Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ރާއްޖެ ގުޅުން

އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!

ޚާރިޖީ ވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ އިރުތިޝާމް އާދަމް އިންޑިއާއަށް ފުރާވަޑައިގެންފި. އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މެއި 2026 | އަންގާރަ 11:21
ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް

ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް | ރާއްޖެ އެމްވީ

މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މިއީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ އެސް ޖައިޝަންކަރްގެ ދަޢުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ. 

Advertisement - newsAdvertisement

މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި އިންޑިއާއަށް އެތައް ފާޑުކިއުމެއް ކިޔަމުން އައި ނަމަވެސް، ވެރިކަމަށް އައުމަށްފަހު އިންޑިއާއާ އެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އައު ޚާރިޖީ ވަޒީރުވެސް އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ، އެކަމަނާ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންފަހުން، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. 

އިންޑިއާގެ ނިއުދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި، ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެވިގެންދާނެއެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ގުރޭޝާ ބައިވެރިވެރިވެވަޑައިގަންނަވާނެއެވެ.

އިންޑިއާ-ދިވެހިރާއްޖެޚާރިޖީ ވަޒީރުންއިރުތިޝާމް އާދަމް

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.

27 އެޕްރީލު 2026
ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.
13 އެޕްރީލު 2026

ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާއިން 2027 އާ ހަމައަށް އިތުރުކޮށްފި

13 އެޕްރީލު 2026
ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާއިން 2027 އާ ހަމައަށް އިތުރުކޮށްފި
13 މާރިޗު 2026

އިންޑިއާ އިން ތެލުގެ އެހީ ހޯދުމަށް މުއިއްޒު ސަރުކާރުން އިން އެދިއްޖެ

13 މާރިޗު 2026
އިންޑިއާ އިން ތެލުގެ އެހީ ހޯދުމަށް މުއިއްޒު ސަރުކާރުން އިން އެދިއްޖެ
08 މާރިޗު 2026

ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކްސްޕޯޓް ކުރުމުގެ ކޯޓާ އިންޑިއާއިން ރެކޯޑް މިންވަރަކަށް އިތުރުކޮށްފި

08 މާރިޗު 2026
ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކްސްޕޯޓް ކުރުމުގެ ކޯޓާ އިންޑިއާއިން ރެކޯޑް މިންވަރަކަށް އިތުރުކޮށްފި
02 ފެބުރުއަރީ 2026

އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ މަދުކޮށްފި

02 ފެބުރުއަރީ 2026
އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ މަދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު