Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، އޭސީސީއަކީ މިނިވަންކަމާއެކު މަސައްކަތްނުކުރާ ބޭކާރު މުއައްސަސާއެއްގެ ގޮތުގައި ސިފަކުރައްވައި، އެ ކޮމިޝަނުން އަބަދުވެސް ބަލަނީ ކުރީގެ ސަރުކާރުތަކުގެ މައްސަލަތައް ކަމަށް. އޭސީސީގެ މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ ބަޔަކަށް ހަދައިގެން ނޫނީ އެ މުއައްސަސާ މިނިވަން ނުކުރެވޭނެ ކަމަށާއި، މިހާރު އޮތް ނިޒާމުގެ ތެރެއިން އެ ކޮމިޝަނުން މަސައްކަތް ކުރަނީ ސަރުކާރުން އަންގާ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖުލައި 2026 | ބުދަ 13:58
އެންޓި ކޮރަޕްޝަން ކޮމިޝަން ހިންގާ އޮފީސް އިމާރާތް. މިސަރުކާރާ ގުޅުންހުރި ގިނަ މައްސަލަތައް އެކޮމިޝަނަށް ހުށަހެޅި ނަމަވެސް ތަހުގީގު ކުރިއަށް ނުގެންދާ ކަމަށް މައްސަލަ ހުށަހަޅާ މީހުން ތުހުމަތު ކުރޭ.

އެންޓި ކޮރަޕްޝަން ކޮމިޝަން ހިންގާ އޮފީސް އިމާރާތް. މިސަރުކާރާ ގުޅުންހުރި ގިނަ މައްސަލަތައް އެކޮމިޝަނަށް ހުށަހެޅި ނަމަވެސް ތަހުގީގު ކުރިއަށް ނުގެންދާ ކަމަށް މައްސަލަ ހުށަހަޅާ މީހުން ތުހުމަތު ކުރޭ. | ރާއްޖެއެމްވީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަކީ އުފަންވީއްސުރެ ބޭކާރު ތަނެއް ކަމަށާއި، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ހުސެއިން ވަނީ އޭސީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 16 އޮކްޓޫބަރު 2008 ގައި އޭސީސީ އުފައްދާފައިވާއިރު، މިހާތަނަށް މިނިވަންކަމާއެކު އެ ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަބަދުވެސް ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލައާއި، ކުރީގެ ވަޒީރުންގެ މައްސަލަތައް ކަމަށެވެ. 

އަލީ ހުސެއިން ވިދާޅުވީ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ވެސް ފުލުހުންގެ މުއައްސަސާއިން ތަހުގީގު ކުރާ އުސޫލުން އޭސީސީއަށް ތަހުގީގު ކުރެވެން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ގެއްލުނު އެއްވެސް ފައިސާއެއް އެކޮމިޝަނަށް ހޯދިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނުމުން އެ ލިބުނީ ރަސްކަން ކުރުމުގެ ފުރުސަތު ކަމަށެވެ. މިހާރު ހިންގަމުންދަނީ ރަސްކަމެއް ކަމަށާއި، އޭސީސީގެ މެންބަރުން ވެސް މަސައްކަތް ކުރަން ޖެހޭނީ ސަރުކާރުން އެންގި ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން އޭސީސީގެ މެންބަރުންނަށް ވެސް ގަބޫލުކުރާ ކަމަށެވެ.

އޭސީސީއަކީ މިނިވަން މުއައްސަސާއެކޭ ކިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަން ދިވެހިރާއްޖޭގެ އޭސީސީއަކީ މިނިވަންތަނެއް ކަމަކަށް. އަދި މިގޮތަށް ގާނޫނު އަސާސީގައި މިހާރު މިއޮތް ގޮތަށް އޮވެގެން އޭސީސީ މިނިވަން ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ހޮވަން ވެސް ޖެހޭނީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވަން ޖެހޭނީ. އެމީހުންނަކީ ވެސް ރައްޔިތުންގެ ވޯޓުން ހޮވާ އަދި ރައްޔިތުންގެ ވޯޓަކުން ވަކި ކުރާ ބަޔަކަށް ހަދައިގެން ނޫނިއްޔާ އޭސީސީގެ މެންބަރުން މިނިވަން ނުވާނެ. 

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް (ޕީޖީ) އަށް އޭސީސީ އަށް ވަކި މައްސަލައެއް ވަކި ގޮތަށް ބެލުމަށް ނުވަތަ އަވަސް  ކުރުމަށް ނޭންގޭނެ ކަމަށެވެ. ނަމަވެސް މިކަން ވެސް ކުރަމުންދަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އަލީ ހުސެއިން ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު، އެކޮމިޝަން މިނިވަން ކުރެވެން ވެސް ނެތް ކަމަށެވެ.

އެހެންކަމުން އޭސީސީއަކީ ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ ފައިސާއިން އެތައް މިލިއަނުން ހަރަދު ކުރާ ބޭކާރު މުއައްސަސާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަންއަލީ ހުސައިންކެންދޫ ދާއިރާރާއްޖެ ޓީވީޑރ. މުޙައްމަދު މުޢިއްޒުޕްރޮސެކިއުޓަރ ޖެނެރަލްމުއިއްޒުގެ ވައުދު

އިތުރަށް ކިޔާލަން

01 ޖުލައި 2026

ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!

01 ޖުލައި 2026
ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
29 ޖޫން 2026

"ނޭޝަން ޗެޓް"ގެ ދެވަނަ ޕްރޮގްރާމްގައި ރައީސް މުޢިއްޒު އަށް ކުރި ސުވާލުތަކާއި، އެ ސުވާލުތަކަށް ދެއްވި ޖަވާބު

29 ޖޫން 2026
"ނޭޝަން ޗެޓް"ގެ ދެވަނަ ޕްރޮގްރާމްގައި ރައީސް މުޢިއްޒު އަށް ކުރި ސުވާލުތަކާއި، އެ ސުވާލުތަކަށް ދެއްވި ޖަވާބު
29 ޖޫން 2026

ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...

29 ޖޫން 2026
ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު - ރައީސް މުއިއްޒު

29 ޖޫން 2026
އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު -  ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު