Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްގެފުޅު

ޙިޖްރު އިސްމާޢީލަށް ޒިޔާރަތް ކުރުމަށް ފިރިހެނުންނާއި އަންހެނުންނަށް ވަކި ވަގުތުތަކެއް ކަނޑައަޅައިފި

ގެފުޅާ އިންވެގެން އޮންނަ ޙިޖްރު އިސްމާޢީލަށް ޒިޔާރަތްކުރުމަށް އަންހެނުންނަށް ކަނޑައަޅާފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން 9:00 އަށް. ފިރިހެނުންނަށް އެ ފުރުޞަތު އޮންނާނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ދަންވަރު 1:00 އަށް. މި ބަދަލަކީ ޙަރަމްފުޅަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަޅުކަންކުރުމުގައި ލުއިފަސޭހަކޮށްދީ، މީހުންގެ ހަރަކާތްތައް ތަރުތީބުކުރުމަށް ގެނައި ބަދަލެއް ކަމަށް ބުނޭ.

ރާއްޖެ އެމްވީ | 23 ޖޫން 2026 | އަންގާރަ 15:46
ހައްޖުގެ އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން، ދުނިޔޭގެ އެކި ގައުމުތަކުން މައްކާ އަށް ޖަމާވި މުސްލިމުން 2026 މޭ 20 ވީ ބުދަ ދުވަހު މަސްޖިދުލް ހަރާމްގައި ތަވާފުކުރަނީ.

ހައްޖުގެ އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން، ދުނިޔޭގެ އެކި ގައުމުތަކުން މައްކާ އަށް ޖަމާވި މުސްލިމުން 2026 މޭ 20 ވީ ބުދަ ދުވަހު މަސްޖިދުލް ހަރާމްގައި ތަވާފުކުރަނީ. | ގެޓީ އިމޭޖަސް

ކައުބަތުﷲ ގެފުޅާ އިންވެގެން އޮންނަ ޙިޖްރު އިސްމާޢީލް ނުވަތަ ޙަޠީމަށް ޒިޔާރަތްކުރުމަށް ފިރިހެނުންނާއި އަންހެނުންނަށް ވަކި ޚާއްޞަ ވަގުތުތަކެއް ކަނޑައަޅައި ސައުދީ ސަރުކާރުން އެކަން އިޢުލާންކޮށްފިއެވެ.

މަސްޖިދުލް ޙަރަމް އަދި މަސްޖިދުއް ނަބަވީގެ ކަންކަން ބަލަހައްޓާ ޖެނެރަލް އޮތޯރިޓީން، ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ ދުވަހަކުވެސް ހެނދުނު 6:00 އިން 9:00 އަށް އަންހެނުންނަށް ޙިޖްރު އިސްމާޢީލަށް ވަނުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ފިރިހެނުންނަށް ޙަޠީމަށް ވަނުމަށް ކަނޑައަޅާފައިވަނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ފެށިގެން ދަންވަރު 1:00 އަށެވެ.

މި ވަގުތުތައް ކަނޑައަޅާފައިވަނީ މަސްޖިދުލް ޙަރަމްގެ ތެރޭގައި މީހުންގެ ހަރަކާތްތައް ތަރުތީބުކޮށް، އަޅުކަންކުރާ ފަރާތްތަކަށް ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކަމަށް ބުނެފައިވެއެވެ. އެ އިދާރާއިން ބުނި ގޮތުގައި މިގޮތަށް ވަގުތުތައް ބަހާލުމުގެ މަޤްޞަދަކީ، އަޅުކަންކުރުމަށް ފަސޭހަކޮށްދިނުމާއި، މީހުންގެ ހަރަކާތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ އިތުރުން، ޙަރަމްފުޅަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

ޙިޖްރު އިސްމާޢީލް ނުވަތަ ޙަޠީމް ހުންނަނީ ކައުބަތުﷲ ގެފުޅުގެ އުތުރު ފަރާތުގައެވެ. މިއީ މަސްޖިދުލް ޙަރަމްގެ ތެރޭގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ތަނެކެވެ. ބަލާބެލުމަށް އާދައިގެ ތަނެއްގެ ގޮތުގައި ފެނުނު ނަމަވެސް، މި ސަރަޙައްދަކީ ކައުބަތުﷲ ގެފުޅު ބިނާކުރުމާއި މައްކާގެ ތާރީޚީ އެކި ދުވަސްވަރުގެ މުހިންމު ހާދިސާތަކާ ގުޅިފައިވާ، މުއްސަނދި ތާރީޚެއް އޮތް ތަނެކެވެ.

ޙިޖްރު އިސްމާޢީލަކީ ގެފުޅުގެ ބިނާގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. ތާރީޚީ މަޞްދަރުތަކުން އެނގޭ ގޮތުގައި، އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނު ގެފުޅުގެ ބިންގާ އެޅުއްވިއިރު، މި ސަރަޙައްދު ހިމެނިފައިވަނީ ގެފުޅުގެ އަސްލު ބިނާގެ ތެރޭގައެވެ. ނަމަވެސް، މުޙައްމަދުގެފާނު ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން ޤުރައިޝްވަންހައިގެ މީހުން ގެފުޅު އަލުން ބިނާކުރިއިރު، މާލީ ތަނަވަސްކަން ހުރި ގޮތުން މި ބައި ވަނީ ބިނާގެ ބޭރުގައި ބާއްވާފައެވެ. އެހެންކަމުން، މިހާރު ގެފުޅު ފެންނަން ހުރި ބިނާގެ ބަޔަކީ އެ ދުވަސްވަރު ޤުރައިޝްވަންހައިގެ މީހުން ބިނާކުރި މިންވަރެވެ.

އަލްމަސްޖިދުލްޙަރާމުކައުބަތުﷲ ގެފުޅުޙިޖްރު އިސްމާޢީލްއިބްރާހީމުގެފާނުމައްކާ

އިތުރަށް ކިޔާލަން

16 ޖޫން 2026

ކައުބަތުﷲގެފުޅުގެ އާ އުރަކޮޅު އަޅުވައިފި

16 ޖޫން 2026
ކައުބަތުﷲގެފުޅުގެ އާ އުރަކޮޅު އަޅުވައިފި
01 ޖޫން 2026

އައު ސީޒަނަށް ސައުދީން އުމްރާ ވިސާ ދޫކުރަން ފަށައިފި

01 ޖޫން 2026
އައު ސީޒަނަށް ސައުދީން އުމްރާ ވިސާ ދޫކުރަން ފަށައިފި
29 މެއި 2026

1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި

29 މެއި 2026
1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި
27 މެއި 2026

ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި

27 މެއި 2026
ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި
27 މެއި 2026

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

27 މެއި 2026
މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު