Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޅުގިރި މައްސަލަ ފިނިހޮޅާ

އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވައި އޭސީސީ އިން ކުންފުންޏަށް ކުރަމުންދަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް: ޕޮޕިއުލަރ މޯލްޑިވްސް

ތ. އޮޅުގިރި ތަރައްޤީކުރުމަށް ހުރަސްއަޅައި، އޭސީސީން އެ ކުންފުންޏަށް ދޮގު ތުހުމަތުތަކެއް ކުރަމުންދާ ކަމަށް ބުނެ ޕޮޕިއުލަރ މޯލްޑިވްސް އިން ކޯޓަށް ދާން ވަނީ ނިންމާފައި. ހަތް އަހަރު ފަހުން މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ ކޯޓަށް މައްސަލަ ހުށަހެޅުމުން ކުންފުނީގެ އަގުވައްޓާލުމަށް ކަމަށް ތުހުމަތުކޮށް، އެއްބަސްވުންތައް އުވައިލުމަށް އެންގުމުގެ ޤާނޫނީ ބާރު އޭސީސީއަށް ލިބިގެން ނުވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 10 މެއި 2026 | އާދީއްތަ 19:16
އެންޓި ކޮރަޕްޝަން ކޮމިޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން | އޭސީސީ

އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅުވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް ކުރަމުންދަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށް ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީން ވިއްކި ރަށްތައް އޭސީސީން ހުއްޓުވުމަށްފަހު، ގާތްގަނޑަކަށް ހުރިހާ ރަށެއްހެން މިހާރު ތަރައްޤީކުރަން ދޫކޮށްލާފައިވާ ކަމަށާއި، ގިނަ ރަށްތަކެއް ތަރައްޤީކޮށް ނިމި ހިންގަން ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ހަތް އަހަރު ވެގެންދިޔައިރުވެސް ތ. އޮޅުގިރި ދޫކޮށްފައި ނުވާކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި އެ ރަށް ތަރައްޤީކުރަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވެ އޮތީ ބަލަމުންދާ މައްސަލައެއް އޮތް ކަމަށް ބުނެ އޭސީސީން އިންވެސްޓަރުން ބިރުގަންނުވަމުން ދާތީ ކަމަށެވެ. އަދި އޭސީސީން ހަތް އަހަރު ވަންދެން އެ ރަށް ހިފަހައްޓާފައިވަނީ ނުސީދާ މަގަކުން ކަމެއް ހާސިލުކުރުމަށްތޯ ވެސް އެ ކުންފުނިން ވަނީ ސުވާލު އުފައްދާފަ އެވެ.

ޕޮޕިއުލަރ މޯލްޑިވްސް އިން ބުނި ގޮތުގައި އޮޅުގިރިއަކީ އެ ކުންފުނިން ހައްޤު ގޮތުގައި އަގުދައްކާފައިވާ ރަށަކަށްވާތީ، އެ ހައްޤު ހޯދުމަށް ޝަރީޢަތަށް ދިއުމަށް މިހާރު ވަނީ ނިންމާފަ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލައަށް ޖަވާބުދާރީވުމަށް ކޯޓުން އޭސީސީގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އޭސީސީން އެންމެ ފަހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ ކޯޓުން އަމުރު ނެރުމާ ގުޅިގެން ކަމަށް ޕޮޕިއުލަރ މޯލްޑިވްސް އިން ތުހުމަތުކުރެ އެވެ. އެ ކުންފުނިން ބުނީ އޭސީސީގެ ކިބައިގައި އިޚުލާޞްތެރިކަމެއް އޮތް ނަމަ ހަތް އަހަރު ވަންދެން މައްސަލަ ނުނިންމާ ހިފަހައްޓައިގެން ތިބެން ނުޖެހޭނެ ކަމަށެވެ. އަދި ހަތް އަހަރަށްފަހު ކުއްލިއަކަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ކުންފުނީގެ އަގުވައްޓާލުމަށާއި، ކޮމިޝަނުން ކުރާ ނުޙައްޤު ޑިމާންޑްތަކަށް ބޯނުލެނބުމުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ދައުލަތުން އެކި ފަރާތްތަކާއެކު ވެފައިވާ މަދަނީ އެއްބަސްވުންތައް އުވައިލުމަށް އެންގުމަކީ އޭސީސީއަށް ލިބިގެންވާ ޤާނޫނީ އިޚުތިޔާރެއް ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެއްބަސްވުން އުވައިލަން އަންގާފައިވާ ކަމަށް ބުނެ ޚަބަރު ފަތުރަނީ ހިނގަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ދެކޭ ކަމަށާއި، އެއީ ޤާނޫނީ އިމުގެ ތެރެއިން އިދާރާއަކުން ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށްވެސް 10 މޭ 2026 ގައި ނެރުނު މި ބަޔާނުގައި ޕޮޕިއުލަރ މޯލްޑިވްސް އިން ބުނެފައިވެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންޕޮޕިއުލަރ މޯލްޑިވްސްއެމްއެމްޕީއާރްސީއޮޅުގިރިޕްރޮސެކިއުޓަރ ޖެނެރަލްސިވިލް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

10 މެއި 2026
އެމްއެމްޕީއާރުސީ ގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ދަރިންގެ ކުންފުންޏަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

އެމްއެމްޕީއާރުސީ ގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ދަރިންގެ ކުންފުންޏަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

10 މެއި 2026
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: ވަހީދު

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: ވަހީދު

04 މެއި 2026
ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް

ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް

04 މެއި 2026
އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!

އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!

04 މެއި 2026

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު