Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައިލެންޑް-ވެހިރާއްޖެ

ރާއްޖެ އާއި ތައިލެންޑުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

2 ޖުލައި 2026 | ބުރާސްފަތި 07:23

ދިވެހިރާއްޖެއާއި ތައިލެންޑާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން އަދި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 07:23
ތައިލެންޑުގެ ފޮރިން މިނިސްޓަރު ސިހަސަކް ޕުއަންގްކެޓްކިއޯ

ތައިލެންޑުގެ ފޮރިން މިނިސްޓަރު ސިހަސަކް ޕުއަންގްކެޓްކިއޯ | ގެޓީ އިމޭޖަސް

ތައިލެންޑުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ސިހަސަކް ޕުއަންގްކެޓްކިއޯ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައި ފިއެވެ. މިދިޔަ ހޯމަ ދުވަހު ފޯނުން ކުރެވުނު މި މަޝްވަރާގައި، އިރުތިޝާމް އާދަމް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން، ތައިލެންޑުގެ ބޮޑުވަޒީރުގެ ނައިބު އެކަމަނާއަށް މަރުހަބާ ދެންނެވި އެވެ.

މި މަޝްވަރާގައި ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓްރަލް ނުވަތަ ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ތައިލެންޑްގެ ފޮރިން މިނިސްޓްރީން ހާމަ ކޮށްފައިވެ އެވެ. މިގޮތުން މަތީ ފަންތީގެ ވަފުދުތައް ބަދަލުކުރުމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި އެވެ.

މީގެ އިތުރުން، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާ ކުރެއްވި އެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމުގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ނުވަތަ އޮންލައިން ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެ އެވެ.

ތައިލެންޑް-ދިވެހިރާއްޖެސިހަސަކް ޕުއަންގްކެޓްކިއޯއިރުތިޝާމް އާދަމްތައިލެންޑް

އިތުރަށް ކިޔާލަން

27 ޖޫން 2026

ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި

27 ޖޫން 2026
ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި
14 ޖޫން 2026

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

14 ޖޫން 2026
ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް
12 މެއި 2026

އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!

12 މެއި 2026
އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!
27 އެޕްރީލު 2026

ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.

27 އެޕްރީލު 2026
ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.
06 މާރިޗު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ

06 މާރިޗު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ
12 ފެބުރުއަރީ 2026

ތައިލެންޑުގެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާގައި ޒަޚަމްވި ޕްރިންސިޕަލް މަރުވެއްޖެ

12 ފެބުރުއަރީ 2026
ތައިލެންޑުގެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާގައި ޒަޚަމްވި ޕްރިންސިޕަލް މަރުވެއްޖެ
09 ފެބުރުއަރީ 2026

ބޮޑު ކާމިޔާބާ އެކު، ބޮޑު ވަޒީރު އަނޫޓިންގެ ބުމްޖައިތައި ޕާޓީ އިން ކޯލިޝަންގެ މަޝްވަރާތައް ފަށަނީ

09 ފެބުރުއަރީ 2026
ބޮޑު ކާމިޔާބާ އެކު، ބޮޑު ވަޒީރު އަނޫޓިންގެ ބުމްޖައިތައި ޕާޓީ އިން ކޯލިޝަންގެ މަޝްވަރާތައް ފަށަނީ
30 ޖެނުއަރީ 2026

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި

30 ޖެނުއަރީ 2026
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި
15 ޖެނުއަރީ 2026

ތައިލެންޑުގައި ކެރޭނެއް ވެއްޓި ބަޔަކު މަރުވިތާ އެއް ދުވަސް ފަހުން އަނެއްކާ ވެސް ކެރޭނެއް ވެއްޓި ބަޔަކު މަރުވެއްޖެ

15 ޖެނުއަރީ 2026
ތައިލެންޑުގައި ކެރޭނެއް ވެއްޓި ބަޔަކު މަރުވިތާ އެއް ދުވަސް ފަހުން އަނެއްކާ ވެސް ކެރޭނެއް ވެއްޓި ބަޔަކު މަރުވެއްޖެ
14 ޖެނުއަރީ 2026

ތައިލެންޑުގައި ދުއްވަމުންދިޔަ ރޭލެއްގެ މައްޗަށް، ކެރޭނެއް ވެއްޓި މަދުވެގެން 32 މީހުން މަރުވެ، 66 މީހަކަށް އަނިޔާވެއްޖެ

14 ޖެނުއަރީ 2026
ތައިލެންޑުގައި ދުއްވަމުންދިޔަ ރޭލެއްގެ މައްޗަށް، ކެރޭނެއް ވެއްޓި މަދުވެގެން 32 މީހުން މަރުވެ، 66 މީހަކަށް އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް