Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ފިލްމު އިންޑަސްޓްރީ

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

ފިލްމީ ފަންނާނުންގެ އަގުވަޒަންކުރުމަށް ބާއްވާ ފިލްމު އެވޯޑް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށްޓަކައި، ފަނޑިޔާރުންގެ ޕެނަލް އެކުލަވާލުމުގެ މަސައްކަތް އެންސީއޭއާ ގުޅިގެން މިހާރު ދަނީ ކުރަމުން. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މި އެވޯޑް އަލުން ފެށުމުގެ މަގުސަދަކީ، ރާއްޖޭގެ ފިލްމީ ސިނާއަތުގައި މަސައްކަތްކުރާ ހުނަރުވެރި ފަންނާނުންނަށް ހައްގުވާ ޝަރަފު ހޯދައިދިނުންކަމަށް ހީނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖުލައި 2026 | ބުދަ 06:59
 މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު މަޖިލީހަށް ހާޒިރުކުރުން

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު މަޖިލީހަށް ހާޒިރުކުރުން | މަޖިލިސް

ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ފިލްމު އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ހީނާ ވިދާޅުވީ، ރާއްޖޭގެ ފިލްމީ ސިނާއަތަކީ ވަރަށް ޒަމާންވީ ތާރީޚެއް އޮތް ދާއިރާއެއް ކަމަށާއި، މި ދާއިރާގައި ފުންނާބު އުސް އަދި އެހާމެ ހުނަރުވެރި ގިނަ ބޭފުޅުންތަކެއް އެބަތިއްބެވި ކަމަށެވެ. އަދި ފިލްމީ ދާއިރާ ކުރިއަރުވައި، މި ސިނާއަތް ކޮޅަށް ޖެއްސެވުމަށްޓަކައި ނުހަނު ޝައުގުވެރިކަމާއެކު މަސައްކަތް ކުރައްވާ ގިނަ ފަންނާނުންތަކެއް މިހާރުވެސް ހަރަކާތްތެރިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަކީ ޒަމާންވީ ތާރީޚީ އިންޑަސްޓްރީއެއް، މި އިންޑަސްޓްރީގައި ފުންނާބު އުސް ގިނަ ބޭފުޅުންތަކެއް އެބަ ތިއްބެވި، މި އިންޑަސްޓްރީ ނަގާ ކޮޅަށް ޖެއްސެވި ގިނަ ބަޔަކު މި ދާއިރާގައި އެބަ ތިއްބެވި އެ ޕެޝަންގައި މަސައްކަތް ކުރާ، ސަރުކާރުގެ ވިސްނުމަކީ އެބޭފުޅުންނަށް ޙައްޤުވާ އެވޯޑެއް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން،
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު

އެންމެ ފަހުން ރާއްޖޭގައި ފިލްމު އެވޯޑެއް ބާއްވާފައިވަނީ 2019 ވަނަ އަހަރު ކަމަށްވާއިރު، މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަލުން އެވޯޑު ޙަފްލާ ބާއްވަން ފެށުމަށްކަން ހީނާ ފާހަގަ ކުރެއްވިއެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ، ފިލްމު އެވޯޑު ބޭއްވުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އެވޯޑަށް އިންސާފުކުރާނެ ފަނޑިޔާރުންގެ ޕެނަލް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ލަފާކުރައްވާ ގޮތުގައި، މިހާރު ކުރިއަށްދާ ތައްޔާރީތަކާއެކު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމު އެވޯޑު ބޭއްވޭނެއެވެ.

ސަރުކާރުގެ މައިގަނޑު ވިސްނުމަކީ ފިލްމީ ދާއިރާގެ ފަންނާނުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެބޭފުޅުންނަށް ހައްގުވާ ފަދަ ޝަރަފުވެރި އެވޯޑެއް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް ހީނާ ވިދާޅުވިއެވެ.

 

ހީނާ ވަލީދު މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްނެޝަނަލް ސެންޓަރ ފޯ ދި އާޓްސްފިލްމު އެވޯޑްސް20 ވަނަ ރައްޔިތުންގެ މަޖިލީސްދިވެހި ފިލްމީ ސިނާއަތު

އިތުރަށް ކިޔާލަން

01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
29 ޖޫން 2026

ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު

29 ޖޫން 2026
ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު
28 ޖޫން 2026

ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު

28 ޖޫން 2026
ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
25 ޖޫން 2026

ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި

25 ޖޫން 2026
ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު