް
17 ޖޫން 2026

ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ

17 ޖޫން 2026
 ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ
16 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
09 ޖޫން 2026

ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!

09 ޖޫން 2026
ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!
08 ޖޫން 2026

ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް

08 ޖޫން 2026
ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް