Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
އަޅުކަން

އެއް މަސް ދުވަހުގެ ތެރޭގައި 69 މިލިއަން މީހުން ސައުދީ ގައި ހުންނަ ހުރުމަތްތެރިވެގެންވާ ދެ މިސްކިތައް ޒިޔާރަތް ކޮށްފި

ހުސްވި ޖުމާދަލްއާޚިރާ މަހުގައި 68.7 މިލިއަން މީހުން ކަޢުބަތުﷲ ގެފުޅަށާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކޮށްފައިވެއެވެ. މަސްޖިދުލް ހަރާމަށް 30 މިލިއަން އަދި މަސްޖިދުއް ނަބަވީ އަށް 23.1 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާއިރު، އެ މަހު ޢުމްރާ އަދާކުރި މީހުންގެ ޢަދަދު 11.9 މިލިއަނަށް އަރައިފައިވޭ.

ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2025 | ހުކުރު 09:55
މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީ

މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީ

ހުސްވި ޖުމާދަލްއާޚިރާ މަހުގެ ތެރޭގައި 68.7 މިލިއަން މީހުން ކަޢުބަތުﷲ ގެފުޅަށާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކޮށްފި ކަމަށް ސައުދީ ސަރުކާރުން ހާމަ ކޮށްފި އެވެ. މި ޢަދަދަކީ އޭގެ ކުރީ މަހާ އަޅައިބަލާއިރު 2.1 މިލިއަން މީހުންގެ އިތުރުވުމެކެވެ. 

ހުރުމަތްތެރިވެގެންވާ ދެ މިސްކިތުގެ ކަންކަން ބެލެހުއްޓުމާ ބެހޭ އިދާރާ އާ ހަވާލާދީ ސައުދީ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހުސްވި މަހުގެ ތެރޭގައި ގާތްގަނޑަކަށް 30 މިލިއަން އަޅުވެރިން މަސްޖިދުލް ހަރާމަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި 94,700 މީހުން ޙިޖުރު އިސްމާޢީލް ގައި ނަމާދުކޮށްފައިވެއެވެ. އަދި މަސްޖިދުއް ނަބަވީ އަށް 23.1 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާއިރު، މަސްޖިދުއް ނަބަވީގައިވާ ރައުޟަތުއް ޝަރީފަށް 1.3 މިލިއަން މީހުން ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން 2.3 މިލިއަން މީހުން ކީރިތި ރަސޫލާ އަށް  ޒިޔާރަތް ކޮށްފައިވެއެވެ.

ޙައްޖާ އަދި ޢުމްރާ އާ ބެހޭ ވުޒާރާ އާއި ހުރުމަތްތެރިވެގެންވާ ދެ މިސްކިތުގެ ކަންކަން ބެލެހެއްޓުމާބެހޭ ޢާންމު އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި، ޖުމާދަލްއާޚިރާ މަހު އެކަނިވެސް ސަޢޫދީ ޢަރަބިއްޔާގެ އެތެރެއިންނާއި ބޭރުން ޢުމްރާގެ އަޅުކަން އަދާކުރި މީހުންގެ ޖުމްލަ ޢަދަދު 11.9 މިލިއަނަށް އަރައެވެ. 

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުމާދަލްއާޚިރާ މަހު އެކަނިވެސް ސަޢޫދީ ޢަރަބިއްޔާގެ ބޭރުން އައި ޢުމްރާވެރިންގެ ޢަދަދު 1.7 މިލިއަނަށް ވުރެ އިތުރެވެ. 

ކަޢުބަތުﷲ ގެފުޅަށާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތް ކުރާ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ސައުދީ ސަރުކާރުން ގެންދަނީ ކުރަމުންނެވެ. ޒިޔާރާތް ކުރާ މީހުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ތަޖުރިބާއެއް ހޯދައިދިނުމަށް ޑިޖިޓަލް އަދި އޮޕަރޭޝަނަލް ނިޒާމުތައް ވެސް ގެންދަނީ ތަރައްގީ ކުރަމުންނެވެ.

ކައުބަތުﷲ ގެފުޅުމަސްޖިދުލް ހަރާމްމަސްޖިދުއް ނަބަވީޢުމްރާސައޫދީ އަރަބިއްޔާރައުޟަތުއް ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާ އިން މީހަކު ފުންމާލައިގެން މަރުވާން އުޅެފި

މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާ އިން މީހަކު ފުންމާލައިގެން މަރުވާން އުޅެފި

25 ޑިސެމްބަރު 2025
ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

23 ޑިސެމްބަރު 2025
މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު