Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު - ރައީސް މުއިއްޒު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމާއި، ކުންފުނިތަކަށް އެންމެ އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަކީ އިޤްތިޞާދު ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. މި ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ އަޚުލާޤު ރަނގަޅުވެ، މުވައްޒަފުންނަށް ލިބޭ އާމްދަނީ އިތުރުވާނެކަން ފާހަގަކުރައްވަމުން، މިއީ ސިޔާސީ ނުފޫޒުން މީހުން ވަކިކުރުން ނޫންކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި. މީގެ އިތުރުން، ރާއްޖޭގެ ދަރަނިތައް ދައްކާ ޚަލާސްކުރުމާއެކު އިޤްތިޞާދު ނެގެހެއްޓުމުގެ މަސައްކަތް ސާބިތުކަމާއެކު ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވި.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 10:24
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

އިޤްތިޞާދު ހަރުދަނާކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް، ކުންފުނިތައް އެންމެ ރަނގަޅު މިންގަނޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ، ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޯމަ ދުވަހު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޕޭ ހާމަނައިޒްކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދަކީ، އެ ކުންފުންޏަކަށް އެންމެ އެކަށީގެންވާ ޢަދަދުކަމުގައި ކަށަވަރު ކުރުމަށް ޤައުމީ ފެނަވަރުގައި އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޭ ހާމަނައިޒްކުރައްވާ އެންމެ މުހިންމު މަޤްޞަދުތަކުގެ ތެރޭގައި، ގެއަށް ގެންދަން ލިބޭ އާމްދަނީގެ މިންވަރު ބޮޑުކުރުމާއި، މަސައްކަތުގެ އަޚްލާގު ހަރުދަނާކުރުން ހިމެނޭކަމުގަ އެވެ. އަދި އިޤްތިޞާދު ހަރުދަނާކުރުންވެސް މި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. ޕޭ ހާމަނައިޒޭޝަނާ ގުޅުންހުރި ކަންކަން ތަންފީޒުވަމުންދާއިރު، ވަކިވަކީން ރިޢާޔަތްކުރަންޖެހޭ ކޭސްތައްވެސް އެބަހުރިކަމަށާ، އެކަންކަން އެގޮތުގައި ބައްލަވައިގެން ކުރިއަށްގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ހަމަމިއާއެކު، ކުންފުނިތައް ރައިޓް-ސައިޒް ކުރުމަށް ނުވަތަ އެ ކުންފުންޏަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކުރެވޭ މަސައްކަތްތަކަކީ އަޚުލާޤީ ގޮތުން ވަކި ހަމަތަކަކާއި ފެންވަރެއް ހިފެހެއްޓުމަށް ކުރެވޭ ކަމެއްކަމަށާ، މިކަމުގެ ސަބަބުން ޚަރަދުތަކެއްވެސް ކުޑަކުރެވިގެންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މިކަންކަން މިފަދައިން ކުރެއްވުމަކީ، ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފައިން ވަކި ކުރުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާފަ އެވެ.

ސަރުކާރުން އަޅުއްވަމުން ގެންދަވާ މިފަދަ ފިޔަވަޅުތަކަކީ، އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތަކަށް ވާއިރު، ބޭރުގެ ޤައުމުތަކަށް ދިވެހިރާއްޖެއިން ދައްކަންޖެހޭ ދަރަނި ދައްކާ ޚަލާސްކުރުމަކީވެސް ނުހަނު މުހިންމު، އަދި ފަރުދީ ފެންވަރެއްގައި ރައްޔިތުންނާ ގުޅިފައި އޮންނަކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ. މިމޭރުމުން އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މަސްރަޙުގައި އަދު ކަންހިނގަމުންދާ ގޮތަށް ރިޢާޔަތްކުރައްވާ، އިޤްތިޞާދު ހަރުދަނާކޮށް ނެގެހެއްޓުމުގެ މަސައްކަތްތައް ސާބިތުކަމާއެކު ކުރިއަށްދާނެކަމުގެ ޔަޤީންކަންދެއްވާފަ އެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުޕޭ ހާމަނައިޒޭޝަން

އިތުރަށް ކިޔާލަން

29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
29 ޖޫން 2026

ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!

29 ޖޫން 2026
ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!
29 ޖޫން 2026

އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!

29 ޖޫން 2026
އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!
28 ޖޫން 2026

ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

28 ޖޫން 2026
ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
28 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

28 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް
28 ޖޫން 2026

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

28 ޖޫން 2026
ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ
28 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ

28 ޖޫން 2026
 ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ
27 ޖޫން 2026

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

27 ޖޫން 2026
މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
26 ޖޫން 2026

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

26 ޖޫން 2026
އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު