Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްކައުބަތުﷲ ގެފުޅު

ކައުބަތުﷲ ގެފުޅު ދޮވުމުގެ އަހަރީ ރަސްމިއްޔާތު ބާއްވާފައި

1 ޖުލައި 2026 | ބުދަ 09:34

ހިޖުރީ ސަނަތުން ކޮންމެ އަހަރަކުވެސް މުޙައްރަމް މަހުގެ 15 ވަނަ ދުވަހު ބާއްވާ ކައުބަތުﷲ ގެފުޅު ދޮވުމުގެ އަހަރީ ރަސްމިއްޔާތު، މިއަހަރު މައްކާގެ ޑެޕިއުޓީ ގަވަރުނަރު އަމީރު ސައުދު ބިން މިޝްޢަލްގެ އިސްވެ ހުންނަވާ ކުރިއަށް ގެންގޮސްފި. ފިނިފެންމަލުގެ ފެނާއި މޮޅު އޫދުގެ ވަސް ދުވާ މިކްސްޗަރަކާ އެކުލެވޭ ޒަމްޒަމް ފެން ބޭނުންކޮށްގެން ގެފުޅުގެ އެތެރޭގެ ފާރުތަކާއި ތަޅުންގަނޑު ދޮވެ ސާފުކުރި މި ރަސްމިއްޔާތުގައި، ސައުދީ ސަރުކާރުގެ އިސްވެރިންނާއި އިސްލާމީ ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 09:34
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދު، 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު މައްކާގައި ބޭއްވި ކައުބަތުﷲ ގެފުޅު ދޮވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދު، 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު މައްކާގައި ބޭއްވި ކައުބަތުﷲ ގެފުޅު ދޮވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

ކައުބަތުﷲ ގެފުޅު ދޮވުމުގެ އަހަރީ ރަސްމިއްޔާތު، އެކަމުގެ ފުރަތަމަ މަރުހަލާ ކަމުގައިވާ ގެފުޅުގެ ދޮރުކޮޅު ނިވާކޮށްފައިވާ ފަރުދާ އުފުލުމާއެކު އަންގާރަ ދުވަހު ފަށައިފި އެވެ.

ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮންމެ އަހަރަކުވެސް ހިޖުރީ ސަނަތުން މުޙައްރަމް މަހުގެ 15 ވަނަ ދުވަހު ބާއްވާ މި ރަސްމިއްޔާތަކީ، އިސްލާމްދީނުގެ އެންމެ މުުޤައްދަސް ބިނާއާ ގުޅިފައިވާ އެންމެ ދުވަސްވީ އާދަކާދަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

މަސްޖިދުލް ޙަރާމް އަދި މަސްޖިދުއް ނަބަވީގެ ކަންކަން ބަލަހައްޓާ ޖެނެރަލް އޮތޯރިޓީން ހާމަކުރި ގޮތުގައި، މި ރަސްމިއްޔާތަކީ ގެފުޅު ބެލެހެއްޓުމަށް ސައުދީ ސަރުކާރުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ. މިއީ ކިންގް އަބްދުލްއަޒީޒްގެ ރަސްކަމުން ފެށިގެން، މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ގެ ޒައާމަތުގައިވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާ މުހިންމު ކަމެކެވެ.

ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ފަރާތްޕުޅުން، ގެފުޅު ދޮވުމުގެ ރަސްމިއްޔާތު އިސްވެ ހުންނަވައި ކުރިއަށް ގެންދެވީ މައްކާ ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރު، އަމީރު ސައުދު ބިން މިޝްޢަލް ބިން އަބްދުލްއަޒީޒެވެ.

އަމީރު ސައުދު ވަނީ ފިނިފެންމަލުގެ ފެނާއި މޮޅު އޫދުގެ ވަސް ހިމެނޭ މިކްސްޗަރަކާއި ޒަމްޒަމް ފެން ބޭނުންކުރައްވައިގެން ގެފުޅުގެ އެތެރޭގެ ފާރުތައް ދޮންނަވާފަ އެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ގެފުޅުގެ އެތެރޭގައި ހުންނަ ތިން ތަނބާއި ތަޅުންގަނޑު ދޮވުމުގެ އިތުރުން، ގެފުޅުގައި ބޭނުންކުރާ ފޮތިތައްވެސް މި ހާއްސަ ފެނުން ތެންމަ އެވެ. އަދި މަސްޖިދުލް ޙަރާމްގައި ހިމެނޭ މި މުޤައްދަސް ބިނާގެ އެތެރޭގެ ފާރުތަކުގައި ހުވަނދުލައި، ހިއްކުމަށްފަހު، އަހަރީ ދޮވުމުގެ ރަސްމިއްޔާތު ނިންމާލަ އެވެ.

މި އަހަރީ ރަސްމިއްޔާތުގައި ސައުދީ ސަރުކާރުގެ އިސްވެރިންނާއި، ސައުދީ އަރަބިއްޔާގައި ތިއްބަވާ އިސްލާމީ ގައުމުތަކުގެ ސަފީރުންނާއި، ގެފުޅުގެ ތަޅުދަނޑި ބަލަހައްޓާ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.

ގެފުޅު ބަލަހައްޓާ އޮތޯރިޓީން ބުނި ގޮތުގައި، މި ރަސްމިއްޔާތަށް ބޭނުންވާ ތައްޔާރީތައް ފުރިހަމަކުރުމަށްޓަކައި އެ އިދާރާގެ ޓެކްނިކަލް، ސާވިސް އަދި އިންޖިނިއަރިންގ ޓީމުތަކުން ވަނީ ހަރަކާތްތެރިވެފަ އެވެ.

ކޮންމެ އަހަރަކު ބާއްވާ މި ރަސްމިއްޔާތުން ދައްކުވައިދެނީ މުސްލިމުންގެ ހިތްތަކުގައި ގެފުޅަށް އޮތް މަތިވެރި ގަދަރާއި އިހުތިރާމެވެ. 

ކައުބަތުﷲ ގެފުޅުއަލްމަސްޖިދުލްޙަރާމުޒަމްޒަމް ފެން

އިތުރަށް ކިޔާލަން

23 ޖޫން 2026

ޙިޖްރު އިސްމާޢީލަށް ޒިޔާރަތް ކުރުމަށް ފިރިހެނުންނާއި އަންހެނުންނަށް ވަކި ވަގުތުތަކެއް ކަނޑައަޅައިފި

23 ޖޫން 2026
ޙިޖްރު އިސްމާޢީލަށް ޒިޔާރަތް ކުރުމަށް ފިރިހެނުންނާއި އަންހެނުންނަށް ވަކި ވަގުތުތަކެއް ކަނޑައަޅައިފި
16 ޖޫން 2026

ކައުބަތުﷲގެފުޅުގެ އާ އުރަކޮޅު އަޅުވައިފި

16 ޖޫން 2026
ކައުބަތުﷲގެފުޅުގެ އާ އުރަކޮޅު އަޅުވައިފި
29 މެއި 2026

1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި

29 މެއި 2026
1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި
26 މެއި 2026

ހައްޖު ހުތުބާގައި އުރެދުންތަކުން ދުރުހެލިވެ ތަގުވާވެރިވުމަށް ގޮވާލައިފި

26 މެއި 2026
ހައްޖު ހުތުބާގައި އުރެދުންތަކުން ދުރުހެލިވެ ތަގުވާވެރިވުމަށް ގޮވާލައިފި
20 މެއި 2026

ޢަރަފާތް ޚުތުބާ 35 ބަހަކުން ޑިޖިޓަލް ޕްލެޓް ފޯމްތަކުގައި ދުރަށް ފޮނުވާނެ

20 މެއި 2026
ޢަރަފާތް ޚުތުބާ 35 ބަހަކުން ޑިޖިޓަލް ޕްލެޓް ފޯމްތަކުގައި ދުރަށް ފޮނުވާނެ
26 ޑިސެމްބަރު 2025

އެއް މަސް ދުވަހުގެ ތެރޭގައި 69 މިލިއަން މީހުން ސައުދީ ގައި ހުންނަ ހުރުމަތްތެރިވެގެންވާ ދެ މިސްކިތައް ޒިޔާރަތް ކޮށްފި

26 ޑިސެމްބަރު 2025
އެއް މަސް ދުވަހުގެ ތެރޭގައި 69 މިލިއަން މީހުން ސައުދީ ގައި ހުންނަ ހުރުމަތްތެރިވެގެންވާ ދެ މިސްކިތައް ޒިޔާރަތް ކޮށްފި
27 ޖޫން 2025

4.5 މިލިއަން ޑޮލަރުގެ އަގުހުރި އައު އުރަކޮޅު ގެފުޅުގައި ލައްވައިފި

27 ޖޫން 2025
4.5 މިލިއަން ޑޮލަރުގެ އަގުހުރި އައު އުރަކޮޅު ގެފުޅުގައި ލައްވައިފި
04 ޖޫން 2025

ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި

04 ޖޫން 2025
ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި
10 މެއި 2021

27 ވިލޭރޭގެ އަޅުކަމަށް އައި މީހުންނަށް ދެލައްކަ ޒަމްޒަމް ފެންފުޅި ފޯރުކޮށް ދީފި

10 މެއި 2021
27 ވިލޭރޭގެ އަޅުކަމަށް އައި މީހުންނަށް ދެލައްކަ ޒަމްޒަމް ފެންފުޅި ފޯރުކޮށް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް