Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!

ރައްޔިތުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތައް މަޖިލީހުގެ ކޮމިޓީތަކުގައި ފުނިޖެހިފައިވާއިރު، އެ ކަންކަމަށް ހައްލު ހޯދުމުގެ ބަދަލުގައި ކޮމިޓީތައް އަވަސްއަރުވާލައިގެން ނިންމާލާތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި. ޑޮލަރުގެ ތާށިކަމާއި ތަކެތީގެ އަގު އުފުލުން ފަދަ ސީރިއަސް މައްސަލަތަކަށް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން އަޅާނުލާކަން ފާހަގަކުރައްވައި، މައިނޯރިޓީ މެމްބަރުންގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުގައި އަޑުއުފުލުން ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖުލައި 2026 | ބުދަ 07:57
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މަޖިލިހުގެ ޖަލްސާ އެއްގައި ވާހަކަ ދައްކަވަނީ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މަޖިލިހުގެ ޖަލްސާ އެއްގައި ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު މުޙައްމަދު އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު، އެކަންކަމާ ގުޅޭ ދާއިރާތަކުގެ ފަރާތްތަކާ މަޝްވަރާކުރަންޖެހޭ ކަމަށާއި، ސިޔާސަތުތައް އެކުލަވާލަންވާނީ "އުނބަށް ޖަހަން" ނުޖެހޭނެ ފަދަ ހަރުދަނާ ގޮތަކަށް ކަންކަން ކުރަންޖެހޭ ކަމަށެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުން ހުރި އެތައް މައްސަލައެއް މިހާރުވެސް މަޖިލީހުގެ ކޮމިޓީތަކުގައި ފުނިޖެހިފައި އެބަހުރި ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ މައްސަލަތަކާއި، ޑޮލަރުގެ ތާށިކަމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ މައްސަލަ އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއިން ލޭ ނުލިބޭ މައްސަލައާއި، ފޭކް ސެޓްފިކެޓު ހަދާ މައްސަލަ ފަދަ ސީރިއަސް ކަންތައްތަކެއް ހުރިކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ފާޑުވިދާޅުވަމުން މެމްބަރު ވިދާޅުވީ، ރައްޔިތުންގެ މިފަދަ މުހިންމު މައްސަލަތަކަށް އަޅާނުލައި، ފަސް މިނެޓުން ކޮމިޓީތައް ނިންމާލަމުންދާ ކަމަށެވެ. އަދި މިގޮތަށް މަސައްކަތްކޮށްގެން މުސާރަ ހަލާލުކޮށް، ހުރިހާ އިނާޔަތްތަކެއް ނަގަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްކަން މެމްބަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، މަޖިލީހުގެ މައިނޯރިޓީގައި ތިއްބެވި މެމްބަރުންގެ ހައިސިއްޔަތުން، ރައްޔިތުންގެ ހައްގުގައި އަޑުއުފުލޭނެ އެންމެ މަތީ މިންވަރަކަށް އަޑުއުފުލަމުންދާނެ ކަމަށްވެސް މުޙައްމަދު އިބްރާހިމް ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންގެ ކިބައިގައި މިފަދަ މުހިންމު ކަންބޮޑުވުންތައް ނެތުމަކީ ގައުމީ ފެންވަރުގައި އޮތް ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

  އަޅުގަނޑުމެންގެ އެބަހުރި ކަންބޮޑުވާ އެތައް ކަމެއް، އެގޮތުން ފެނާއި ނަރުދަމާގެ މައްސަލަ، ޑޮލަރުގެ މައްސަލަ، ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލަ، ލޭ ނުލިބޭ މައްސަލަ، ފޭކް ސެޓްފިކެޓު ހަދާ މައްސަލަ، މިހާރުވެސް މިކަހަލަ އެތައް މައްސަލައެއް އެބަހުރި މަޖިލީހުގެ ކޮމިޓީތަކުގައި ފުނިޖެހިފައި، މިކަންކަމަށް އަޅާނުލާ މިދަނީ 5 މިނެޓުން ކޮމިޓީއެއް ނިންމާލައިގެން މުސާރަ ހަލާލު ކުރަމުން، ހުރިހާ އިނާޔަތްތަކެއް ނަގަމުން، މިއީ ހަމަ ޔަޤީނުންވެސް އަޅުގަނޑު ކަންބޮޑުވާ ކަމެއް، އަޅުގަނޑުމެންނަކީ މައިނޯރިޓީ، އަޅުގަނޑުމެންނަށް އަޑު އުފުލޭ ވަރަކަށް އެބަ އަޑުއުފުލަން
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) 

މެމްބަރު އިތުރަށް ވިދާޅުވީ، ސަރުކާރުން ނިންމާ ނިންމުންތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރުތަކަށް ބަލައި، ކަންކަން އިސްލާހުކުރުމުގެ ރޫހެއް މަޖިލީހުގެ ތެރެއިން ފެންނަންޖެހޭ ކަމަށެވެ. އެހެންނަމަވެސް މިހާރު ފެންނަނީ މުހިންމު މައްސަލަތައް ބޭރުކޮށްލައި، މަޝްވަރާއެއް ނެތި ކަންކަން ނިންމަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

 

މުޙައްމަދު އިބްރާހީމް (ކުޑޫ)20 ވަނަ ރައްޔިތުންގެ މަޖިލީސް

އިތުރަށް ކިޔާލަން

01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
29 ޖޫން 2026

ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު

29 ޖޫން 2026
ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު
28 ޖޫން 2026

ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު

28 ޖޫން 2026
ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު