Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.

ސިވިލް ސަރވިސްގެ އަންހެން މުވައްޒަފުން އިސްތަށިގަނޑު ކުލަޖެއްސުން މަނާކޮށް، ހެދުން އެޅުމުގެ މިންގަނޑަށް ގެނައި ހަރުކަށި ބަދަލުތަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ. މި ގަވާއިދުތަކަށް އާދައިގެ މުވައްޒަފުން އަމަލުކުރަން މަޖުބޫރުވާއިރު، ސަރުކާރުގެ ބައެއް ވަޒީރުން އެ މިންގަނޑުތަކާ ޚިލާފަށް އަމަލުކުރައްވާކަން ފާހަގަކުރެވޭ. އެހެންކަމުން، ގަވާއިދުތައް ހަމައެކަނި ނިކަމެތި މުވައްޒަފުންގެ މައްޗަށް ހިނގައި، މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މި އުސޫލުތަކާއި ގަވާއިދުތައް ނުހިނގާތީ އުސޫލުތަކުގެ ހަމަހަމަކަމާ މެދު ވަނީ ސުވާލު އުފެދިފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 27 އެޕްރީލު 2026 | ހޯމަ 12:30
ހެލްތު މިނިސްޓަރު ގީލާ އަލީ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް

ހެލްތު މިނިސްޓަރު ގީލާ އަލީ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، އަދި ހިނގަމުންދާ ކަންކަމާ ފެންނަ މަންޒަރުތަކުން ހަނދާނަށް އަންނަނީ ރޯމްގެ މަޝްހޫރު ލިޔުންތެރިޔާ ވެލެރިއަސް މެކްސިމަސް ގާނޫނާ ގަވާއިދު ސިފަކޮށްފައިވާ ގޮތެެވެ. މެކްސިމަސް ބުނާ ގޮތުގައި ގާނޫނާއި ގަވާއިދުތައް އެންމެ އެއްގޮތީ މަކުނުވަލަކާ އެވެ. ސަބަބަކީ މަކުނުވަލުގައި އާންމު ގޮތެއްގައި ޖެހި، ހައްޔަރު ވާނީ ކުދި ކުދި ސޫފާސޫފިތަކަށް ވުމެވެ. ބާރުގަދަ، ނުވަތަ ތަންކޮޅެއް ބޮޑެތި އެއްޗިއްސަށް މަކުނުވާތައް ފޫއަޅުވާލުމަށް ފަހު ދެވޭ އުސޫލުން ގާނޫނާ ގަވާއިދު ވެސް ހިނގަނީ ދެރަ، ނިކަމެތި މީހުންގެ މައްޗަށެވެ. ބާރެއް ހުރިއްޔާ ގާނޫނެއް ގަވައިދެއް އެއީ އެބަޔަކަށް ނެތް އެއްޗެއް ފަދަ އެވެ. 

މިކަން ސާބިތުކޮށްދޭން މާގިނަ ކަންކަމަށް ބަލާކަށް ނެތީމެވެ. ދައްކަން އޮތީ ހަމަ އެންމެ ކަމެއްގެ ވާހަކަ އެވެ. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ދާދިފަހުން ގެނެވުނު ބަދަލުތަކާއެކު، ސިވިލް ސަރވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ހެދުން އެޅުމާއި ޒީނަތްތެރިވުމުގެ މިންގަނޑުތަކަށް ބޮޑެތި އަދި ހަރުކަށި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. މީގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އަންހެން މުވައްޒަފުން އިސްތަށިގަނޑު ކުލަޖެއްސުމާއި ހައިލައިޓް ކުރުން މަނާކުރި ކުރުމަށެވެ. މި ގަވާއިދުގައިވާ ގޮތުން އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި އެހެން އެއްވެސް ކުލައެއް ޖެއްސުމަކީ ވަޒީފާގެ އަޚުލާގީ މިންގަނޑާ ޚިލާފު ކަމެކެވެ. 

މިކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. މީހެއްގެ ބޮލުގައި ހުންނަ ކުލަޔަކުން އެމީހާގެ ވަޒީފާގެ އަޚުލާގީ މިންގަނޑު ހާމަވާނަމަ އެއީ އަޖައިބެއް ކަމަށް ބުނި މީހުން ވެސް މަދެއް ނޫނެވެ. ހަގީގަތުގައި ވެސް އެކަން އެހެން ވާނަމަ އެއީ އަޖައިބެކެވެ. ކޮންމެ އަކަސް މި އުސޫލު މި ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވިނަމަވެސް ސިވިލް ސަރވިސް މުވައްޒަފުން ދަނީ މި ގަވާއިދުތަކަށް އަމަލު ކުރަމުންނެވެ. 

ނަމަވެސް އުފެދޭ ސުވާލަކީ މި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައިތޯއާއި، މި އުސޫލުތައް ހިނގަނީ ހަމައެކަނި "އާދައިގެ" މުވައްޒަފުންގެ މައްޗަށްތޯ ކަމަށް ބުނެ ރައްޔިތުން އުފައްދާ ސުވާލެެވެ. މިއީ ހަމައެކަނި ވަކި ގިންތިތަކެއްގެ މުވައްޒަފުންނަށް ހިނގާ ގަވާއިދެއްތޯ އެވެ. މި ސުވާލު އުފައްދަން ޖެހެނީ ސަބަބެއް ވެސް ނެތިއެއް ނޫނެވެ. 

މިސާލަކަށް، މި ސަރުކާރުގެ ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ފަދަ ބޭފުޅުން މީޑިއާތަކުގެ ކުރިމައްޗަށް ވަޑައިގަންނަވާއިރު، އެ ބޭފުޅުންގެ އިސްތަށިގަނޑު ހުންނަނީ ވަޒީފާގެ އަޚުލާގީ މިންގަނޑާ ޚިލާފަށެވެ. މި ފަހުން މިނިސްޓްރީތަކުން ހިއްސާ ކުރި ފޮޓޯތަކާ ވީޑިއޯތަކުން އެކަނިވެސް ފެންނަނީ އެ ދެ ބޭފުޅުން މި އަޚޫލާގީ މިންގަނޑާ ކަނޑައެޅިގެން ޚިލާފު ވެފައިވާ މަންޒަރެވެ. 

މިނިސްޓަރު ގީލާ ވެސް މިނިސްޓަރު އިރުތިޝާމް ވެސް ހުންނަވަނީ ގަވާއިދުގައި އެބުނާ  ވަޒީފާގެ އަޚުލާގީ މިންގަނޑާ ޚިލާފަށް އިސްތަށިގަނޑުގައި ކުލަ ޖައްސަވާ ހައިލައިޓް ކުރައްވާފަ އެވެ. އެހެންވީމާ ދެން މިއަށް ބުނާނީ ކީކޭތޯ އެވެ. މިއުޅެނީ މީހެއްގެ އިސްތަށިގަނޑުގައި ކުލައެއް ހުރެގެން މައްސަލައަކަށް ވެގެނެއް ނޫނެވެ. މައްސަލައަކީ އެންމެނަށް ހަމަހަމަ ގަވާއިދު ނުހިނގުމެވެ. 

މިފަދަ ބަދަލުތައް ގެންނަނީ ސިވިލް ސަރވިސްގެ ގަދަރާއި ހައިބަތު ހިފެހެއްޓުމަށް ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ. ނަމަވެސް، މުވައްޒަފެއްގެ އިސްތަށިގަނޑުގެ ކުލައަކީ އޭނާ ގެ މަސައްކަތުގެ ފެންވަރާއި ނުވަތަ ޚިދުމަތުގެ ފެންވަރާ ގުޅުންހުރި ކަމެއް ނޫނެވެ. އާދައިގެ މުވައްޒަފަކު އިސްތަށިގަނޑު ކުލަޖެއްސުމުން އޭނާ ގެ "ޕްރޮފެޝަނަލިޒަމް" ގެއްލޭ ކަމަށް ވާނަމަ، އެކަން ދައުލަތުގެ ވަޒީރުންނަށް ނުވަނީ ކީއްވެގެންތޯއެވެ؟ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ގަވާއިދަށްވުރެ މަތީގައި ތިއްބަވާ ބޭފުޅުން ނަމަ ދެން މިގޮތް ވެސް އޯކޭ އެވެ. 

އެހެންވީމާ މެކްސިމަސް އެ ބުނާހެން ގާނޫނާ ގަވާއިދު ހަމަ އެންމެ އެއްގޮތީ މަކުނުވާތަކަކާ އެވެ. ބާރު އޮތް މީހާ ގާނޫނާ ގަވާއިދުތަކަށް ހަދަނީ ހަމަ ބޭނުން ގޮތެކެވެ. ސާހިބު މީހާ ވީމާ އޯކޭ އެވެ. އެކަމަކު އަޅު މީހާ ކުރީމާ ގޯހެވެ. 

ސިވިލް ސަރވިސްގީލާ އަލީއިރުތިޝާމް އާދަމްސިވިލް ސަވިރސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭސް ނުލިބުމުގެ މައްސަލައަށް މިނިސްޓަރު ގީލާ ދެއްކެވި މެޖިކް ހައްލު!

ބޭސް ނުލިބުމުގެ މައްސަލައަށް މިނިސްޓަރު ގީލާ ދެއްކެވި މެޖިކް ހައްލު!

27 އެޕްރީލު 2026
އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

25 އެޕްރީލު 2026
ލެބޯޓަރީގެ ޚިދުމަތް ދެވޭނެ އިންތިޒާމެއް ނެތި، ބ. ދޮންފަނުުގެ ސިއްހީ މަރުކަޒަށް އިންތިހާބާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަނެއް ނެގިކަން ހާމަވެއްޖެ

ލެބޯޓަރީގެ ޚިދުމަތް ދެވޭނެ އިންތިޒާމެއް ނެތި، ބ. ދޮންފަނުުގެ ސިއްހީ މަރުކަޒަށް އިންތިހާބާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަނެއް ނެގިކަން ހާމަވެއްޖެ

22 އެޕްރީލު 2026
ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

24 މާރިޗު 2026
ރަމަޟާން މަހުގެ ފަހު 10 ބަންދުކޮށް، އެޓެންޑެންސް އެލަވަންސް ދިނުމާ ގުޅޭގޮތުން ގެނެސްފައިވާ ބަދަލަށް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި

ރަމަޟާން މަހުގެ ފަހު 10 ބަންދުކޮށް، އެޓެންޑެންސް އެލަވަންސް ދިނުމާ ގުޅޭގޮތުން ގެނެސްފައިވާ ބަދަލަށް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު