Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތައިލެންޑް

ތައިލެންޑުގެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާގައި ޒަޚަމްވި ޕްރިންސިޕަލް މަރުވެއްޖެ

ދެ ގަޑިއިރަށް ދެމިގެންދިޔަ މި ހާދިސާގައި ބައެއް ދަރިވަރުންނަށް ވެސް އަނިޔާވެފައިވާއިރު، ފުލުހުން މިހާރު ވަނީ ހަމަލާދިން މީހާ ހައްޔަރުކޮށްފައި. މިއީ އެ ސްކޫލުގެ މުދައްރިސަކާ މެދު އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ދިން ހަމަލާއެއް ކަމަށް ބެލެވޭއިރު، މިއީ ފަހަކަށް އައިސް ތައިލެންޑުގައި ބަޑީގެ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ހިނގި ހިތާމަވެރި ހާދިސާއެއް.

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 13:14
ތައިލެންޑުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ސޮންގްކްލާގައި ހުންނަ ޕަޓޮންގްޕްރަތަންކިރިވަޓް ސްކޫލަށް ހަތިޔާރު އެޅި މީހަކު ވަދެ، އެތަނުގެ މުދައްރިސުންނާއި ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ރަހީނުކުރި ހާދިސާއާ ގުޅިގެން، 2026 ފެބްރުއަރީ 11 ވަނަ ދުވަހު ފުލުހުންނާއި އާންމުން އެ ސްކޫލުގެ ގޭޓު ކައިރިއަށް އެއްވެފައި.

ތައިލެންޑުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ސޮންގްކްލާގައި ހުންނަ ޕަޓޮންގްޕްރަތަންކިރިވަޓް ސްކޫލަށް ހަތިޔާރު އެޅި މީހަކު ވަދެ، އެތަނުގެ މުދައްރިސުންނާއި ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ރަހީނުކުރި ހާދިސާއާ ގުޅިގެން، 2026 ފެބްރުއަރީ 11 ވަނަ ދުވަހު ފުލުހުންނާއި އާންމުން އެ ސްކޫލުގެ ގޭޓު ކައިރިއަށް އެއްވެފައި. | ރޮއިޓާސް

ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ހުރި ސްކޫލަކަށް ވަދެ ބަޑިން ހަމަލާދީ ރަހީނުކުރި ހާދިސާގައި، ޒަޚަމްވި އެ ސްކޫލުގެ ޕްރިންސިޕަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ތައިލެންޑުގެ ހަޓް ޔާއީ ސިޓީ ކައިރީގައި ހުންނަ އެ ސްކޫލަށް، އުމުރުން 18 އަހަރުގެ ފިރިހެނަކު ވަދެ ބަޑިން ހަމަލާދީފައިވަނީ ބުދަ ދުވަހުގެ އިރުއޮއްސި 17:00 ހާއިރުއެވެ. މި ހަމަލާގައި ޕްރިންސިޕަލް ސަސިޕަޓް ސިންސަމޮސޯންގެ އިތުރުން އަންހެން ދަރިވަރަކަށް ވެސް ވަނީ ބަޑީގެ ހަމަލާ އަމާޒުވެފަ އެވެ.

ލޯކަލް ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޕްރިންސިޕަލް ސަސިޕަޓް މަރުވީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. ބަޑީގެ ހަމަލާ އަމާޒުވި ދަރިވަރުގެ ހާލު މިހާރު ރަނގަޅުވަމުން އަންނައިރު، ހަމަލާގެ ތެރޭގައި ސަލާމަތްވުމަށް ކުޑަދޮރަކުން ފުންމާލި އެހެން ދަރިވަރަކަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕަތޮންގް ޕްރަތަން ކީރިވަތު ސްކޫލުގެ އިމާރާތުގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި މުދައްރިސުން ތާށިވެފައި ތިއްބާ، ދެ ގަޑިއިރަށް ދެމިގެންދިޔަ ކުރިމަތިލުމަކަށްފަހު ފުލުހުން ވަނީ ހަމަލާދިން މީހާ ހައްޔަރުކޮށްފަ އެވެ.

މި ހަމަލާ ދޭން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވި ނަމަވެސް، އެ ސްކޫލުގެ މުދައްރިސަކާ މެދު އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ދިން ހަމަލާއެއް ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ގާނޫނީ ގޮތުންނާއި ގާނޫނާ ޚިލާފަށް ހޯދާފައިވާ ހަތިޔާރު ތައިލެންޑުގައި އާންމުވެފައިވާއިރު، އެ ގައުމަކީ ބަޑީގެ ހަމަލާތައް ނިސްބަތުން ގިނަ ގައުމެކެވެ.

ފާއިތުވި އަހަރުތަކުގައި ތައިލެންޑުގައި ފުރާނައަށް ނުރައްކާވާ ފަދަ ބަޑީގެ ބޮޑެތި ހަމަލާތަކެއް ވަނީ ހިނގާފަ އެވެ.

އެގޮތުން މިދިޔަ އަހަރު ބެންކޮކްގެ ކާބޯތަކެތި ވިއްކާ މާރުކޭޓެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ފަސް މީހަކު މަރުވެފައިވެ އެވެ.

އަދި 2023 ވަނަ އަހަރު ބެންކޮކްގެ މެދުތެރޭގައި ހުންނަ ލަގްޒަރީ މޯލެއްގެ ތެރޭގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ދިން ބަޑީގެ ހަމަލާއެއްގައި ދެ މީހަކު މަރުވެ ފަސް މީހަކު ޒަޚަމްވި އެވެ.

މީގެ އިތުރުން، އޭގެ އެއް އަހަރު ކުރިން ތައިލެންޑުގެ އިރުއުތުރު ސަރަހައްދެއްގެ ކުޑަކުދިންގެ މަރުކަޒަކަށް ކުރީގެ ފުލުހަކު ވަދެ ދިން ބަޑީގެ ހަމަލާގައި 36 މީހުން މަރުވި އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. މިއީ އެ ގައުމުގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހަމަލާ އެވެ.

މަސްދަރު: ބީބީސީ

ތައިލެންޑްޕަތޮންގް ޕްރަތަން ކީރިވަތު ސްކޫލުސްކޫލަކަށް ދިން ބަޑީގެ ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ކާމިޔާބާ އެކު، ބޮޑު ވަޒީރު އަނޫޓިންގެ ބުމްޖައިތައި ޕާޓީ އިން ކޯލިޝަންގެ މަޝްވަރާތައް ފަށަނީ

ބޮޑު ކާމިޔާބާ އެކު، ބޮޑު ވަޒީރު އަނޫޓިންގެ ބުމްޖައިތައި ޕާޓީ އިން ކޯލިޝަންގެ މަޝްވަރާތައް ފަށަނީ

09 ފެބުރުއަރީ 2026
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި

30 ޖެނުއަރީ 2026
ތައިލެންޑުގައި ކެރޭނެއް ވެއްޓި ބަޔަކު މަރުވިތާ އެއް ދުވަސް ފަހުން އަނެއްކާ ވެސް ކެރޭނެއް ވެއްޓި ބަޔަކު މަރުވެއްޖެ

ތައިލެންޑުގައި ކެރޭނެއް ވެއްޓި ބަޔަކު މަރުވިތާ އެއް ދުވަސް ފަހުން އަނެއްކާ ވެސް ކެރޭނެއް ވެއްޓި ބަޔަކު މަރުވެއްޖެ

15 ޖެނުއަރީ 2026
ތައިލެންޑުގައި ދުއްވަމުންދިޔަ ރޭލެއްގެ މައްޗަށް، ކެރޭނެއް ވެއްޓި މަދުވެގެން 32 މީހުން މަރުވެ، 66 މީހަކަށް އަނިޔާވެއްޖެ

ތައިލެންޑުގައި ދުއްވަމުންދިޔަ ރޭލެއްގެ މައްޗަށް، ކެރޭނެއް ވެއްޓި މަދުވެގެން 32 މީހުން މަރުވެ، 66 މީހަކަށް އަނިޔާވެއްޖެ

14 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު