Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް

ތައިލެންޑުގައި ދުއްވަމުންދިޔަ ރޭލެއްގެ މައްޗަށް، ކެރޭނެއް ވެއްޓި މަދުވެގެން 32 މީހުން މަރުވެ، 66 މީހަކަށް އަނިޔާވެއްޖެ

14 ޖެނުއަރީ 2026 | ބުދަ 15:00

ބެންކޮކުން އިރުއުތުރަށް ދަތުރުކުރަމުންދިޔަ މި ރޭލުގައި 171 ފަސިންޖަރުން ތިބި. ސްޓޭޓް ރޭލްވޭ އިން މި ހާދިސާ ތަހުގީގު ކުރަމުންދާއިރު ކެރޭންގެ މަސައްކަތް ކުރި ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިއުލާނު ކޮށްފައި.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 15:00
ރޭލުގެ މައްޗަށް ކެރޭން ވެއްޓުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައި

ރޭލުގެ މައްޗަށް ކެރޭން ވެއްޓުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައި | ރޮއިޓަސް

ތައިލެންޑުގެ އިރުއުތުރު ސަރަހައްދުގައި ދުއްވަމުންދިޔަ ރޭލެއްގެ މައްޗަށް، އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ކެރޭނެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި މަދުވެގެން 32 މީހުން މަރުވެ، 66 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

މި ހާދިސާގައި ކްރޭން ވެއްޓުމުގެ ސަބަބުން ރޭލު ދަގަނޑުން ކަސިޔާރުވެ، އޭގެ ބައެއް ބައިތައް ފިސްފިސްވެފައި ވާއިރު، އެއް ކެރިޖުގައި ވަނީ އަލިފާން ހިފާފައެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އަނިޔާވި މީހުންގެ ތެރޭގައި އެއް އަހަރުގެ ކުޑަކުއްޖަކާއި 85 އަހަރުގެ މީހަކު ހިމެނެއެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން ހަތް މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި، އެ ގައުމުގެ ގަޑިން ހެނދުނު 09:00 ހާއިރު މި ހާދިސާ ހިނގިއިރު، ރޭލުގައި 171 ފަސިންޖަރުން ދަތުރުކުރަމުންދިޔަ އެވެ.

ތައިލެންޑުގެ ސްޓޭޓް ރޭލްވޭއިން މިހާރު ވަނީ މި ހާދިސާ ތަހުގީގު ކުރަން ފަށާފަ އެވެ. އަދި ކެރޭންގެ މަސައްކަތް ކުރަމުންދިޔަ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އިދާރާއިން ވަނީ އިއުލާނުކޮށްފަ އެވެ.

މި މަސައްކަތުގެ ޒިންމާ އުފުލާ "އިޓަލިއަން-ތައި ޑިވެލޮޕްމަންޓް ޕަބްލިކް ކޮމްޕެނީ ލިމިޓެޑް" އިން ވަނީ މި ހާދިސާއާ މެދު ހިތާމަ ފާޅުކޮށްފަ އެވެ. އަދި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ބެންކޮކުން ފުރައިގެން އިރުއުތުރު އުބޮން ރަޓްޗަތާނީ ޕްރޮވިންސަށް ދަތުރުކުރި މި ރޭލުގައި ގިނައިން ތިބީ ކިޔެވުމަށާއި މަސައްކަތަށް އެކި ސަރަހައްދުތަކަށް ދަތުރުކުރި ދަރިވަރުންނާއި މުވައްޒަފުންނެވެ.

އެ ގައުމުގެ ނޫސް އެޖެންސީ އެއް ކަމަށްވާ "ދަ ނޭޝަން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ކެރޭނުން އުފުލަމުންދިޔަ ބޮޑު ކޮންކްރީޓް ގަނޑެއް ރޭލުގެ މައްޗަށް ވެއްޓުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ރޭލުގެ ބައިތައް ރޭލު ދަގަނޑުން ކަސިޔާރުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ތައިލެންޑްބެންކޮކްތައިލެންޑު ސްޓޭޓް ރޭލްވޭ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2026

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

09 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް
02 ޖެނުއަރީ 2026

އައު އަހަރާ އެކު ނިއު އެޑިޝަނުން އައު 2 ބްރޭންޑް ތައާރަފު ކޮށްފި! ދުނިޔޭގެ މަގުބޫލު ކަން ހޯދާފައިވާ ސެންޓާ ރޫމް ސްޕްރޭ ވެސް ހެޔޮ އަގުގައި

02 ޖެނުއަރީ 2026
އައު އަހަރާ އެކު ނިއު އެޑިޝަނުން އައު 2 ބްރޭންޑް ތައާރަފު ކޮށްފި! ދުނިޔޭގެ މަގުބޫލު ކަން ހޯދާފައިވާ ސެންޓާ ރޫމް ސްޕްރޭ ވެސް ހެޔޮ އަގުގައި
25 ނޮވެމްބަރު 2025

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި
25 އޮކްޓޯބަރު 2025

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ
09 ސެޕްޓެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

09 ސެޕްޓެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި
05 ސެޕްޓެމްބަރު 2025

ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި

05 ސެޕްޓެމްބަރު 2025
ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި
16 ޖުލައި 2025

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
01 ޖުލައި 2025

ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި

01 ޖުލައި 2025
ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި
01 ޖުލައި 2025

ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑް ކޮށްފި

01 ޖުލައި 2025
ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑް ކޮށްފި
29 ޖޫން 2025

ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ

29 ޖޫން 2025
ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް