Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ނަސީބު ދެރަކޮށް ކެޓި ޓީމަކީ އީރާން ހެއްޔެވެ؟

2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން އީރާން ކަޓަންޖެހުނީ، އެންމެ ފަހު ވަގުތު ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމުމާއި އެހެން މެޗުތަކުގެ ނަތީޖާ ދިމާވި ގޮތުން. މުބާރާތް ބޭއްވި ގައުމުން ކުރިމަތިކުރި ވީސާގެ ދަތިތަކާއި ދަތުރުފަތުރުގެ ހުރަސްތަކާއެކުވެސް، އީރާނުން ވަނީ ގްރޫޕް ސްޓޭޖުގައި ބަލިނުވެ ރަނގަޅު ކުޅުމެއް ދައްކާފައި. އެ ގައުމުގެ ކޯޗު އާމިރު ގަލެނޯއީ ވަނީ އީރާނާ މެދު އަމަލުކުރީ ބޭއިންސާފުން ކަމަށް ބުނެ ފީފާއަށް ޝަކުވާ ހުށަހަޅާފައި.

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 10:31
2026 ޖޫން 26 ވީ ބުރާސްފަތި ދުވަހު އެމެރިކާގެ ސިއާޓްލް ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީ ގައި މިސްރާއި އީރާން ބައްދަލުކުރި މެޗު ނިމުމުން، އީރާންގެ ސައީދު އިއްޒަތުﷲ މާޔޫސްވެފައި ހުރި މަންޒަރު.

2026 ޖޫން 26 ވީ ބުރާސްފަތި ދުވަހު އެމެރިކާގެ ސިއާޓްލް ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީ ގައި މިސްރާއި އީރާން ބައްދަލުކުރި މެޗު ނިމުމުން، އީރާންގެ ސައީދު އިއްޒަތުﷲ މާޔޫސްވެފައި ހުރި މަންޒަރު. | ގެޓީ އިމޭޖަސް

 ކޮންމެ ކާމިޔާބީއަކާއެކު، ހިތްދަތި ނާކާމިޔާބީއެއްގެ ވާހަކަވެސް އޮވެއެވެ. އެއީ ކުރިމަތިވި ބަދުނަސީބާއި ބޭއިންސާފުގެ ސަބަބުން މުބާރާތުން ވަކިވާންޖެހުނު ގައުމުތަކުގެ ޝަކުވާތަކެވެ.

ނަމަވެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން އީރާން ވަކިވާންޖެހުނު ބަދު ނަސީބާ އަޅާކިޔޭނެ މާގިނަ މިސާލުތަކެއް ނެތެވެ.

މުބާރާތް ފެށުމުގެ ކުރިންވެސް އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އާމިރު ގަލެނޯއީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އީރާން ޓީމުން ވަނީ ގަދަ 32 ޓީމުގެ ތެރެއިން ޖާގައެއް ކަށަވަރުކުރުމާ ވަރަށް ގާތަށް ގޮސްފަ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެ ފުރުސަތު އެމީހުންގެ އަތުން ބީވެގެންދިޔައީ އެއްފަހަރަކު ނޫން، ދެފަހަރެއްގެ މަތިންނެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވި ނަމަވެސް، ގޯލުގެ ތަފާތުން އީރާނަށް ވަނީ ހިތްދަތި ގޮތަކަށް މުބާރާތުގެ ނޮކްއައުޓް ބުރުން ފުރުސަތު ގެއްލިފައެވެ.

އެހެންނަމަވެސް، މިކަމުގެ ފަހަތުގައި މިއަށްވުރެ މާ ފުން ވާހަކަތަކެއް އެބަހުއްޓެވެ.

އީރާނުން އެންމެ ފަހު ވަގުތު ޖެހި ލަނޑު ބަލައިނުގަތުން

ނިއުޒީލެންޑާއި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުތައް އެއްވަރުވުމުން، ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެން އީރާނަށް ގަދަ 32 ގެ ޖާގައެއް ކަށަވަރު ކުރެވެން އޮތެވެ.

މެޗުގެ ކުރީކޮޅު މިސްރުން ލަނޑެއް ޖަހައި ކުރިހޯދި ނަމަވެސް، އީރާނުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. މަހްދީ ތަރޭމީ ފޮނުވާލި ޕެނަލްޓީއެއް މިސްރުގެ ކީޕަރު ދިފާއުކުރި ނަމަވެސް، ރާމިން ރެޒަލިއަން ވަނީ އުނދަގޫ އެންގަލަކުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ އީރާނަށް ހަމަހަމަކޮށްދީފަ އެވެ.

މެޗުގެ ނަތީޖާ އެގޮތުގައި އޮވެ، ދެވަނަ ހާފުގެ އިތުރު ވަގުތާ ހަމައަށް ދިޔައިރު، ގޯލު ކުރިމަތީގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ޝޯޖާ ޚަލީލްޒާދޭ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

މި ލަނޑާއެކު އީރާންގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ޚަލީލްޒާދޭ އޭނާގެ ޖާޒީ ބޭލުމުގެ ސަބަބުން ރީނދޫ ކާޑެއް ދެއްކި ނަމަވެސް، އޭނާ ވަނީ އަވިއައިނެއް އަޅައިގެން ފޮޓޯއަކަށްވެސް ހުއްޓިފަ އެވެ.

އެހެންނަމަވެސް، އެ އުފާވެރިކަން ހިތާމައަށް ބަދަލުވީ އެ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމުމުންނެވެ. ޚަލީލްޒާދޭގެ ފައިގެ އިނގިލި ހުރީ އިދިކޮޅު އެންމެ ފަހު ޑިފެންޑަރަށްވުރެ ކުޑަ ތަންކޮޅެއް ކުރީގަ އެވެ.

މެޗު 1-1 އިން އެއްވަރުވެގެން ނިމުމުން، އީރާނަށް ޖެހުނީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދެވޭނެތޯ ބަލަން އެހެން މެޗުތަކުގެ ނަތީޖާއަށް އިންތިޒާރު ކުރާށެވެ.

96 ވަނަ މިނެޓުގައި ޖެހި ލަނޑުން އީރާނަށް ފުރުސަތު ގެއްލުން

އީރާނަށް އެމީހުންގެ ނަސީބު ހުރި ގޮތް ބެލުމަށްޓަކައި ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ނިމެންދެން މަޑުކުރަން ޖެހުނެވެ.

އަލްޖީރިއާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗަކީ އީރާނަށް ނުހަނު މުހިންމު މެޗެކެވެ. އެ މެޗުން ކޮންމެވެސް އެއް ޓީމެއް މޮޅުވުމަކީ އީރާނަށް ފައިދާވާނެ ގޮތެވެ.

ފޯރިގަދަ ކުޅުމަކަށްފަހު މެޗު 2-2 އިން އެއްވަރުވެ، އީރާން މުބާރާތުން ކަޓަން ދަނިކޮށް، 93 ވަނަ މިނެޓުގައި ރިޔާޒް މަހްރޭޒް ލަނޑެއް ޖަހައި އަލްޖީރިއާއަށް ކުރިހޯދައިދިނެވެ.

މެޗު ނިމެން މަދު ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް، "ޓީމް މެއްލީ" ގެ ނަމުން މަޝްހޫރުވެފައިވާ އީރާން އޮތީ އަނެއްކާވެސް ދެވަނަ ބުރަށް ދިއުމުގެ މަގުމަތީގަ އެވެ.

ނަމަވެސް ޑްރާމާ އެވަރުން ނިމުނީއެއް ނޫނެވެ. އޮސްޓްރިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތުން، މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ސާސާ ކަލައިޖިޗް ވަނީ ބޮލުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މިއާއެކު، 24 ގަޑިއިރު ނުވަނީސް ދެވަނަ ފަހަރަށް އީރާންގެ އުއްމީދުތައް އެންމެ ފަހު ވަގުތު ފެނަށްވެގެން ދިޔަ އެވެ.

ސެނެގާލްގެ ގޯލުގެ ތަފާތު ރަނގަޅުވުމުން އެ ގައުމަށް ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން ފަހު ޖާގަ ލިބުނުއިރު، އީރާން ފަދައިން ގްރޫޕްގެ ތިން މެޗު އެއްވަރުވި ކޭޕް ވާޑް ވަނީ ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައެވެ.

'މުބާރާތް ބާއްވާ ގައުމުން އަހަރެމެންނާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން'

އީރާނަށް ކުރިމަތިވި ތަފާތު ގޮންޖެހުންތަކަށް ބަލާއިރު، އެމީހުން ދެވަނަ ބުރާ މިހާ ގާތަށް ދިއުމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

އީރާން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރަން ޖެހުނީ އެމެރިކާ އަދި އިސްރާއީލާއެކު އެ ގައުމުން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގަ އެވެ.

މުބާރާތް ފެށުމުގެ ކުރިން އީރާންގެ ޓްރޭނިން ކޭމްޕް އެމެރިކާގެ އެރިޒޯނާއިން މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކުރަން ޖެހުނުއިރު، މުބާރާތުގެ ތެރޭގައިވެސް ދަތުރުފަތުރުގެ ގިނަ ހުރަސްތަކެއް އެ ޓީމަށް ކުރިމަތިވި އެވެ.

ވީސާގެ އުސޫލުތައް ހުރި ގޮތުން، އީރާން ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބުނީ ފުރަތަމަ ދެ މެޗުގެ އެއް ދުވަސް ކުރިންނެވެ. އަދި މެޗު ނިމޭ ދުވަހު އެ ގައުމުން ފުރަންވެސް ޖެހުނެވެ.

މިކަމާ ގުޅިގެން ކޯޗު ގަލެނޯއީ ވަނީ އޭނާގެ ޓީމަކީ މުބާރާތުގައި އޮތް އެންމެ "އަނިޔާ ލިބިފައިވާ" ޓީމު ކަމަށް ސިފަކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ޓީމަށް ތައްޔާރުވުމުގެ ވަގުތު ވަނީ "ފޭރިގެންފައެވެ". އެހެން ޓީމުތަކަށް އާންމު ހާލަތްތަކުގައި ތައްޔާރުވުމުގެ ފުރުސަތު ލިބުނުއިރު، އީރާނަށް ލިބުނީ ބޭނުންވާ ތަމްރީނު ވަގުތުގެ "ދެބައިކުޅަ އެއްބަޔަށްވުރެ މަދު" މިންވަރެކެވެ.

ސިއާޓްލްގައި ކުޅުނު މެޗަށް ދަތުރުފަތުރުގެ ހުރަސްތަކަށް ކުޑަ ލުޔެއް ލިބި، ދެ ދުވަސް ކުރިން އެ ސިޓީއަށް ދިއުމުގެ ހުއްދަ ލިބުނު ނަމަވެސް، މެޗަށްފަހު އަނެއްކާވެސް ޖެހުނީ އެނބުރި މެކްސިކޯގެ ޓިޖުއާނާއަށް ދާށެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގަލެނޯއީ އަނެއްކާވެސް އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރިއެވެ: "އަހަރެންގެ ކުޅުންތެރިންނާއި ޓީމަށް ބުނެލަން ބޭނުންވަނީ އަހަރެން އެމީހުންނާ މެދު ފަޚުރުވެރިވާ ކަމަށް.

މި ޒުވާން ކުޅުންތެރިން ކުރި މަސައްކަތަކީ ތާރީޚުގައި ލިޔަންޖެހޭނެ ކަމެއް. ސަބަބަކީ މުބާރާތް ބާއްވާ ގައުމުން އަހަރެމެންނާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން.

މި ހުރިހާ މައްސަލަތަކަކާއެކުވެސް އަހަރެމެންނަށް ރަނގަޅު ކުޅުމެއް ދެއްކުނު. މުޅި ދުނިޔެ މިއަދު އީރާނުގެ ރައްޔިތުންނާއި އަހަރެމެންގެ ޓީމާ މެދު ފަޚުރުވެރިވާނެ.

އަހަރެން ފީފާއަށް ގޮވާލަން: ކުރިއަށް އޮތް ވޯލްޑް ކަޕްތަކުގައި މުބާރާތް ބާއްވާ ގައުމުތަކުން ކުޅުންތެރިންނާއި ޓީމުތަކާ މެދު މިފަދަ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ނުދޭށެވެ."

މަސްދަރު: ބީބީސީ

އީރާންވޯލްޑް ކަޕްފީފާފުޓްބޯޅަވޯލްޑް ކަޕް 2026

އިތުރަށް ކިޔާލަން

28 ޖޫން 2026

ވޯލްޑް ކަޕްގެ ގަދަ 32 އަށް ހޮވުނު ޓީމުތަކާއި މެޗުތައް ތާވަލުކުރެވިފައިވާ ގޮތުގެ ތަފުސީލް

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ގަދަ 32 ޓީމު ވާދަކުރާ ނޮކްއައުޓް ބުރުގެ ގުރުއަތާއި މެޗުތައް ކުޅޭނެ ތާވަލު މިހާރު ވަނީ އާންމުކޮށްފައި. މި ބުރުގައި ޖުމްލަ 16 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުތައް ކުރިއަށްދާނީ ޖޫން 28 އިން ޖުލައި 3 ގެ ނިޔަލަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ އެކި ސިޓީތަކުގައި. މުބާރާތުގެ ގަދަ ބާރުތައް ކަމަށްވާ ބްރެޒިލް، އާޖެންޓީނާ، ފްރާންސް އަދި ޖަރުމަނުވިލާތް ފަދަ ޓީމުތައް މި ބުރުގައި ވާދަކުރޭ

28 ޖޫން 2026
ވޯލްޑް ކަޕްގެ ގަދަ 32 އަށް ހޮވުނު ޓީމުތަކާއި މެޗުތައް ތާވަލުކުރެވިފައިވާ ގޮތުގެ ތަފުސީލް
28 ޖޫން 2026

ރަސްމީ ދަތުރުފުޅެއްގައި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އިރާޤަށް

ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، މި ދަތުރުފުޅުގައި އިރާޤުގެ އިސް ވެރިންނާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ސަރަހައްދީ ކަންކަމާ އަދި އެހެނިހެން މުހިންމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް.

28 ޖޫން 2026
ރަސްމީ ދަތުރުފުޅެއްގައި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އިރާޤަށް
27 ޖޫން 2026

އީރާނުގެ މިނާބްގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާ އަމާޒުވި ސަބަބު ތަހުގީގުން ހާމަވެއްޖެ - ބްލޫމްބާގް

އެ ތަނަކީ ސްކޫލެއްކަން އެމެރިކާގެ އެނަލިސްޓުންނަށް ކުރިން އެނގިފައި އޮތް ނަމަވެސް، ޑޭޓާބޭސްތައް ގުޅިފައި ނެތުމުގެ ސަބަބުން އެ މައުލޫމާތު ކޮމާންޑަރުންނާ ހަމައަށް ފޯރާފައެއް ނުވޭ. މި ހާދިސާގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ކަށަވަރު ނުވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ވަނީ މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައި.

27 ޖޫން 2026
އީރާނުގެ މިނާބްގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާ އަމާޒުވި ސަބަބު ތަހުގީގުން ހާމަވެއްޖެ - ބްލޫމްބާގް
27 ޖޫން 2026

އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް

އެމެރިކާގައި ކުރިއަށްދާ ވޯލްޑް ކަޕްގައި އީރާނު ޓީމަށް ދަތުރުފަތުރުގެ ގިނަ ހުރަސްތަކަކާއި ވިސާގެ ދަތިތަކާ ކުރިމަތިލާން ޖެހުމުން، އެ ގައުމުން އަމަލުކުރީ ބޭއިންސާފުން ކަމަށް ބުނެ ކޯޗު އާމިރު ގަލޭނޯއީ ކަންބޮޑުވުން ފާޅުކޮށްފި. މި ދަތިތަކާއެކުވެސް އީރާނުން ދެއްކި ކުޅުމަށް ކޯޗު ތައުރީފުކުރިއިރު، މުބާރާތް ބާއްވާ ގައުމުތަކުން ޓީމުތަކާ މެދު މިފަދަ ގޮތަކަށް އަމަލުކުރުން ހުއްޓުވުމަށް އޭނާ ވަނީ ފީފާއަށް ގޮވާލާފައި.

27 ޖޫން 2026
އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް
27 ޖޫން 2026

ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުން ހިޒްބުﷲގެ ލީޑަރު ބަލައިނުގަނެ ބޭރުކޮށްލައިފި

މި އެއްބަސްވުމަކީ ގައުމުގެ މިނިވަންކަމަށް އުނިކަންލިބޭ ބާތިލު ނިންމުމެއް ކަމަށް އޭނާ ސިފަކުރެއްވިއިރު، އިސްރާއީލުން ވަނީ އެއްބަސްވުމާ ޚިލާފަށް ލުބުނާނުގެ ދެކުނަށް ޑްރޯން ހަމަލާތަކެއް ދީފައި. ހިޒްބުﷲ އިން ބުނާ ގޮތުގައި ހަމަނުޖެހުންތައް ހުއްޓާލުމުގެ އަސާސަކަށް ބަލަންޖެހޭނީ މި މަހުގެ ކުރީކޮޅު އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ފަހުމުނާމާ.

27 ޖޫން 2026
ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުން ހިޒްބުﷲގެ ލީޑަރު ބަލައިނުގަނެ ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު