Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތައިލެންޑް

ތައިލެންޑުގައި ކެރޭނެއް ވެއްޓި ބަޔަކު މަރުވިތާ އެއް ދުވަސް ފަހުން އަނެއްކާ ވެސް ކެރޭނެއް ވެއްޓި ބަޔަކު މަރުވެއްޖެ

މި ދެ ހާދިސާގައި ވެސް ޝާމިލު ވަނީ 'އިޓަލިއަން-ތައި ޑިވެލޮޕްމަންޓް' ނަމަކަށް ކިޔާ ކުންފުންޏެއް.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 08:31
ތައިލެންޑްގެ ސަމުތު ސަކޯން ޕްރޮވިންސްގައި އުސް ހައިވޭއެއް ހެދުމުގެ ތެރޭގައި ކެރޭނެއް ވެއްޓި ދެ އުޅަނދެއް ވަނީ ފުނޑުފުނޑުވެފައި - ޖެނުއަރީ 15، 2026.

ތައިލެންޑްގެ ސަމުތު ސަކޯން ޕްރޮވިންސްގައި އުސް ހައިވޭއެއް ހެދުމުގެ ތެރޭގައި ކެރޭނެއް ވެއްޓި ދެ އުޅަނދެއް ވަނީ ފުނޑުފުނޑުވެފައި - ޖެނުއަރީ 15، 2026. | ރޮއިޓަސް

ތައިލެންޑުގެ ވެރިރަށް ބެންކޮކް ގެ ސަރަހައްދެއްގައި ކެރޭނެއް ވެއްޓި ދެ މީހަކު މަރުވެއްޖެ އެވެ. މިއީ އެ ގައުމުގެ އިރުއުތުރު ސަރަހައްދުގައި ކެރޭނެއް ވެއްޓި 32 މީހަކު މަރުވި ހާދިސާ އަށް ފަހު، ޖެހިގެން އައި ދުވަހު ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ.

ސަމުތު ސަކޯން ޕްރޮވިންސް ގައި ބުރާސްފަތި ދުވަހު ހިނގި މި ހާދިސާއަކީ މަތިންދާ މަގެއް ހެދުމުގެ މަސައްކަތުގައި ބޭނުންކުރި ކެރޭނެއް މަގުމައްޗަށް ވެއްޓިގެން ހިނގި ހާދިސާއެކެވެ. ރޮއިޓާސް ނިއުސް އެޖެންސީ އަށް މައުލޫމާތު ދެއްވަމުން އެ ސަރަހައްދުގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ސިއްތިޕޯން ކަސީ ވިދާޅުވި ގޮތުގައި، މި ހާދިސާގައި އިތުރު ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ތައިލެންޑުގެ ޓްރާންސްޕޯޓް މިނިސްޓަރު ފިޕާޓް ރަޗަކިތުޕްރަކާން ވިދާޅުވި ގޮތުގައި، މި ދެ ހާދިސާގައި ވެސް ޝާމިލު ވަނީ 'އިޓަލިއަން-ތައި ޑިވެލޮޕްމަންޓް' ނަމަކަށް ކިޔާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ޗައިނާގެ އެހީގައި ބެންކޮކްގެ އިރުއުތުރުން އޮންނަ ނަކޮން ރަޗަސީމާ ޕްރޮވިންސް ގައި ކުރިއަށްދާ ހައި-ސްޕީޑް ރޭލު މަޝްރޫއުގެ މަސައްކަތް ކުރާ ކުންފުންޏެވެ. ބުދަ ދުވަހު ހިނގި ނުރައްކާތެރި ހާދިސާގައި ބޮޑު ކެރޭނެއް ވެއްޓުނީ އެ ސަރަހައްދުގައެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހާދިސާ ހިނގާފައި ވަނީ 'ޕެރިސް އިން ގާޑަން ހޮޓަލް' ކުރިމަތީގަ އެވެ. ހާދިސާ ހިނގި ވަގުތުގެ މަންޒަރުތަކުން ފެންނަ ގޮތުގައި، ކްރޭން ވެއްޓުމާއެކު މުޅި ސަރަހައްދުގައި ހިރަފުހާއި ކުނިބުނިތައް ވަނީ ބުރައިގެން ގޮސްފަ އެވެ.

މި ހާދިސާ ހިނގި ރާމާ -ޓޫ އެކްސްޕްރެސްވޭ އަކީ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްދާ މަގެކެވެ. ފާއިތުވި އަހަރުތަކުގައި މި މަގުގައި ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާތީ، މި މަގަށް ވަނީ "މަރުގެ މަގު"  ގެ ނަމުން ނަންދެވިފަ އެވެ.

ބުދަ ދުވަހުގެ ހާދިސާ ގައި، ތައި-ޗައިނާ ހައި-ސްޕީޑް ރޭލު މަޝްރޫއުގެ މަސައްކަތުގައި ބޭނުންކުރި ކެރޭން ވެއްޓުނީ ދަތުރުކުރަމުން ދިޔަ ރޭލެއްގެ މައްޗަށެވެ. މީގެ ސަބަބުން ރޭލު ފުރޮޅާލައި، ކުޑަ ވަގުތުކޮޅަކަށް އަލިފާން ވެސް ރޯވިއެވެ. ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ވަގުތު ރޭލުގައި 195 ފަސިންޖަރުން ތިއްބެވެ. މި ހާދިސާ ފުރިހަމަ އަށް ތަހުގީގު ކުރުމަށް މިނިސްޓަރު ވަނީ އަމުރުކުރައްވާފަ އެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ޓޯނީ ޗެންގް ވިދާޅުވި ގޮތުގައި، މި ރޭލު ދަތުރުކުރާ މަގަކީ އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ، އާބާދީ ބޮޑު ސަރަހައްދުތަކެއް ގުޅުވައިދޭ މަގެކެވެ. އަދި މި ސަރަހައްދުގައި ހައި-ސްޕީޑް ރޭލު އެޅުމުގެ މަސައްކަތް ކުރާތާ މިހާރު ދިހަވަރަކަށް އަހަރު ވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މި މަޝްރޫއަކީ މިހާރު އޮތް ރޭލު ދަތުރުކުރާ މަގުގެ މަތިން ކޮންކްރީޓް ޕްލެޓްފޯމެއްގައި ހައި-ސްޕީޑް ރޭލު ދަތުރުކުރާ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.

ތައިލެންޑުގެ މަސައްކަތުގެ މާހައުލުތަކާއި އިމާރާތްކުރުމުގެ ދާއިރާގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ.

މަސްދަރު: ރޮއިޓާސް

ތައިލެންޑްބެންކޮކްނަކޮން ރަޗަސީމާތައިލެންޑު-ޗައިނާއިޓަލިއަން-ތައި ޑިވެލޮޕްމަންޓްފިޕާޓް ރަޗަކިތުޕްރަކާން

ކޮމެންޓް

އިތުރަށް ކިޔާލަން

ތައިލެންޑުގައި ދުއްވަމުންދިޔަ ރޭލެއްގެ މައްޗަށް، ކެރޭނެއް ވެއްޓި މަދުވެގެން 32 މީހުން މަރުވެ، 66 މީހަކަށް އަނިޔާވެއްޖެ

ތައިލެންޑުގައި ދުއްވަމުންދިޔަ ރޭލެއްގެ މައްޗަށް، ކެރޭނެއް ވެއްޓި މަދުވެގެން 32 މީހުން މަރުވެ، 66 މީހަކަށް އަނިޔާވެއްޖެ

14 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

09 ޖެނުއަރީ 2026
އައު އަހަރާ އެކު ނިއު އެޑިޝަނުން އައު 2 ބްރޭންޑް ތައާރަފު ކޮށްފި! ދުނިޔޭގެ މަގުބޫލު ކަން ހޯދާފައިވާ ސެންޓާ ރޫމް ސްޕްރޭ ވެސް ހެޔޮ އަގުގައި

އައު އަހަރާ އެކު ނިއު އެޑިޝަނުން އައު 2 ބްރޭންޑް ތައާރަފު ކޮށްފި! ދުނިޔޭގެ މަގުބޫލު ކަން ހޯދާފައިވާ ސެންޓާ ރޫމް ސްޕްރޭ ވެސް ހެޔޮ އަގުގައި

02 ޖެނުއަރީ 2026
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު