Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ޢަރަފާތް ޚުތުބާ

ޢަރަފާތް ޚުތުބާ 35 ބަހަކުން ޑިޖިޓަލް ޕްލެޓް ފޯމްތަކުގައި ދުރަށް ފޮނުވާނެ

މިއަހަރުގެ ޢަރަފާތް ޚުތުބާ 35 ބަހަކަށް ތަރުޖަމާކޮށްގެން ދުރަށް ފޮނުވުމަށް ސައުދީ އަރަބިއްޔާއިން ވަނީ ނިންމާފައި. މި މަޝްރޫޢުގެ މަޤްޞަދަކީ އިސްލާމްދީނުގެ މެދުމިނުގެ އުސޫލުތައް މުޅި ދުނިޔެއަށް ހާމަކޮށްދިނުމާއި، ޢަރަބި ބަސް ނޭނގޭ މުސްލިމުންނަށްވެސް ޚުޠުބާގެ މެސެޖުތައް ފޯރުކޮށްދިނުން.

ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 17:25
ޝައިޚް އަބްދުއްރަޙްމާން އައްސުދާއިސް.

ޝައިޚް އަބްދުއްރަޙްމާން އައްސުދާއިސް. | ސައުދީ ގެޒެޓް

މަސްޖިދުލް ޙަރަމް އަދި މަސްޖިދުއް ނަބަވީގެ ދީނީ ކަންކަމާ ބެހޭ ރިޔާސަތުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ޙައްޖު މޫސުމުގައި އިއްވާ ޢަރަފާތް ޚުތުބާ 35 ބަހަކަށް ތަރުޖަމާކޮށް، އެ އިދާރާގެ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ގުޅުންހުރި ޗެނަލްތައް މެދުވެރިކޮށް ދުރަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. ދީނީ ކަންކަމާ ބެހޭ ރިޔާސަތުގެ އިސްވެރިޔާ ޝައިޚް ޢަބްދުއްރަޙްމާން އަލް-ސުދައިސް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ޢަރަފާތް ޚުތުބާގެ މެސެޖުތައް ފޯރުކޮށްދިނުމާއި، އިސްލާމްދީނުގެ މެދުމިނުގެ އުސޫލުތައް މުޅި ދުނިޔެއަށް ހާމަކޮށްދިނުމެވެ.

ޝައިޚް އަލް-ސުދައިސް ވިދާޅުވީ، މި ތަރުޖަމާގެ މަސައްކަތަކީ އިސްލާމްދީނާއި މުސްލިމުންގެ ޚިދުމަތުގައި ސައުދީ އަރަބިއްޔާއިން ދެމިއޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށާއި، މިއީ ޙައްޖުވެރިންނަށް އެ ޤައުމުގެ ލީޑަޝިޕުން ބަހައްޓަވާ ޚާއްޞަ އަޅާލުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި، ޙައްޖު މޫސުމުގެ މުހިންމުކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ފުޅާކުރުމަށް މިކަމުގެ ސަބަބުން އެހީތެރިވެދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ޢަރަފާތް ޚުތުބާ ތަރުޖަމާ ކުރުމުގެ މަޝްރޫޢަކީ ގިނަ އަހަރުތަކެއްގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ދީނީ ކަންކަމާ ބެހޭ ރިޔާސަތުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތް. މީގެ ސަބަބުން ދުނިޔޭގެ އެކި ބަސްބަހުން ދީނީ މަޢުލޫމާތު މުއްސަނދިވެގެންދާނެ،" ޝައިޚް ސުދައިސް ވިދާޅުވިއެވެ. މީގެ އިތުރުން، މި އިސްނެގުމުގެ ސަބަބުން ޢަރަބި ބަސް ނޭނގޭ މުސްލިމުންނަށްވެސް ޚުޠުބާގައި ހިމެނޭ ރޫޙާނީ އަދި އިންސާނީ މެސެޖުތަކުން ފައިދާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލް-ސުދައިސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޚުޠުބާ އެންމެ ފުރިހަމަ ގޮތުގައި އަދި އެންމެ މަތީ ފެންވަރުގައި ދުނިޔޭގެ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި، އެ އިދާރާގެ ފަންނީ އަދި މީޑިއާ ވަސީލަތްތަކުގެ އިތުރުން ޚާއްޞަ މާހިރުންގެ ޓީމުތައް މިހާރު ވަނީ ތައްޔާރުކޮށްފައެވެ.

އަލްމަސްޖިދުލްޙަރާމުމަސްޖިދުއް ނަބަވީޢަރަފާތް ޚުތުބާޝައިޚް ޢަބްދުއްރަޙްމާން އަލް-ސުދައިސްހައްޖު

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!

ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!

20 މެއި 2026
ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

16 މެއި 2026
ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

16 މެއި 2026
ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

08 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު