Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް

ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި

ސީސީޓީވީ ފޫޓޭޖުތަކުން އެ ކުއްޖާއާއެކު އެމީހާ އެޕާޓްމަންޓަށް ވަދެ، ފަހުން ބޮޑު ފޮށްޓެއް ހިފައިގެން ނުކުތް މަންޒަރު ފެނުނު ނަމަވެސް، އުމުރުން 46 އަހަރުގެ އެ މީހާ ވަނީ މަރުގެ ތުހުމަތަށް އިންކާރުކޮށްފައި. ފުލުހުން ބުނާ ގޮތުގައި އެ މީހާގެ ހަށިގަނޑުން ފެންނަން ހުރި ޒަޚަމްތަކަކީ ކުރިމަތިލުމެއް ހިނގާފައިވާ ކަމުގެ ހެކިތަކެއް ކަމުން، އޭނާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލުމަށް މިހާރު ދަނީ ތައްޔާރުވަމުން.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 12:46
ސޫޓްކޭހެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ތައިލެންޑުގެ އަންހެން ކުއްޖެއްގެ މަރުގެ މައްސަލައިގައި، ހައްޔަރު ކުރި އޮސްޓްރޭލިއާގެ މީހާ.

ސޫޓްކޭހެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ތައިލެންޑުގެ އަންހެން ކުއްޖެއްގެ މަރުގެ މައްސަލައިގައި، ހައްޔަރު ކުރި އޮސްޓްރޭލިއާގެ މީހާ. | އެކްސް

ތައިލެންޑުގެ މަޝްހޫރު ރިސޯޓް ސިޓީއެއް ކަމަށްވާ ޕަޓާޔާ ކައިރިން ފޮށްޓެއްގެ ތެރެއިން 17 އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި، އެ ކުއްޖާ މަރާލި ކަމުގެ ތުހުމަތުގައި އޮސްޓްރޭލިއާގެ ފިރިހެނަކު ތައިލެންޑުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންނާއި އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 46 އަހަރުގެ ސައިމަން ކާމަން ނަމަކަށް ކިޔާ މި މީހާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އޭނާ ހައްޔަރުކުރީ ބެންކޮކްގެ ސުވަރުނަބޫމީ އެއާޕޯޓުން އޮސްޓްރޭލިއާގެ ޕާތަށް ދިއުމަށް ފުރަން ތައްޔާރުވެފައި ވަނިކޮށެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ އަންހެން ކުއްޖާ އެ މީހާއާއެކު އެޕާޓްމަންޓް އިމާރާތަކަށް ވަންނަ މަންޒަރު ސެކިއުރިޓީ ކެމެރާތަކަށް ވަނީ އަރާފަ އެވެ.

އޭގެ އެތައް ގަޑިއިރެއް ފަހުން، އެ މީހާ ކަޅު ކުލައިގެ ބޮޑު ފޮށްޓެއް ހިފައިގެން އެ އިމާރާތުން ނުކުމެ، ސައިކަލެއްގެ ފަހަތަށް އެ ފޮށި އަރުވައިގެން ދާ މަންޒަރު އެހެން ސީސީޓީވީ ފޫޓޭޖަކުން ފެންނަން ހުރި ކަމަށް ފުލުހުން ބުނެ އެވެ.

އެ އަންހެން ކުއްޖާ އެންމެ ފަހުން ފެނުނު ސަރަހައްދާ މާ ދުރަކަށް ނޫން ހިސާބެއްގައި އޮންނަ ރޭލު ދަގަޑެއްގެ ކައިރިއަށް އެއްލާލާފައި އޮތް ފޮށީގެ ތެރެއިން، އެ ކުއްޖާގެ އޮރިޔާން ހާލުގައި އޮތް ހަށިގަނޑު ފަހުން ވަނީ ފެނިފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ކުއްޖާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި އެ ކުއްޖާގެ މޫނުމަތީގައި ވަރަށް ބޮޑަށް ނޫފައިގަނެފައި ހުރި ކަމަށްވެސް ފުލުހުން ފާހަގަކުރި އެވެ.

މި ހާދިސާ ފެންމަތިވީ، އެ އަންހެން ކުއްޖާގެ ޚަބަރެއް ނުވެގެން އޭނާގެ ރަހުމަތްތެރިން ހުކުރު ދުވަހުގެ މެންދުރުފަހު ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ފުލުހުން އެ ކުއްޖާ އެންމެ ފަހުން އުޅުނު ގޮތް ބެލިއިރު، ތުހުމަތު ކުރެވޭ މީހާއާއެކު އޭނާ ކޮޓަރިއަކަށް ވަންކަން އެނގުމުން، ވަގުތުން އިމިގްރޭޝަން އޮފިޝަލުންނަށް އެކަން އަންގައި އެއާޕޯޓުން އެ މީހާ ވަނީ އަތުލައިގަނެފަ އެވެ.

ނަމަވެސް، ކާމަން ވަނީ އެ އަންހެން ކުއްޖާ މަރާލި ކަމަށް އިންކާރުކޮށްފަ އެވެ.

ޕަޓާޔާ ސިޓީ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާ، ޕޮލިސް ކާނަލް އަނެކް ސަރަތޮންގްޔޫ ވިދާޅުވީ، އެ މީހާއަކީ މި މަރަށް ޒިންމާވާންޖެހޭ މީހާ ކަމަށް ފުލުހުން ގަބޫލުކުރާ ކަމަށާއި، މަރުގެ ތުހުމަތުގައި އޭނާއާ ސުވާލު ކުރަމުންދާ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑުން ފެންނަން ހުރި ވަކި އަޅާފައިވާ ނިޝާންތަކަކީ، މީހަކާ ކުރިމަތިލުމެއް ހިނގާފައިވާ ކަމުގެ ހެކިތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހައްޔަރު ކުރުމަށްފަހު ނަގާފައިވާ ވީޑިއޯއެއްގައި، އޭނާގެ ކަރުގައި ހުރި ނިޝާންތަކާ ބެހޭގޮތުން ސުވާލު ކުރުމުން، އެއީ ފައިދިގު މަކުނެއް ދަތް އެޅުމުން ވީގޮތެއް ކަމަށް ބުނެ އޭނާ ވަނީ ދިފާއުވެފަ އެވެ.

އޭނާގެ މައްޗަށް މަރުގެ ދައުވާގެ އިތުރުން، ހަށިގަނޑު ފޮރުވުމާއި، ބަދުއަޚުލާގީ އަމަލެއް ހިންގުމުގެ ބޭނުމުގައި ކުޑަކުއްޖަކު ގެންދިއުމުގެ ދައުވާ ހިމެނޭހެން ބޮޑެތި ދައުވާތަކެއް އުފުލާނެއެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑުން ބުނީ، އެ ގައުމުގެ ރައްޔިތަކަށް ވާތީ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އެ އިދާރާއަކުން ނުދެ އެވެ.

މި މީހާ ހައްޔަރުކޮށްފައި މިވަނީ، ބޭރު ގައުމުތަކުގެ މީހުން މަސްތުވާތަކެއްޗާއި، އިންސާނީ ވަގުފާރި އަދި ގަވާއިދާ ޚިލާފު ވިޔަފާރިތަކުގައި ބައިވެރިވާ މައްސަލަތައް އިތުރުވުމާ ގުޅިގެން، ފަތުރުވެރިންނަށް ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭ މުއްދަތު އެ ގައުމުން ވަރަށް ބޮޑަށް ކުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ތައިލެންޑްޕަޓާޔާސައިމަން ކާމަންއޮސްޓްރޭލިއާބެންކޮކްސުވަރުނަބޫމީ އެއާޕޯޓު

އިތުރަށް ކިޔާލަން

21 ޖޫން 2026

ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް

21 ޖޫން 2026
ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް
14 ޖޫން 2026

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

14 ޖޫން 2026
ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް
08 ޖޫން 2026

ސިކުނޑީގެ ކެންސަރަށް އާ ފަރުވާއެއް ތަޖުރިބާކުރި ޑރ. ރިޗަޑް ސްކޮލްޔާ މަރުވެއްޖެ

08 ޖޫން 2026
ސިކުނޑީގެ ކެންސަރަށް އާ ފަރުވާއެއް ތަޖުރިބާކުރި ޑރ. ރިޗަޑް ސްކޮލްޔާ މަރުވެއްޖެ
01 ޖޫން 2026

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

01 ޖޫން 2026
ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް
17 މެއި 2026

ކުއަންޓަސް އެއާވޭސްގެ ފްލައިޓް އެޓެންޑެންޓެއްގެ ގައިގައި ފަސިންޖަރަކު ދަތް އެޅުމުން، ފްލައިޓު ޑައިވަރޓް ކޮށްފި

17 މެއި 2026
ކުއަންޓަސް އެއާވޭސްގެ ފްލައިޓް އެޓެންޑެންޓެއްގެ ގައިގައި ފަސިންޖަރަކު ދަތް އެޅުމުން، ފްލައިޓު ޑައިވަރޓް ކޮށްފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ
16 މާރިޗު 2026

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026
އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި
14 މާރިޗު 2026

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފަ އޮއްވާ ފެނުނީ އޮސްޓްރޭލިއާގެ ރައްޔިތެއް

14 މާރިޗު 2026
ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފަ އޮއްވާ ފެނުނީ އޮސްޓްރޭލިއާގެ ރައްޔިތެއް
06 މާރިޗު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ

06 މާރިޗު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ
25 ފެބުރުއަރީ 2026

އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި

25 ފެބުރުއަރީ 2026
އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު