Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑރ. މުޙައްމަދު މުޢިއްޒު

ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...

ވަޒީފާތަކުން މީހުން ވަކިނުކުރާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ ޚިލާފަށް، ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ޚަރަދު ކުޑަކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، މިއީ މަޖުބޫރުވެގެން ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި އާއިލާތަކަށް މާލީ ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖޫން 2026 | ހޯމަ 10:45
ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށާއި، 2028 ވަނަ އަހަރުގެ މެދުތެރެއަށް މަސައްކަތްތައް ނިންމަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށާއި، 2028 ވަނަ އަހަރުގެ މެދުތެރެއަށް މަސައްކަތްތައް ނިންމަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި | ރައީސް އޮފީސް

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާއެކު އަޅުގަނޑުގެ ހިޔާލުގައި އެނބުރެމުންދިޔައީ ލަސްޓަރ ބޭންޑުގެ ޢަބްދުއްރާފިޢު 1990 ގެ އަހަރުތަކުގައި ނެރުނު "ލޯބި ލޯބިން" މި ލަވައިގެ ޅެން ބައިތެކެވެ.  

ވައުދާ ހުވާ ކުރާނެޔޭ، އެ ހަނދާން ނެތޭނެޔޭ

ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ،

ވައުދަށް ކަމޭ ހިތާނަމޭ ބުނެފާ ނުވޭހޭ؟

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ރައީސްއާ އަމާޒުވި ސުވާލަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވަޒީފާތަކުން މީހުން ވަކި ނުކުރާނެކަމަށް 200 އެތައް ފަހަރަކު ވިދާޅުވެފައި ވެސް އެކަން ތިޔަ ކުރައްވަނީ ކީއްވެތޯއެވެ؟ ވައުދާ ޚިލާފު ތިޔަ ވަނީ ކީއްވެތޯއެވެ؟

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ހަމަ ލަވައިގައި އެ ދޭ ކަހަލަ ޖަވާބެކެވެ. އެކިއެކި ބަހަނާތައް ދެއްކެވުމަށް ފަހު ރައީސް ވިދާޅުވީ ވަޒީފާއިން މީހުން ވަކި ކުރަނީ ކޮންމެހެން ކުރަން ޖެހިގެންކަމަށެވެ. އެނޫން ގޮތެއް ނެތް ކަމަށާއި، އެއީ އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

200 ފަހަރު ވައުދާ ހުވާކޮށްފައި ވެސް ރައީސް އެ ވައުދުގެ މަތިން ހަނދާން ނެތީތޯއެވެ؟ ނޫނީ ހަމަ ހަގީގަތުގައި ވެސް އާދައިގެ ނިކަމެތި ރައްޔިތުން ފުލުފުލުގައި ވަޒީފާއިން ވަކިކުރަން ސަރުކާރަށް މަޖުބޫރުވީތޯއެވެ؟

އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކި ކުރަމުންދާއިރު ވެސް، ރައީސުލްޖުމްހޫރިއްޔާ މި ވިދާޅު ވަނީ މުވައްޒަފުން ވަކިކުރުމަކީ ކުރިން ވެވަޑައިގެންނެވި ވައުދާ ފުށުއަރާ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.

ހާހުން ގުނާލެވޭ އެތައް ދިވެހި ރައްޔިތުންނަކަށް މި ދެންނެވި ވަޒީފާއަކީ ހަމައެކަނި އަދާކުރާ މަސައްކަތެއް ނޫނެވެ. އެއީ މަސް ނިމޭއިރު ގަވާއިދުން ދައްކަންޖެހޭ ކުއްޔާއި، ދަރިންގެ ސްކޫލް ފީއާއި، އުމުރުން ދުވަސްވީ މައިންބަފައިންގެ ބޭސްފަރުވާ އާއި، ކާބޯތަކެއްޗަށް ބޭނުންވާ ތަކެތި ހޯދުމަށް އޮތް ހަމައެކަނި މަގެވެ. ކޮންމެ މުސާރައެއްގެ ފަހަތުގައި، އެ މުސާރައަށް ބަރޯސާވެގެން ތިބި އާއިލާއެއް އޮވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި އެ ވައުދަށް ބަރޯސާވެ ވޯޓު ދިން މީހުން ވެސް މަދެއް ނުވާނެއެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވިއެވެ. އަދި ސަރުކާރު ބަދަލުވުމާއެކު ވަޒީފާއިން ވަކިވާނީ ހަމައެކަނި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކަމަށް ވަރަށް ސާފުކޮށް ވިދާޅުވިއެވެ.

ސަރުކާރުތަކުން އިގްތިސާދީ ގޮތުން އުނދަގޫ ނިންމުންތައް ނިންމަންޖެހޭނެއެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރުމަކީ ސިޔާސީ ގޮތުން ކުރަންޖެހޭ މުހިންމު ކަމަކަށް ވެދާނެއެވެ. ނަމަވެސް، އެ ނިންމުންތަކަކީ ރައްޔިތުންނަށް ކުރިން ދީފައިވާ ސާފު ޔަގީންކަމަކާ ފުށުއަރާ ކަންކަމަށް ވާނަމަ، އޭގެ ސަބަބުން ގެއްލިގެންދަނީ ރައްޔިތުންގެ އިތުބާރެވެ.

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، މިހާރު ފެންނަމުންދާ މަންޒަރުތަކާއި އޭރުގެ ކަންކަން ހުރި ގޮތުގެ ތަފާތު ވަރަށް ބޮޑަށް ހާމަވެއެވެ. ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އިގްތިސާދީ ކާރިސާ ކަމަށްވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު، މާލީ ގޮތުން މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އޭރުގެ ސަރުކާރުން ވަނީ ދައުލަތުގެ މުވައްޒަފުން ގަނޑުކޮށް ވަކިކުރުމުން ދުރުހެލިވެފައެވެ.

އޭގެ ބަދަލުގައި، ގައުމަށް ކުރިމަތިވި ނުތަނަވަސްކަމުގެ އެ ދަނޑިވަޅުގައި ވަޒީފާތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކޮށް، ކުރީ ސަފުގައި މަސައްކަތްކުރި މުވައްޒަފުންނާއި އާންމު ޚިދުމަތްތެރިންނަށް މާލީ އިނާޔަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތަކެއް އެ ސަރުކާރުން ތައާރަފުކުރިއެވެ. ނަމަވެސް މިއަދު ފެންނަނީ، ޚަރަދު ކުޑަކުރުމުގެ ބަހަނާގައި އާންމު ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ މަންޒަރެވެ.

މި ދެ ސަރުކާރުގެ އަމަލުތަކުގެ މެދުގައި ހުރި މި ފަރަގުގެ ސަބަބުން، ދެންވެސް ހަމަ ހިތަށް އަންނަނީ އެ ލަވައިގެ ޅެން ބައިތެކެވެ.

ތީހޭ ކަލާގެ ޒާތަކީ ވެދިއުންހެ ބޭވަފާ

ދެގޮތެއް މަށެއް ނުވާނަމޭ ބުނެފައި ނުވޭހޭ؟

ޑރ. މުޙައްމަދު މުޢިއްޒުލަސްޓަރ ބޭންޑުޢަބްދުއްރާފިޢުކޮވިޑް-19

އިތުރަށް ކިޔާލަން

29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު - ރައީސް މުއިއްޒު

29 ޖޫން 2026
އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު -  ރައީސް މުއިއްޒު
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
29 ޖޫން 2026

ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!

29 ޖޫން 2026
ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!
29 ޖޫން 2026

އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!

29 ޖޫން 2026
އިންތިޚާބަށް ކަންކަން ނިންމާތީ ފާޑުކިޔުމަށްފަހު، މާލެ ސަރަޙައްދުގައި އަޅާ ފްލެޓުތައް ނިންމޭނެ ކަމަށް ރައީސް ވިދާޅުވި ތާރީޚަކީ 2028 ގެ މެދުތެރެ!
28 ޖޫން 2026

ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

28 ޖޫން 2026
ސަޢޫދީ ޢަރަބިއްޔާގައި ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
28 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

28 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް
28 ޖޫން 2026

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

28 ޖޫން 2026
ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ
28 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ

28 ޖޫން 2026
 ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު